Open main menu

ވިކިޕީޑިއާ β

ވިކިޕީޑިއާ:Featured content

މިސަފްޙާއިން ތިޔަފެނިލައްވަނީ ކޮންމެ މަހަކު ހުރިހާ މަޒުމޫނުތަކާއި ފޮޓޯ ތަކުގެ ތެރެއިން އެންމެ ރަނގަޅު ކަމަށް ހޮވާލެވިފައިވާ މަންޒަރާއި ހޮވާލެވިފައިވާ މަޒުމޫނު ތަކެވެ.

ދިވެހި ވިކިޕީޑިޔާ އާ ހަރުފަތަކަށް ގެނެވި އެންމެ ފުރަތަމަ ކޮންމެ މަހެއްގައި މަޒްމޫނެއް ހޮވާލާ ފެންވަރަށް ގެނެވުނީ ވަރަށް ހިތްވަރުގަދަ މަދު މެމްބަރުންތަކެއްގެ އެހީގައެވެ. ހޮވާލެވިފައިވާ މަޒްމޫނުތައްކަމަށް ބެލެވިފައި މިވަނީ ވިކިޕީޑިޔާގެ ފެންވަރުގައި އެ މަޒްމޫނެއްގައި އެންމެ އފުރިހަމައަށް ޤަބޫލު ކުރެވޭ ފެންވަރަކަށް މައްލޫމާތު ހިމެނިފައިވާ މަޒްމޫނުތަކެވެ. މި ގޮތުން މަޒްމޫނު ހޮވަން މިވިކިޕީޑިޔާއިން އެންމެ ފުރަތަމަ ފަށާފައިވަނީ 2007 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައެވެ.


2007 ވަނަ އަހަރުEdit

ފެބްރުއަރީ 2007Edit

 

ޓޮމް އެންޑް ޖެރީ އަކީ އެކެޑަމީ އެވޯރޑް ކާމިޔާބު ކޮށްފައިވާ މަޝްހޫރު އަދި ކާމިޔާބު، ކުރު ސިނަމާ ކާރޓޫނު ސިލްސިލާ އެކެވެ. މިކާރޓޫނު އުފައްދައި، ލިޔެ، އަދި ޑައިރެކްޓް އެނިމޭޝަން ދާއިރާގައި ކުރިއަރާފައިވާ ވިލިއަމް ހަނާ އާއި ޖޯސެފް ބަރބަރާ އެވެ. (ފަހުން މިއީ ހަނާ ބަރބަރާ އެވެ.)


1940 ން 1957 އަށް މިސިލްސިލާ އުފައްދާފައި ވަނީ ހޮލީވުޑްގެ މަޝްހޫރު މެޓްރޯ-ގޯލްޑްވެއިން-މޭޔަރ އިން، އެ ސްޓޫޑިއޯގެ އެނިމޭޝަން ބައި މެދު ކެނޑެން ދެންށެވެ. 1960 ވަނަ އަހަރު ކޮންޓްރެކްޓެއްގެ ދަށުން އިރުމަތީ ޔޫރަޕްގައި މިކާރޓޫނު އުފެއްދުމުގެ މަސައްކަތް އެމް.ޖީ.އެމް އިން ރެމްބްރޭމްޑްޓް ފިލްމްސް އާއި ހަވާލު ކުރިއެވެ. ރެމްބްރޭމްޑްޓް ފިލްމްސް އަކީ ޖީން ޑީޗް ހިންގަމުން އައި ތަނެކެވެ.

(އަދި އިތުރަށް...)

އާއްމު މައުލޫމާތު



މާރޗް 2007Edit

 

ދި އިންކްރެޑިބްލްސް އަކީ ޕިކްސަރ އެނިމޭޝަން ސްޓޫޑިއޯސް އިން އެނިމޭޓް ކޮށް ތައްޔާރު ކޮށްފައިވާ ކުޑަކުދިންގެ ކާރޓޫނު ފިލްމެކެވެ. މިކާރޓޫނުގެ ވާހަކަ ލިޔެ ތައްޔާރު ކުރީ ބްރެޑް ބާރޑް އެވެ. އެއީ ދަ ސިމްޕްސަންސް ގެ ކުރީގެ ޑައިރެކްޓަރ އެވެ. އަދި މަޝްހޫރު ކާރޓޫނު، ދި އަޔަން ޖަޔަންޓްގެ ޑައިރެކްޓަރ އޭ ބުނުމުން ގިނަބަޔަކަށް ބްރެޑް ބާރޑް އެނގޭނެއެވެ. ވާރނރ ބްރޯސްގެ އެނިމޭޝަން ޑިވިޜަން ބަންދު ކުރުމުން ބްރެޑް ބާރޑް ޕިކްސަރ އަށް ބަދަލުވިއެވެ. އަދި ދި އިންކްރެޑިބްލްސް ގެ ވާހަކަ ވެސް އެނާ އާއި އެކު ގެންދިޔައެވެ. ދި އިންކްރެޑިބްލްސް އަކީ...

(އަދި އިތުރަށް...)




އޭޕްރީލް 2007Edit


ފަޟީލަތުއްޝައިޚް އަލްޙާއްޖު ޢަބްދުއްރަޙުމާން އަލްއަޒުހަރީ އައްޝައިޚުލް ޙާއްޖު އަބްދުއްރަހުމާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީ ސަނަތުން 1875 ވަނަ އަހަރު އައްޑޫ މީދޫގައެވެ. އަބްދުއްރަހުމާނުގެ ބައްޕައަކީ އައްޑޫ މީދޫ ވަށޮދިޔަގެ އަލްމުއައްލިމު އަލީ އެދުރުއެވެ. ނުވަތަ މަޝްހޫރު ލިޔާ މާލިމީ (ވަށޮދިޔަގެ މާލިމީ) އެވެ. މީނާއަށް ލިޔަން ދޮންކަލޯގެ ނަމުން ވެސް މުޚާޠަބްކުރެވެއެވެ.

