ވިޔާއްދަ(އިނގިރޭސި ބަހުން: Carbuncle) އަކީ ގިނައަނގަ ހުންނަ މުލިހި، އެވެ. މިމުލިއްސަށް ކުޅަނދުރު ހަތާ މުލިހި ވެސް ކިޔައެވެ. އާންމު ގޮތެއްގައި ކުޅަނދުރު ހަތާ މުލިހި އުފެދެނީ ސްޓެފައިލޮކޮކަސް ކިޔާ ބެކްޓީރިޔާ އެއްގެ ސަބަބުންނެވެ. މިއީ ގައިން ގަޔަށް އަރާ ބައްޔެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ބައްޔެކެވެ. އަދި ބައެއް ފަހަރު ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފެތުރޭގޮތް ވެސް ވެއެވެ.

ކުޅަނދުރު ހަތާ މުލިހި ތެރޭގައި، ދިޔަ، ދޮސް، އަދި މަރުވެފައިވާ ޓިޝޫތައް ހުރެއެވެ. މިބައްޔަށް ވިއާއްދަ، ވިއާގި، އަދި ވިޔާގި ވެސް ކިޔައެވެ.