މި މަޒުމޫނު ވަނީ ދިވެހި ވިކިޕީޑިޔާއިން ފޮހެލެވޭ މަޒްމޫނު ތަކުގެ ލިސްޓަށް އިތުރު ކުރެވިފައެވެ.

މި މަޒުމޫނުގައި ލިޔެފައިވާ ލިޔުމަކީ އެކުމާފާނެއްގައި އެކުލެވޭ ވަރުގެ ލިޔުންތަކެއް ނޫނެވެ. އެހެންކަމުން މި މަޒުމޫނު ވަނީ ދިވެހި ވިކިޕީޑިޔާއިން ފޮހެވޭ މަޒުމޫނުތަކުގެ ލިސްޓަށް އިތުރު ކުރެވިފައެވެ. މަޒުމޫނުގައި މި ލޭބަލް ޖެހޭތާ 10 ދުވަސް ތެރޭގައި ޚިޔާލު ސަފްހާގައި ދެކެވިފައިވާ ވާހަކައަށް ރިއާޔަތް ކުރެވޭނެއެވެ. އަދި މެމްބަރުންގެ ވާހަކަތަކުގެ މައްޗަށް ބިނާކޮށް މަޒްމޫނު ފޮހެލެވޭނެއެވެ!


ނ. މަނަދޫ ދޮންވެލި ޔޫސުފް އިބްރާހިމް (ޔޫސުންބެ) ގިނަ މީހުންނަށް އެނގޭނީ ކުޅިވަރުގެ ތެރެއިންނެވެ. އެއީ އަވަށު ކުޅިވަރުގެ އެންމެ ފޯރިގަދަ ދުވަސްވަރު އިރުމަތީ އަވަށުގެ ކުޅިވަރުގައި ވަރުގަދަ ތަނބެކެވެ. ފަހުން ފެނުނީ ހުޅަނގު އަވަށުގައި ކުޅިވަރު ދިރުވަން މަސައްކަތް ކުރައްވާތީއެވެ. މިއަދުވެސް ކުޅިވަރާއި މުނިފޫހި ފިލުވުމުގެ ދާއިރާއިން ބަޔަކު ކަމެއް ކުރާނަމަ އެކަމަކަށް ހިތްވަރުދީ ބައިވެރިވުމަށް ޔޫސުމްބެ ހުންނާނީ ތައްޔާރަށެވެ.

ޔޫސުންބެއަކީ ލަވަކިޔާ މީހެކެވެ. ޚާއްޞަ ގޮތެއްގައި މަނަދޫގައި ސަޤާފީ ކުޅިވަރެއްގެ ގޮތުން ޒަމާނުއްސުރެ ޖަހަމުން އައި ދަނޑިޖެހުމުގައި އިސްވެ ނަގާކިޔާ އެކަކީ ޔޫސުންބެއެވެ. ޔޫސުންބެ ބުނިގޮތުގައި އެދާއިރާއަށް ނިކުމެވުނީ ޔޫސުންބެ ބައްޕަގެ ސަބަބުންނެވެ. "އަޅުގަނޑުގެ ބައްޕައަކީ އޭރު އިރުމަތީ އަވަށު ދަނޑިޖެހުމުގެ މުރީދު. ބައްޕަ ކިޔާގޮތަށް އަދިވެސް ނަގާކިޔާ ލަވަކިޔޭނެ މީހަކުނެތް. ބައްޕަގެ ފަރާތުން އެކަމުގެ ތެރެއަށް ވަދެވުނީ" ޔޫސުންބެ ބުންޏެވެ. ޔޫސުންބެ ބައްޕަ އަލްމަރުޙޫމް އިބްރާހީމް ޙަސަނަކީ ދަނޑިޖަހާއިރު ނަގާކިޔާ އަދި ޒުވާން ކުދިންނަށް ދަނޑިޖަހަން ދަސްކޮށްދީ ހެދުމުގައި ފާހަގަކުރެވުނު އެދުރެކެވެ.

ލަވަކިޔުން ތަރައްޤީވަމުން އައިސް ޒަމާނީ މިއުޒިކާއެކު ލަވަކިޔަން ފެށި ހިސާބުން ކުރީގެ ބައެއް ލަވަކިޔުންތެރިން އަޅުގަނޑުމެންނާ ވަނީ ވަކިވެގެން ގޮސްފައެވެ. އެހެންނަމަވެސް ޔޫސުންބެ ފިޔަވައެވެ. ޔޫސުންބެ ވަނީ ކީބޯޑްތަކާއި ފާޑުފާޑުގެ ޑްރަމްތަކާއިއެކުވެސް ސްޓޭޖްތައް ފަޅުފިލުވާފައެވެ. އުމުރުގެ ގޮތުން ތަފާތު ޒުވާނުންނާ އެއްހަމައެއްގައި ހިފަހައްޓާލާފައެވެ. މަނަދޫގައި ބޭއްވި ބައެއް ޝޯވ ތަކުގައި ޔޫސުންބެގެ ލަވައެއް ނެތިގެން ހީލާ މަޖާކޮށްލަން ބޭނުންވާ މީހުން ޔޫސުންބެ ގެނެސްދިނުމަށް އަޑުވެސް އުފުލާފައިވެއެވެ. އެހެންކަމުން ރޯގާޖެހި އަޑު ހަލާކުވެފައި ހުއްޓަސް ބެލުންތެރިންގެ އެދުމަށް ޔޫސުންބެވަނީ އެތައް ފަހަރަކު ސްޓޭޖަށް އަރާފައެވެ.