ވަށޮދިއަގެ މާލިމީއަކީ ދިވެހި ރާއްޖޭގެ ދެކުނުގައިތިބި އަތު ލިޔުން ރީތި މީހުންގެ ތެރެއިން ޢަރަބި ތާނަ އަށް އެންމެ މަޝްހޫރު އެއް ފަންނާނެވެ. މީނާގެ އަތުން ލިޔެފައިވާ ކީރިތި ޤުރްއާނުގެ މުޞްހަފެއް ޤައުމީ ކުތުބުޚާނާގައި ވަރަށް ފަހަކާޖެހެންދެން ވެސް އޮތެވެ. އަބްދުއްރަހުމާނަކީ އޭނާގެ ބައްޕަ ވެސް ފަދައިން ވަރަށް ރީތި ކޮށް ލިއުއްވި ބޭފުޅެކެވެ.

(އަދި އިތުރަށް...)




މޭއި 2007Edit

އަލްމަރުހޫމް މުހައްމަދު ޖަމީލަކީ ޤައުމީ ހިދުމަތުގައި ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. ދިވެހި ޤައުމަށްޓަކައި ކޮށްދެއްވާފައިވާ ޚިދުމަތްތައް ނުހަނު ގިނަ ގުނައެވެ. ސަރުކާރުގެ ޚިދުމަތްތަކުގެ ތެރެއިން ކާތިބު ކަމާއި، ސެކްރެޓަރީ ކަމުން ފެށިގެން ގޮސް އެންނމެ ޤަދަރު ބޮޑު، މަސްޢޫލިއްޔަތު ބޮޑު މަޤާމްތައް ފުރުއްވި ބޭކަލެކެވެ. އަދާ ކުރެއްވި ކޮންމެ ވަޒީފާ އެއްގައިވެސް ދުވަހުން ދުވަހަށް މަތީ މަޤާމް ހާސިލް ކުރެއްވި ކަމީ އެމަނިކުފާނުގެ ތެދުވެރިކަމާއި އިޚްލާސްތެރިކަން ހާމަވާ ކަމެކެވެ. މިގޮތުން އެމަނިކުފާނު ސަރުކާރުގެ ތަފާތު ވަޒީފާތަކެއްގައި ތަފާތު 40 މަޤާމެއް ފުރުއްވިއެވެ.

(އަދި އިތުރަށް...)






ޖޫން 2007Edit

މައްކާ އަކީ ތާރީޚީ ޙިޖާޒުގެ ސަރަޙައްދުގައިވާ ސައޫދީ އަރަބިއްޔާގެ މަންޠިޤާ މައްކާ ގެ ވެރި ރަށެވެ. 2004 ގެ ބޯހިމެނުމުގައި ބުނާގޮތުން މައްކާގެ އާބާދީއަކީ 1،294،167 މީހުންނެވެ. މައްކާ އޮތީ ޖިއްދާއާ 73 ކިލޯމީޓަރު (45 މޭލު) ދުރުގައި، އިބްރާހީމް ވާދީގައި، ކަނޑުގެ ސަޠުހުން 277 މީޓަރު އުހުގައެވެ. ރަތްކަނޑާއި މައްކާއާ ހުރި ދުރުމިނަކީ 80 ކިލޯމީޓަރެވެ. މައްކާގެ ގަވަރުނަރު ކަމަށް ބޭފުޅަކު ޢައްޔަން ކުރައްވަނީ ސައޫދީ ރަސްގެފާނެވެ. ޝަހަރުގެ މުނިސިޕަލިޓީ ހިންގެވުމަކީ އިންތިޚާބު ކުރެވިފައިވާ ސާދަ މެންބަރުންގެ މުނިސިޕަލް ކައުންސިލުގެ ޒިއްމާއެކެވެ.

(އަދި އިތުރަށް...)




ޖުލައި 2007Edit

އިންޑިޔާއަކީ (ހިންދީބަހުން: भारत गणराज्य)، ނުވަތަ ޢާއްމު ބަހުރުވާގައި ކިޔާ ގޮތަށް ނަމަ އުތުރުކަރަ އަކީ ދެކުނު އޭޝިޔާ އަށް ނިސްބަތް ވާ މިނިވަން ގައުމެކެވެ. ޖުޣުރާފީ އަކަމިނަށް ބަލާއިރު މިއީ ހަތްވަނައަށް އެއްމެ ބޮޑު ޤައުމެވެ. ދެވަނައަށް އެއްމެ އާބާދީ ބޮޑު ޤައުމު ވެސް މެއެވެ. އަދި ދުނިޔޭގައި މިވަގުތު އޮތް އެއްމެ ބައިގިނަ ލިބަރަލް ޑިމޮކްރަސީ އަކީ ވެސް އިންޑިޔާއެވެ. ޤައުމުގެ އިން ދެކުނު ބިތުން ގޮސް ގުޅެނީ ހިންދު ކަނޑާއެވެ. ހުޅަނގު ބިތުން ޢަރަބި ކަނޑާއެވެ. އިރުމަތީ ބިތުން ބޭ އޮފް ބެންގާލާއެވެ. އިންޑިޔާގެ ކިނާރީފަށުގައި 7000 ކިލޯމީޓަރު ހުރެއެވެ. (އަދި އިތުރަށް...)





އޯގަސްޓް 2007Edit

ޖޯޖް ވޮޝިންގޓަން މަޝްހޫރު ވެފައިވަނީ އެމެރިކާގެ ބާނީ ގެ ގޮތުގައެވެ. އަދި އެމެރިކާގެ ބައްޕަގެ ގޮތުގައެވެ. 22 ފެބުރުއަރީ 1732 ގައި އުފަންވެ ވަޑައިގަތް ޖޯޖް ވޮޝިންގޓަން އަކީ އިގިރޭސިންނާއި ދެކޮޅަށް މީލާދީން 1775ން 1783 އަށް ހިންގި އެމެރިކާގެ އިންގިލާބީ ހަގުރާމައިގައި އެމެރިކާގެ ކޮންޓިނެންޓަލް އާރމީންނަށް ކާމިޔާބު ހޯއްދަވައި އެެމެރިކާ މިނިވަންކުރެއްވި މޭސްތިރި އެވެ.

އެމެރިކަން އިންގިލާބުގެ ކާމިޔާބަށްފަހު އެމެރިކާގެ ފުރަތަމަ ރައީސްގެ ގޮތުގައި ޖޯޖް ވޮޝިންގޓަން ރައީސް ކަމަށް އިސްވެ ވަޑައިގަތީ 30 އޭޕްރީލް 1789ގައެވެ. ޖެހިޖެހިގެން ދެ ދައުރުގައި ރައީސް ކަންކުރައްވައި ދެވަނަ ދައުރު ނިމުމުން ރައީސް ކަމުން ވަކިވެ ވަޑައިގަތީ 4 މާރޗް 1797 ގައެވެ.

