މަރިޔަމް ޝަކީލާ އަކީ ދިވެހި ފިލްމީ ތަރިއެކެވެ. އޭނާވަނީ ތަފާތު ވީޑިއޯ ލަވަތަކާއި، ޑްރާމާ ތައް، ޑްރާމާ ސިލްސިލާ ތައް، ކުރު ފިލްމް ތަކާއި، ފީޗަރ ފިލްމް ތަކުގައި ހަރަކާތްތެރި ވެފައެވެ. މަރިޔަމް ޝަކީލާ ފިލްމީ ދާއިރާއަށް ވަނީ މީގެ 23 އަހަރު ކުރިން އުމުރުން އެންމެ 16 އަހަރު ގައެވެ.

ޝަކީލާ މިއަދު ކްރިސްޓަލް އެވޯޑްގެ އެވޯޑާއެކު

އަމިއްލަ ދިރިއުޅުން އުނިއިތުރު ގެންނަވާ

މަރިޔަމް ޝަކީލާގެ ފިރިމީހާ އަކީ މަޝްހޫރު ކޮމީޑިއަން ޔޫސުފް ރަފީޢު (ޔޫސޭ) އެވެ. ޔޫސޭ އާއި ޝަކީލާއަށް ދެ އަންހެންކުދިން ލިބިފައި ވެއެވެ. އޭގެތެރެއިން އެން އަންހެން ކުއްޖަކު ވަނީ މެލޭ ޝިޔާގައި ބައޯޓެކްނޮލޮޖީގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލްކޮށްފައެވެ. ޝަކީލާގެ ބައްޕަ އަކީ ކުޅުދުއްފުށީ އާދަމް މޫސާ ނުވަތަ ބޮޑު މޫސަގެ އާދަނު އެވެ. ޝަކީލާގެ މަންމަ ފަރާތުގެ ކާފަޔަކީ އިންޑިޔާ މީހެކެވެ. ބައްޕަ ފަރާތު މާމަޔަކީ މަލިކު މީހެކެވެ. ޝަކީލާ ތައުލީމް ޙާޞިލް ކުރީ މާލޭ އިންގްލިޝް ސުކޫލް އިންނާއި އީޕީއެސް އިންނެވެ. ސުކޫލް ދައުރުގައި އެންމެ ކިޔަވާހިތްވި މާއްދާ އަކީ އިސްލާމް އެވެ. ބެޑްމިންޓަން ކުޅުމަށް ޝައުގުވެރިކަން ހުންނަ ޝަކީލާ އަކީ ސުކޫލް ދައުރުގައި ސްޕޯޓްސްމީޓް ތަކުގައި ބައިވެރިވި ފަރާތެކެވެ.

ޝަކީލާ އަށް އެންމެ ރީތި އިގިރޭސި ލަވައަކީ ސެކްރިފައިސް އެވެ. އެންމެ ރީތި ދިވެހި ލަވަ އަކީ ހުޒާމް ކިޔާދީފައިވާ ވޭނާ ހޫނާ އެވެ. އެންމެ ރީތި ހިންދީ ލަވަ އަކީ މުޙައްމަދު ރަފީޢު ކިޔާފައިވާ ވޮޖަބްޔާދު އާއޭ އެވެ.

ޝަކީލާ އަކީ ހެދިކާ ހެދުން، ފެހުން ، ކޭކުއެޅުން ފަދަ މަސައްކަތްތައް ދިރިއުޅުމަށް ކުރާ ތަރިއެކެވެ.

ފިލްމީ ދާއިރާއަށް ނިކުތުން އުނިއިތުރު ގެންނަވާ

ޝަކީލާ ފިލްމީ ދާއިރާއަށް ނިކުތީ އުމުރުން 16 އަހަރުގައި އޭނާގެ ފިރިމީހާ ޔޫސޭ ތައްޔާރު ކުރި ދިވެހި ފިލްމް ދޮން ސަންޕަ އިންނެވެ. ޝަކީލާ ވަނީ މިހާތަނަށް 8 ވީޑިއޯ ލަވަ ކުޅެފައެވެ. އެހުރިހާ ލަވައެއް ވެސް ކުޅެފައިވަނީ ޔޫސޭ އާއެކުަގއެވެ. ދިވެހި 12 ފީޗަރ ފިލްމާއި، 8 ޓެލެޑްރާމާ ކުޅެފައެވެ. ޝަކީލާ އަށް އެންމެ ހިތްހަމަ ޖެހޭ ގޮތަށް ކުޅެވުނު ފިލްމް ތަކުގެ ތެރޭގައި ހައްގު، އިރު އޮއްސުމުން ފަދަ ފިލްމް ތައް ހިމެނެއެވެ. އެންމެ ރަގަޅަށް ކުޅެވުނު ޑްރާމާ ތަކުގެ ތެރޭގައި ދޯޕައްޓާ، ރޭޝަމް، އަދި ވަގުތު ފާއިތުނުވަނީސް ފަދަ ޑްރާމާތައް ހިމެނެއެވެ. ޝަކީލާ އަށް އެންމެ ފާހަގަކޮށްލެވޭ ލަވަ އަކީ ފިލްމް ހައްގުގެ އަންނަކަން އެނގޭ، އަދި ޔާދު ރޫހީ އަސަރު އެވެ.

ޝަކީލާ އަށް އެންމެ ފަސޭހައީ ހިތާމަވެރި ބައިތައް ކުޅޭށެވެ. އެންމެ އުދަގުލީ ރުޅިގަދަ ބައިތައް ކުޅޭށެވެ.

ކުޅެފައިވާ ފިލްމްތައް އުނިއިތުރު ގެންނަވާ

  • ދޮން ސަންޕަ
  • ހައްގު
  • އިރުއޮއްސުމުން
  • ބާރައިގެ ފަސް
  • ލޫދިފާ

ކުޅެފައިވާ ޑްރާމާތައް އުނިއިތުރު ގެންނަވާ

  • ދޯޕައްޓާ
  • ރޭޝަމް
  • ފުއްކަށި
  • ވައިރޯޅިއަށްވެސް ސިއްރުން
  • ވަގުތު ފާއިތު ނުވަނީސް
  • މަންޒިލަކީ ތީޔޭ މަގޭ
  • މިހިތަށް ލޯބިދޭށޭ

ލިބިފައިވާ އެވޯޑްތައް އުނިއިތުރު ގެންނަވާ