ވެލަނބުލި(އިނގިރޭސި ބަހުން: Cassytha filiformis)ނުވަތަ (އިނގިރޭސި ބަހުން: Love vine) އަކީ ނަރުބޮނޑި އެއްހެން ހެދިފައި އޮންނަ ވެޔޮގަނޑެކެވެ. ވެލަނބުލި އަކީ ދިވެހިބޭހުގެ ފަތްޕިލާވެލީގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މީގައި އަޅާ އެއްޗިއްސަށްވެސް ކިޔަނީ، ވެލަނބުއްޔެވެ. ވެލަނބުލި އާންމުކޮށް ހެދެނީ ޖަންގަލީގައި މޫދުގެ އައްސޭރި ފަށާ ކައިރި ހިސާބު ތަކުގައެވެ. ވެލަނބުލި ދޮންވުމުން ބިދެގެން ކުޑަކުދިން ކައި ހަދައެވެ. ވެލަނބުލި ނިލިއިރު ހިތި ރަހައެއް ލިޔަސް ދޮންވުމުން އޭގައި ލާނީ ހުތް ފޮނި ރަހަ އެކެވެ. ވެލަނބުލި ހުންނަނީ ވަރަށް ކުދިކޮށް ވަށްކޮށެވެ. ބައެއް ހިސާބުތަކުގައި ވެލަނބުލިއަށް އެނބޫ މިހެން ވެސް ކިޔައެވެ

ވެލަނބުލި