(އަދި އިތުރަށް...)





ސެޕްޓެމްބަރ 2007Edit

އެއިޑްސް ބަލީގެ ވާހަކަ ފުރަތަމަ ފެންމަތިވެގެން އައީ 1981 ވަނަ އަހަރު އެވެ. އެއީ އެމެރިކާގައި އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ބަޔަކަށް މިބަލި ޖެހިފައިވާކަން އެގުމުންނެވެ. ފުރަތަމަ އޭޑްސް ބަލި ފާޅުވެފައިވަނީ އެފްރިކާގެ ގައުމެއް ކަމުގައިވާ ޒަޔަރ އިން ކަމަށް ވެސް ބުނެވެއެވެ. އެއަށްފަހު ހެއިޓީ އަށް މިބަލި ވާޞިލްވީ ހެއިޓީގައި ދިރިއުޅޭ ބައެއް ޒަޔަރ މީހުންގެ ފުށުންނެވެ.

ހެއިޓީ އިން ދެން ބަލި ދަތުރުކުރީ އެމެރިކާ އަށެވެ. އެއީ ހެއިޓީ އަށް ދިޔަ އެއް ޖިންސުން ގުޅުން ހިންގާ އެމެރިކާ މީހުން ތަކެއްގެ ސަބަބުންނެވެ. ހެއިޓީ އަކީ އެދުވަސްވަރު ހުރިހާ ވައްތަރެއްގެ ޖިންސީ ގުޅުން ހުއްދަ ކުރެވިފައި އޮތް ގައުމެއް ކަމުން އެމެރިކާގެ ވަރަށް ގިނަބަޔަކު އެދުވަސްވަރު ހެއިޓީ އަށް ޗުއްޓީ ހަދަން ދިޔަ ކަމުގައި ބުނެވެއެވެ..

(އަދި އިތުރަށް...)





އޮކްޓޯބަރ 2007Edit

މިއީ ކުޑަކަމުދާ ނިޒާމްގައި ހިމެނޭ ގުނަވަނެކެވެ.ކޮންމެ އިންސާނެއްގެ ހަށިގަނޑުގެ ތެރޭގައި ދެ ގުރުދާ ނުވަތަ (އިނގިރޭސި ބަހުން: Kidneys) އަކީ ވެއެވެ.އެއީ ކޮންމެ ފަރާތެއްގައި ގުރުދާ އެކެވެ. ފެހި-އޮށެއްގެ ބައްޓަމަށް އަތް މުށްކެވުމުން މުށެއްވަރުވާ ގުރުދާ އިންސާނާގެ ހަށިގަނޑުގެ ތެރޭގައި އޮންނަނީ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ގުނަވަންތަކުގެ ފަހަތުގައެވެ. އެއީ ގާތްގަނޑަކަށް މޭކަށިތައް ނިމޭ ހިސާބު ގައެވެ. އަދި މައިބަދައިގެ ކަށިތަކުގެ ތެރޭގައި ހިމެނޭ ލަމްބާރ ވާޓެބްރާ ތައް ހުންނަ ހިސާބާއި ކައިރީގައެވެ. ގުރުދާގެ ވަށައިގެން މަތީގައި ކޮންމެވެސް ވަރަކަށް ޕެރިނެފްރިކް ފެޓް (އިނގިރޭސި ބަހުން: perinephric fat) އޭ ކިޔޭ ސަރުބީގެ ވައްތަރެއް ޖަމާވެފައި ހުރެއެވެ. މިބުނި ފެޓްގެ ތެރޭގައި ކޮންމެ ގުރުދާއެއްގެ މަތީގައި އެޑްރީނަލް ގްލޭންޑް (އިނގިރޭސި ބަހުން: Adrenal Gland)އޭ ކިޔޭ ހޯރމޯން ބޭރުކުރާ ގޮށެއް އިދެއެވެ.

(އަދި އިތުރަށް...)





ނޮވެމްބަރ 2007Edit

މިޞްރުގެ ވެރިރަށް ގާހިރާގެ ހުޅަގު ދެކުނަށް އޮންނަ ޖީޒާގައިވާ ބޮޑު 3 ޕިރަމިޑްގެ ތެރެއިން އެންމެ ބޮޑު ޕިރަމިޑަކީ ގަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބުގެ ތެރެއިން މިހާތަނަށް މުޅިން ސަލާމަތުން ފެންނަން ހުރި ހަމައެކަނި އަޖައިބު ކަމުގައިވަނީ ބެލެވިފައެވެ. މިޕިރަމިޑަށް ދެވިފައިވާ ނަމަކީ ޚޫފޫ ޕިރަމިޑް އެވެ. މިޕިރަމިޑް ފިޔަވައި ދެން ހުރި ޕިރަމިޑްތަކަކީ ޚަފްރީ އަދި މެންކޫރީގެ ނަމުން ނަންދެވިފައިވާ ޕިރަމިޑް ތަކެވެ.

(އަދި އިތުރަށް...)





ޑިސެމްބަރ 2007Edit

ތޯމަސް ޖެފަރސަން އަކީ އެމެރިކާގެ 3 ވަނަ ރައީސެވެ. 13 އޭޕްރީލް 1743 ގައި އުފަންވެ ވަޑައިގަތް ތޯމަސް ޖެފަރސަން ވަނީ އެމެރިކާގެ ރައީސްކަން ޖެހިޖެހިގެން ދެދައުރުގައި ކޮށްފައެވެ. އެއީ 1801ން 1809 އަށެވެ. 1776ގައި އެކުލަވާލެވުނު ޑެކްލަރޭޝަން އޮފް އިންޑިޕެންޑެންސްގެ މައި މުއައްލިފަކީ ތޯމަސް ޖެފަރސަން އެވެ. އެމެރިކާއަށް ޖުމުހޫރިއްޔަތު ގެނައުމުގެ މައިތަބު ތަކުގެ ތެރޭގައި ތޯމަސް ޖެފަރސަން ހިމެނި ވަޑައިގަންނަވައެވެ. އޭނާގެ ވެރިކަމުގައި ހިގާފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި 1803 ވަނަ އަހަރު ލުއިޒިއާނާ އެމެރިކާ އަށް ލިބުމާއި، އަދި 1804ން 1806 އަށް ހިންގުނު ލުއިސް އެންޑް ކްލާރކް އެކްސްޕިޑިޝަން ހިމެނެއެވެ.