ޔޫސުންބެއަކީ މާލޫދުކީ ދުވަސްވަރު އެކަމުގެވެސް މީހެކެވެ. މާލޫދުގެ ޅެންބައިތައް ޔޫސުންބެ ހިތުން ދަނެއެވެ. ޔޫސުންބެ ބުނާގޮތުގައި މާލޫދުގެ ފޯރިގަދަވެ މުޅި އަތޮޅުތެރޭގައި މަނަދޫގެ މާލޫދޫޕާޓީގެ މަޤްބޫލުކަން ވިދަމުންދިޔަ ދުވަސްވަރަކީ ހަނދާނުން ފޮހެލަން ދަތި ދުވަސްތަކެކެވެ. "އަސްލު އޭރު މަނަދޫގެ އަގުއޮތް މުޅި އަތޮޅުގައިވެސް. ނުތިބޭނެ އަޅުގަނޑުމެން ޖަހާލެވޭވަރު ބަޔަކު" ޔޫސުންބެ ފަޚުރުވެރިކަމާއެކު ބުންޏެވެ.

ޔޫސުންބެއަކީ ފުޓްބޯޅައާއި މަންޑިފަދަ ކުރިވަރުތަކުގައިވެސް އަރާހުރި މީހެކެވެ. " އޭރުވެސް އަތޮޅުގެ ޓީމުތަކާއެކު ފުޓްބޯޅަ ކުޅޭނެ. މިރަށު ޓީމު އޭރުވެސް ވަރަށް ގަދަވާނެ. މިހާރު މިވާހެން ކުދިކުދި ރަށްރަށުގެ އަތްދަށަކު އޭރަކު ހަމަޔަގީންނުވެސް ނުވޭ. ބޮޑު ރަށެއްގެ ބަޔަކުވެސް މިރަށް (މަނަދޫ) އަތުން މޮޅުވެއްޖެނަމަ ހީވާނީ އުފަލުން އެހެންކަމެއްވެގެން އުޅޭހެން"

ޔޫސުންބެއަކީ އަބަދުވެސް އެކުރާކަމެއްގައި ވަރަށް ފޯރީގައި އުޅޭ މީހެކެވެ. ކޮންމެކަމެއްގައި އުޅުނަސް އެކަމެއް ނިންމާލާނީ ކޮންމެވެސް އެއް ކޮޅެއްގައި ޖައްސާފައެވެ. ޚާއްޞަކޮށް ރަށުގެ ތަރައްޤީއާ ކުރިއެރުމާ ގުޅިފައިވާ މަސައްކަތްތަކުގައި ޔޫސުންބެއަކީ ޢަމަލީގޮތުން އަބަދުވެސް ބައިވެރިވެ އުޅޭ މީހެކެވެ. ކުލަބް ޖަމްޢިއްޔާތަކުން ކަމެއް ކުރިއަސް ޔޫސުންބެ އެއްވަނައަށް ހުންނާނެއެވެ. "އެކި ޖަމްޢިއްޔާތަކުގެ ނަމުގައިވެސް މަސައްކަތްކުރިން. އަދި އަވަށުގެ ގޮތުންވެސް. ޕާޓީގެ ގޮތުންވެސް. ބޭނުމަކީ އެއްބޭނުމެއް. އެއީ ރަށަށް ކުރިއެރުން ހޯދައިދިނުން" ޔޫސުންބެ ބުންޏެވެ.

ސްޓްރޯކެއް ޖެހުމާއެކު ކުރިން އުޅުނުހެން ކަންކަމުގެ ތެރޭގައި ޢަމަލީގޮތުން ނޫޅެވުނަސް މިހާރުވެސް ޔޫސުންބެއަކީ ކަންތައްތަކުގައި އުޅޭ މީހުންނަށް ހިތްވަރުދޭ މީހެކެވެ. އަދިވެސް އެކި ކަންކަމުގައި ޔޫސުންބެއަކީ ލަފާދޭ ލަފާދާރެކެވެ. ކަންތައްތައް އޯގަނައިޒުކޮށް ހިންގަންވީގޮތް ކިޔައިދޭ މީހެކެވެ. ބޮޑުބެރާއި ދަނޑިޖެހުންކަހަލަ ސަޤާފީ ކުޅިވަރަށް ޔޫސުންބެއަކީ އާދަޔާ ޚިލާފު ފޯރިއެއް ހުންނަ މީހެކެވެ. މިވާހަކަ މަނަދޫ މީހުންނަކަށް އާވާހަކައަކަށް ނުވާނެއެވެ.