ވިލާ ކޮލެޖް އުފެދުނީ 17 އޮކްޓޯބަރ 2007 ގައެވެ. މިދުވަހަކީ ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން އެންޑް ޓްރޭނިންގ ގައި ވިލާ ކޮލެޖް ރަޖިސްޓްރީ ކުރެވުނު ދުވަހެވެ. މިއީ ދިވެހިރާއްޖޭގައި އުފެދުނު ފުރަތަމަ އަމިއްލަ ނުވަތަ ޕްރައިވެޓް ކޮލެޖެވެ. ވިލާ ކޮލެޖްގެ ބާނީ އަކީ ވިލާ ގުރޫޕް ގެ ޗެއާރމަން އަލްފާޟިލް ޤާސިމް އިބްރާހީމް އެވެ. ވިލާ ކޮލެޖްގެ މިހާރުގެ ރެކްޓަރ އަކީ ޑރ އަޙުމަދު އަންވަރު އެވެ.


މަޤްޞަދު އުނިއިތުރު ގެންނަވާ

ވިލާ ކޮލެޖްގެ މަޤްޞަދަކީ ދިވެހި ސަރުކާރާއި ގުޅިގެން ރާއްޖެއަށް އިންސާނީ ވަޞީލަތްތައް ބޭނުންވެފައިވާ ދާއިރާތަކަށް ފެންވަރު ރަގަޅު، ކަންކަމަށް ގާބިލު މީހުން ބިނާކޮށް، ދިނުމެވެ.


ފެކަލްޓީތައް އުނިއިތުރު ގެންނަވާ

  • ފެކަލްޓީ އޮފް ޓުއަރިޒަމް އެންޑް ހޮޓެލް މެނޭޖްމަންޓް
  • ފެކަލްޓީ އޮފް މެރިން ސައިންސް އެންޑް ވޯޓަރ ސްޕޯޓްސް
  • ފެކަލްޓީ އޮފް ކޮމްޕިއުޓިންގ އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