(އަދި އިތުރަށް...)




2008 ވަނަ އަހަރުEdit

ޖެނުއަރީ 2008Edit

ދަރުމަވަންތަ ރަސްގެފާނަކީ ދިވެހިރާއްޖޭގެ ދީނަކީ އިސްލާމް ދީން ކަމުގައި ކަނޑައެޅުއްވި ރަސްގެފާނު އެވެ. ދަރުމަވަންތަ ރަސްގެފާނަކީ ޣައިރު ދީނަށް އަޅުކަންކުރައްވަމުން ގެންދެވި ފަރާތެކެވެ. ނަމަވެސް ދިވެހިރާއްޖެއަށް އިސްލާމް ދީން ފެތުރިގެންދިޔައީ މި ރަސްގެފާނުގެ ރަސްކަމުގައެވެ. ދަރުމަވަންތަ ރަސްގެފާނު މަޝްހޫރު ވެފައިވަނީ ތީމުގެ މަހާކަލަމިންޖާގެ ނަމުންނެވެ.

އަދި އިތުރަށް...


ފެބްރުއަރީ 2008Edit

އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް އުފަންވެ ވަޑައިގަތީ މީލާދީ ސަނަތުން 29 ޑިސެމްބަރ 1937 (ހިޖުރީ ސަނަތުން 26 ޝައްވާލް 1356) ވީ ބުދަ ދުވަހުގައެވެ. 1978 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވަނީ އެމަނިކުފާނެވެ. ދިވެހިރާއްޖޭގެ ވެރިކަމާއި އެމަނިކުފާނު ހަވާލުވެވަޑައިގެންނެވީ 11 ނޮވެމްބަރ 1978 ގައި ރައީސް އިބްރާހިމް ނާސިރު އަށް ފަހު ގައެވެ. އެންމެ ފަހުން އެ މަނިކުފާނު ރައީސް ކަމަށް ހޮވިފައިވަނީ 2003ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި ދިވެހިރާއްޖޭގެ %90.02 އަޤްލަބިއްޔަތަކުންނެވެ. މިގޮތުން ރައއްޔިތުންގެ މެދުގައި ވޯޓު ނެގެނީ ކޮންމެ މީހުން ދިރިއުޅޭ ރަށެއްގައި އެމަނިކުފާނު ރައީސްކަމުގައި ދެމިހުރުމަށް ފެންނަ ނުވަތަ ނުފެންނަ ވޯޓަކުންނެވެ.

އަދި އިތުރަށް...


މާރޗް 2008Edit

މިއީ މޭގަނޑެވެ.ފުރަމޭ ނުވަތަ (އިނގިރޭސި ބަހުން: Liver) އަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ.މިއީ ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމް(އިނގިރޭސި ބަހުން: Metabolism) ގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މީގެ އިތުރުން ހަށިގަނޑުގައި ތަފާތު އެތައް ވަޒީފާތަކެއް މިގުނަވަނުން އަދާކުރެއެވެ. އޭގެ ތެރޭގައި ގްލައިކަޖަން(އިނގިރޭސި ބަހުން: Glycogen)ރައްކާކުރުން، ޕްލާޒްމާ ޕްރޮޓީން(އިނގިރޭސި ބަހުން: Plasma protein) އުފެއްދުން، އަދި ލޭގެ ތެރޭގައި ހުންނަ ވިހަސާފުކުރުން ހިމެނެއެވެ. ފުރަމޭގެ ބޮޑުބައި އޮންނަނީ ކަނާތް ފަރާތުގައެވެ. މިގުނަވަން އޮންނަނީ ފުއްޕާމޭއާއި ޑައަފްރަމްގެ ތިރިން ބަނޑާއި މޭ ގުޅޭ ހިސާބުގައެވެ. ފުރަމޭ އިން ބައިލް(އިނގިރޭސި ބަހުން: Bile) ކިޔާ ދިޔައެއް އުފައްދައެވެ. މިއީ ހަޖަމުކުރުމުގައި އެހީތެރިވެދޭ ދިޔައެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރެވޭ ހެޕަޓިކް، ހެޕަޓޯ(އިނގިރޭސި ބަހުން: Hepatic/Hepato) ފަދަ ބަސްތަކުން ދޭހަކޮށްދެނީ ފުރަމޭ އާގުޅުންހުރި މިހެންނެވެ.

އަދި އިތުރަށް...


އެޕްރީލް 2008Edit

ތާރީޚީ އަދި ސަގާފީ ގޮތުން ބޫޓާން ވަނީ އުތުރަށް އޮތް ޓިބެޓާއި ގުޅިފައެވެ. ނަމަވެސް މިއަދު ސިޔާސީ އަދި އިގްތިޞާދީ ގޮތުން ހިންދުސްތާން އާއި ބޫޓާންގެ ގުޅުން އިތުރުކަން ފާހަގަ ކުރެވެއެވެ. 1907ން ފެށިގެން ބޫޓާންގައި އޮންނަނީ ރަސްކަމެވެ. ބޫޓާންގެ ރަސްކަލަކަށް ދުވަސްތަކެއް ވަންދެން ހުރި ޖިގްމޭ ސިންޔޭ ވަންޗުކް ވަނީ ޑިސެމްބަރު 2005 ގައި ގާނޫނީ ސަރުކާރެއް އެކުލަވާލާނެ ކަން އިޢުލާން ކޮށްފައެވެ. 14 ޑިސެމްބަރު 2006 ގައި ޖިގްމޭ ސިންޔޭ ވަންޗުކު ރަސްކަމުން އަޒުލުވެ ވަޑައިގެން އޭނާގެ ދަރިކަލުން ޖިގްމޭ ކޭސަރު ނަމްޔަލް ވަންޗުކު އޭނާގެ ބަދަލުގައި ތަޚްތަށް އިސްވާނެ ކަން އިޢުލާން ކުރިއެވެ. 22 އޭޕްރީލް 2007 ގައި ޖެހިގެން އޮތް 2008 ވަނަ އަހަރު ބޫޓާންގެ ތާރީކްގައި އޮންނަ ފުރަތަމަ ބަރުލަމާނީ އިންތިޚާބު އޮންނާނެ ކަން އިއުލާން ކޮށްފައި ވެއެވެ.

އަދި އިތުރަށް...


މެއި 2008Edit

މީލާދީގެ 323 ގެ ކުރިން އެލެގްޒެންޑަރ ޛި ގްރޭޓް އަވަހާރަވުމުން މިޞްރުގެ ވެރިކަމަށް އިސްވީ އެލެގްޒެންޑަރގެ ދުވަސްވަރު ކޮމާންޑަރަކަށް ހުންނެވި ޕީޓޮލޮމީ ސޯޓަރ އެވެ. އިސްކަންދަރިއްޔާގެ ލައިޓް ހައުސް ( އަލި ކުރާގެ / އަލިކުރާ ބައްތި ) ބިނާކުރަން ފެށުނީ މިޞްރުގެ ވެރިކަމުގައި ޕީޓޮލޮމީ ސޯޓަރ ހުންނެވި ދުވަސްވަރު އެވެ. އެއީ މީލާދީގެ 290 އަހަރު ކުރިންނެވެ. ލައިޓް ހައުސް ބިނާކޮށް ނިމުނީ ކުރިން ބުނި ރަސްކަލުން އަވަހާރަވި ފަހުންނެވެ. އެއީ ލައިޓް ހައުސް ބިނާކުރަން ފެށިތާ 20 އަހަރު ފަހުންނެވެ. އާދެ މީލާގެ 270 އަހަރު ކުރިންނެވެ. އަދި މިއީ ދުނިޔޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު ލައިޓް ހައުސް ކަމުގައި ބުނެވެއެވެ. އެދުވަސްވަރު މިޞްރުގައި ހުރި ޕިރަމިޑް ނެގުމަށްފަހު ދުނިޔޭގައި ހުރި އެންމެ އުސްތަނެއްގެ ގޮތުގައި ބެލެވިފައިވަނީ ވެސް ލައިޓް ހައުސް އެވެ.

އަދި އިތުރަށް...


ޖޫން 2008Edit

ލަފްޒީ ގޮތުން މައްކީ އާއި މަދަނީ އަކީ ދެ ތަނަށް ނިސްބަތްކުރާ ނިސްބަތްކުރުމެވެ. މައްކީއަކީ މައްކާއަށް ނިސްބަތްކުރާ ނިސްބަތްކުރުމެވެ. މަދަނީ އަކީ މަދީނާއަށް ނިސްބަތްކުރާ ނިސްބަތްކުރުމެވެ. ނަމަވެސް ޢިލްމުވެރިން މައްކީ ނުވަތަ މަދަނީ ނިސްބަތް ކުރަނީ ކުރިން ދެންނެވުނު ދެތަނަށް ނިސްބަތްކޮށެއް ނޫނެވެ. ޢިލްމުވެރިން މިދެނަން މައްކީ އާއި މަދަނީ ނިސްބަތްކުރަނީ ޒަމާނަށެވެ. ކީރިތި ޤުރުޢާނުގެ އެއާޔަތެއް ނުވަތަ އާޔަތްތަކެއް ބާވައިލެއްވުނު ވަގުތަށެވެ. ތަނަކަށް ނޫނެވެ.

އަދި އިތުރަށް...


ޖުލައި 2008Edit

މުޙައްމަދު އަމީން އަކީ ހުރާގޭ ޚާންދާނުގެ އެއްގޮފި ކަމުގައި ހިމެނޭ އަތިރީގޭ އާއިލާގެ ބޭފުޅެކެވެ. އެއީ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ އަޙުމަދު ދޮށިމޭނާ ކިލެގެފާނުގެ ޢަލީ ދޮށިމޭނާ ކިލެގެފާނުގެ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ އަޙުމަދު ދޮށިމޭނާ ކިލެގެފާނުގެ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އެވެ. މަންމައަކީ ރޯނުގޭ އިބްރާހީމް ދީދީގެ ޢައިޝަތު ދީދީ އެވެ. މުޙައްމަދު އަމީން އުފަންވެ ވަޑައިގަތީ 20 ޖުލައި 1910 ގައި މާލޭގައެވެ. އެއީ ހިޖުރީގޮތުން 13 ރަޖަބު 1328 ގައެވެ. މުޙައްމަދު އަމީން ފުރަތަމަ ކައިވެނި ބައްލަވައިގަތީ ފަޟީލަތުއްޝައިޚުލް މަރްހޫމް ޙުސެއިން ޞަލާހުއްދީންގެ ދަރިކަނބަލުން ފާޠިމަތު ސަޢީދު އާއެވެ. ފާޠިމަތު ސަޢީދުގެ ފަރާތުން މުޙައްމަދު އަމީން އަށް 3 ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. އޭނާ އަވަހާރަވިއިރު ދުނިޔޭގައި އިންނެވީ އެންމެ ބޭފުޅެކެވެ. އެއީ ފާޠިމަތު ސަޢީދުގެ ބަނޑުފުޅުން ލިބިވަޑައިގެންނެވި އައްނަބީލާ އަމީނާ މުޙައްމަދު އަމީން އެވެ.

އަދި އިތުރަށް...


އޯގަސްޓް 2008Edit

ހަޖަމުކުރާ ނިޒާމް ނުވަތަ ނުވަތަ އިނގިރޭސި ބަހުން ނަމަ ޑައިޖެސްޓިވް ސިސްޓަމް އަދި އެލިމެންޓަރީ ކެނަލްގެ ނަންދީފައިވާ މި ނިޒާމަކީ އިންސާނާގެ ހަށިގަނޑުގައި އިންސާނާ ކާ ކާނާގެ ބާވަތްތައް ހަޖަމުކޮށްދޭ ނުވަތަ ހަޖަމުކުރުވާ ނިޒާމެވެ. ހަޖަމުކުރާ ނިޒާމްގެ މައިގަނޑު މަސައްކަތަކީ ކާތަކެތި ހަޖަމުކުރުމާއި، ހަށިގަނޑަށް ބޭނުންނުވާ ބައި ހަށިގަނޑުން ބޮޑު ކަމުދާ ތަކެތީގެ ސިފައިގައި ބޭރު ކުރުމެވެ.

އާދައިގެ ފިރިހެނެއްގެ ހަޖަމުކުރާ ނިޒާމްގައި ހިމެނޭ ބައިތަކުގެ ދިގުމިނަކީ ގާތްގަނޑަކަށް 6.5 މީޓަރު (20ފޫޓް) އެވެ. އަދި ހަޖަމުކުރާ ނިޒާމް އެކުލެވިގެންވަނީ މައިގަނޑު ދެބައެއްގެ މައްޗަށެވެ. އެއީ ހަޖަމުކުރާ ނިޒާމްގެ މަތީބައި، އަދި ހަޖަމުކުރާ ނިޒާމްގެ ތިރީބައެވެ.

އަދި އިތުރަށް...


ސެޕްޓެމްބަރ 2008Edit

ސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) އަކީ މީލާދީން 1648 ން 1687 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1058 ން 1098 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1058 ވަނަ އަހަރުއެވެ. ދިވެހިރާއްޖޭގެ ރަސްކަލަކަށް އެންމެ ފުރަތަމަ އިސްކަންދަރު ކިޔުނީ މިރަދުންނަށެވެ. މިއީ ދިވެހި ތާރީޚްގައި މަޝްހޫރު 'އިސްކަންދަރު ރަސްގެފާނު' އެވެ.

އިސްކަންދަރު ރަސްގެފާނުގެ ފުރިހަމަ ނަންފުޅަކީ އައްސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނެވެ. ބައްޕާފުޅަކީ އައްސުލްޠާން މުޙައްމަދު ޢިމާދުއްދީނު (އެއްވަނަ)ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން ނުވަތަ ބޮޑު ރަސްގެފާނު އެވެ. މިރަދުންނަކީ އުތީމު ޢަލީ ތަކުރުފާނުގެ ދަރިކޮޅުން ވަޑައިގެންނެވި ބޭފުޅެކެވެ. މަންމާފުޅަކީ ކަނބާ ޢާއިޝާ އެވެ.

އަދި އިތުރަށް...


އޮކްޓޯބަރ 2008Edit

ނ. މަނަދޫ ކާސިންހާޖީ އަސްލު ނަންފުޅަކީ ޤާސިމް ހާރޫނެވެ. ކާސިންހާޖީއަކީ މަނަދޫއަށް އެކިގޮތްގޮތުން ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަޚުރުވެރި ދަރިއެކެވެ. ރާއްޖެއަށް ކުރިމަތިވި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު މަނަދޫއަކީ ވަރަށް ގިނަ ބަޔަކު މަރުވެފައިވާ ރަށެކެވެ. ވަރަށް ބޮޑަށް ހާލުގައި ޖެހުނު ރަށެކެވެ. ސަރުކާރުން އެހީގެ ކާޑު ފޮނުއްވި ރަށްތަކުގެ ތެރެއިން އެއްރަށެވެ. އޭރު ސަރުކާރު ހިންގެވުމާއި ޙަވާލުވެވަޑައިގެން ހުންނެވި ސުމުއްވުލް އަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލަގެފާނު މަނަދުއަށް ޒިޔާރަތް ކުރެއްވިއެވެ.

އަމީންދީދީ ލިޔުއްވާފައިވާ ގޮތުގައި މަނަދޫގައި ރަށުގެ ޙާލަށް ލޯހުޅުވި ހޭލުންތެރިހުރީ އެންމެ މީހެކެވެ. އެއީ އޭރު މަނަދޫ ކުޑަކަތީބު ކަމުގައި ހުންނެވި ކާސިންހާޖީއެވެ. ކާސިން ހާޖީވަނީ މަނަދޫގެ ވެރިކަމާއި މުދިންކަމާއި އިމާމްކަން ކުރައްވާފައެވެ. މުޅި އަތޮޅުގައި ނެތްވަރުގެ ތަނަވަސްވެރިއެކެވެ. ސީދާ ކޮޅުބަށް ވަޑައިގެން ވިޔަފާރިކަން ކުރެއްވިއެވެ. ރައްޔިތުންގެ މުހުތާދުތައް ފިލުވައި ހެއްދެވިއެވެ. މަސްދޯނިފަހަރު ދުއްވާ ހެއްދެވިއެވެ.

އަދި އިތުރަށް...



ނޮވެމްބަރ 2008Edit

ސުލްޠާން އިބްރާހީމް އިސްކަންދަރު ނުވަތަ ސުލްޠާން އިބްރާހީމް އިސްކަންދަރު (އެއްވަނަ) އަކީ މީލާދީން 1648 ން 1687 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 1058 ން 1098 އަށެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 1058 ވަނަ އަހަރުއެވެ. ދިވެހިރާއްޖޭގެ ރަސްކަލަކަށް އެންމެ ފުރަތަމަ އިސްކަންދަރު ކިޔުނީ މިރަދުންނަށެވެ. މިއީ ދިވެހި ތާރީޚްގައި މަޝްހޫރު 'އިސްކަންދަރު ރަސްގެފާނު' އެވެ.

އަދި އިތުރަށް...



ޑިސެމްބަރ 2008Edit

އިބްރާހީމް ނާޞިރަކީ، ތުއްޕުޅު އިރުގައި ވަރަށް ދަތި ޙާލުކޮޅުގައި އުޅުއްވާން ޖެހިވަޑައިގަތް ބޭފުޅެކެވެ. ނަމަވެސް ފަހުން އައިސް އެމަނިކުފާނު ބަލަހައްޓަވައި ގެންގުޅުއްވީ އަދި ބޮޑުފުޅުވާންދެން ބެލެހެއްޓެވީ، ވެލާނާގޭ އަލްފާޟިލް މުޙައްމަދު އިބްރާހީމްދީދީއެވެ. އެމަނިކުފާނުގެ ބޮޑުބޭބެއެވެ. އިބްރާހީމް ނާޞިރަކީ، ވަރަށް ސާދާ ބޭފުޅެކެވެ. ކިޔަވަން އުޅުއްވީ ސޯސަންވިލާގައެވެ. އެމަނިކުފާނުގެ މިޒާޖުގައިވާ ގޮތުގެ މަތީން އެމަނިކުފާނަކީ ތެދުވެރި، އިޚްލާޞްތެރި، މީހުނަށް އޯގާވެރި ބޭފުޅެކެވެ. ޚިޔާނާތްތެރިކަމާއި ދޮގުހެއްދެވުމަކީ އެމަނިކުފާނުގައި މުޅިން ނެތް ކަމެއްކަމަށް އެމަނިކުފާނު ދަންނަ ގިނަ މީހުން ބުނެ އުޅެއެވެ.

އަދި އިތުރަށް...



2009 ވަނަ އަހަރުEdit

ޖެނުއަރީ 2009Edit

އަލްފާޟިލް ޢަބްދުއްﷲ އިސްމާއީލް ނުވަތަ އިސްމާއީލް ކަލޭގެފާނުގެ ތުއްތު އަކީ ހިމިތީ މާލިމީ އިސްމާއިލް ކަލޭގެފާނުގެ ދަރިކަލުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަންމައަކީ ފެލިދު އަތޮޅު ފެލިދޫ މަރިޔަމްފުޅެވެ. ޢަބްދުއްﷲ އިސްމާޢީލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1319 ޛުލްޤަޢިދާ 1 (10 ފެބްރުއަދީ 1902 މ) ވީ ހޯމަ ދުވަހު ފ.އަތޮޅު ހިމިތީގައެވެ. މީނާ އަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ސަމާލުކަން ދެވޭ ދިވެހި ޝަޚްސިއްޔަތެކެވެ. ތުއްތު ސާހިބުގެ އާއިލާ މާލެ އިން ވެސް ފެންނަން އެބައޮތެވެ. މ.ހުދު އަސުރުމާގެ، އަދި މ.އަސުރުމާގެ މި ދެގޭބިސީގެ އަހުލުވެރިންނަކީ ތުއްތު ސާހިބުގެ ދަރިފަސްކޮޅުން އައިސްފައިވާ މީހުން ކަމުގައި ބުނެވެއެވެ.

އަދި އިތުރަށް...


ފެބްރުއަރީ 2009Edit

ފުރަގަސް ފަރާތު ބަލި (އިނގިރޭސި ބަހުން: piles)ނުވަތަ ފުރަގަސް ފަރާތް ފޭބުމޭ ބުނެވެނީ ބޮޑު ކަމުދާ ދޮރު ނުވަތަ ފުރަގަސް ފަރާތުގައި ހިމެނޭ ހިސާބުގައިވާ ލޭހޮޅިތައް ނުވަތަ ލޭނާރުތައް ދެމި، ފުޅާވެ، ފުއްޕުމަށް ނިސްބަތްކޮށެވެ. މިބަލީގެ އުދަގޫ ޢާންމުކޮށް ކުރިމަތިވަނީ 50-20 އަހަރާއި ދެމެދުގެ މީހުންނަށެވެ. އާބާދީގެ 50 އިންސައްތަ މީހުންނަށް ޙަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި މިބަލީގެ އުދަގޫތައް ތަޙައްމަލު ކުރަން ޖެހޭ ކަމަށް ދިރާސާތަކުން ދައްކައެވެ.ފުރަގަސް ފަރާތު ބައްޔަށް އޮތް އެންމެ ރަގަޅު ފަރުވާ އަކީ އެކަމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައިތޯ ބަލައި، ދުރާލާ އެކަމަށް ވިސްނައި އެގޮތަށް ޢަމަލު ކުރުމެވެ. ޚާއްޞަކޮށް ބަނޑުހަރުވެގެން ދިޔަ ނުދީ ހިފެހެއްޓުމަށް ފައިބަރު އެކުލެވޭ ކާނާގެ ބާވަތްތައް ބޭނުންކުރުން، ދިޔާތަކެތި ގިނަގިނައިން ބުއިން، އަދި ކަސްރަތު ކުރުން ފަދަ ކަންކަމަކީ ވަރަށް މުހިއްމު ކަންކަމެވެ

އަދި އިތުރަށް...


މާރޗް 2009Edit

ގަދީމީ ޒަމާނުގެ ދުނިޔޭގެ 7 އަޖައިބުގެ ތެރެއިން އަޖައިބެއްގެ ގޮތުގައި ބެލެވުނު އާޓިމިސް ފައްޅި ހުންނަނީ ތުރުކީގެ އެފީސޫސް އޭ ކިޔޭ ގަދީމީ ރަށުގައެވެ. މިރަށް އޮންނަނީ ތުރުކީގެ އިޒްމީރުގެ 50 ކިލޯ މީޓަރު ދެކުނުން އޮންނަ ސެލޫކު އޭ ކިޔޭ އަވަށުގެ ކައިރީގައެވެ. މިފައްޅީގެ ބިންގާ އެޅިފައިވަނީ ޢީސާގެ ފާނުގެ 7 ގަރުނު ކުރިންކަމަށް ވެއެވެ. އަދި ބިނާކުރަން ފެށުނީ ޢީސާގެ ފާނުގެ 550 އަހަރު ކުރިންނެވެ. މިހާރު އެފީސޫސް އަށް ކިޔައި އުޅޭ ނަމަކީ އާޔާ ސަލޫކް އެވެ. އާޓިމިސް ފައްޅީގައި ރަން ވަންލޯ އިން ހަދާފައިވާ ބުދުތައް ވެއެވެ. މިބުދުތައް ހަދައިފައިވަނީ އެދުވަސްވަރު ބުދު ހެދުމަށް މަޝްހޫރު މީހުންނެވެ. އޭގެ ތެރޭގައި ފީޑިއާސް، ކްރެޒިލަސް، ފްރެޑްމޮން، އަދި ޕޮލިކް ލީޓަސް ފަދަ މީހުން ހިމެނެއެވެ.އެއްދުވަސް ވަރެއްގައި މިފައްޅި ދީނީ ކަންތައްތަކުގައި ބޭނުން ކުރުމުގެ އިތުރުން ބާޒާރެއްގެ ގޮތުގައި ވެސް ބޭނުން ކޮށްފައި ވެއެވެ. ދުވަސްތަކެއް ވަންދެން މިފައްޅި އަށް ޒިޔާރަތް ކޮށްފައިވަނީ ފަތުރުވެރިންނާއި، ރަސްރަސްކަލުން، ވިޔަފާރި ވެރިންނާއި، މުއްސަދިން، އަދި ފަންނީ ޢިލްމު ވެރިންނެވެ. އަދި އިތުރަށް...


އެޕްރީލް 2009Edit

ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު އަކީ މީލާދީން 1766 ން 1773 އަށް ދިވެހިރާއްޖެގައި ރަސްކަން ކުރެއްވި ރަދުންނެވެ. ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނު ސިރީ ކުލަ ރަންމަނި، ކީރިތި މަހާރަދުންނަކީ އިބްރާހީމް ރަސްގެފާނު ގެ ދަރިކަލުން މުޙައްމަދު މަނިކުފާނު އެވެ. ފުރިހަމަ ނަންފުޅަކީ އައްސުލްޠާނު މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި ކީރިތި މަހާރަދުންނެވެ. މިރަދުންނަށް ޝަހީދުކުޅަ ބަންޑާރައިން، އަދި ޙާޖީ ބަންޑާރައިން މިދެނަމުންވެސް މުޚާޠަބުކުރެވެއެވެ. ޣިޔާޘުއްދީން ސުކޫލް ގެ ނަން ނިސްބަތްކުރެވެނީ ދިޔަމިގިލީ ދަރިކޮޅުން ރާއްޖޭގައި ރަސްކަންކުރެއްވި ރަސްކަލެއް ކަމުގައިވާ ސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުނުވަތަ ހާޖީ ބަންޑާރައިން ނުވަތަ ޝަހީދު ކުޅަ ބަންޑާރައިންނަށެވެ. މިރަދުން ދިވެހި ރަސްކަމަށް އިސްވެ ވަޑައިގަތީ މީލާދީން 1766 ވަނަ އަހަރު އެވެ. މިރަދުންގެ ރަސްކަމުގައި ދިވެހި ބަހުން ތައްޔާރު ކުރެވުނު ފުރަތަމަ ދިވެހި ރަދީފް ތައްޔާރު ކުރެއްވި އެވެ. ގާތްގަނޑަކަށް 8 އަހަރުގެ ރަސްކަމަށްފަހު މިރަދުން ރަސްކަމުން ފައިބާވަޑައިގަތީ މީލާދީން 1773 ވަނަ އަހަރު އެވެ. މިރަދުންގެ ރަސްކަމުގައި ދިވެހި ބޭސްވެރިކަމާ ބެހޭ ތަފާތު ލިޔުންތައް ލިޔުއްވާފައި ވެއެވެ. ބުނެވޭގޮތުގައި ބަނބުކެޔޮ ދިވެހި ގައުމަށް ތަޢާރަފްކޮށްދެއްވީ ވެސް ޣިޔާޘުއްދީން ރަދުންނެވެ.

އަދި އިތުރަށް...


މެއި 2009Edit

ސިރީ ލަންކާ އަކީ ބައްރެ ސަޣީރު (އިންޑިއަން ސަބްކޮންޓިނެންޓް) އިރުދެކުނު އައްސޭރީގައި ހިންދުސްތާނުގެ ދެކުނުން ގާތްގަނޑަކަށް 30 ކިލޯމިޓަރު ގައި އޮތް ގައުމެކެވެ. 1972 ވަނަ އަހަރު ސިރީ ލަންކާގެ ނަން "ފްރީ ސޮވެރައިން އެންޑް އިންޑެޕެންޑެންޓް ރިޕަބްލިކް އޮފް ސްރީ ލަންކާ" އަށް ބަދަލު ކުރެވުނެވެ. 1978 ވަނަ އަހަރު ސިރީ ލަންކާގެ ނަން "ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީ ލަންކާ" ގެ ނަމަށް ބަދަލު ކުރެވުނެވެ. 1972ވަނަ އަހަރުގެ ކުރީން ތަފާތު ނަންނަމުން ސިރީ ލަންކާ ފާހަގަ ކުރެވިފައިވެއެވެ. މީގެ ތެރެއިން އެންމެ މައްޝޫރު ނަމަކީ "ސިލޯން" މިނަމެވެ.މިރަށާ މެދު ތާރީހީ ގޮތުން އެންމެ ފުރިހަމަ މައުލޫމާތު ތަކެއް ވާކަމަށް ދައުވާ ކުރެވެނީ މަހަވަމްސާގައެވެ. އަދި މިއީ ހިންދުސްތާނުގެ ބޯދާ ރާދަވަޅީގެ އެންމެ މުހިއްމު މަސްދަރެވެ. ކާއްސަ ގޮތެއް ގައި މަހާ ސިކަންދަރާއި (އެލެގްޒެންޑަރ ދި ގްރޭޓް) ޔޫނާނީންގެ ދުވަސްވަރުގެ ތާރީހާ މެދުގައެވެ. މަހަވަމްސާ ގައި އަމީރު ވިޖެޔާ އާއި އެ މަނިކުފާނު ގެ ބައިވެރިންނާ ހަމަ އިން ފެށިފައި ވާ ސިންހަޅަ ރަސްކަމެއް ގެ ވާހަކަ ބަޔާން ކުރެވިފައި ވެއެވެ. އަދި އޭ ގައި ފަހުން ސިރީ ލަންކާ ގެ ވެރިރަށެއް ގެ ގޮތު ގައި ވި އަނޫރާދަޕޫރާގެ އަސްލު ކަމުގައިވާ އަނޫރާދާގަން އަވަށް ބިނާ ކުރެއްވި އަނޫރާދާ ގެ ވާހަކަ ބަޔާން ކުރެވިފައި ވެއެވެ. މި އަނޫރާދާ އަކީ ވިޖެޔާ ރަސްގެފާނުގެ މަންތިރިއެކެވެ.

އަދި އިތުރަށް...


ޖޫން 2009Edit

އުރުދޫ ސިންދު އަދި ފާރިސީ ބަހުގެ ޕާކިސްތާނުގެ މާނައަކީ ލޭންޑް އޮފް ޕުއަރ އެވެ. ޕާކްސްތާން މިނަން 1934 ގައި ޗޯދުރީ ރަޙުމަތު ޢަލީ އޭރު ނެރެވުނު ޕެމްފްލެޓެއް ކަމުގައިވާ ނައު އެންޑް ނެވަރ ގައި ލިޔުނެވެ. މިނަން މިގޮތަށް ދިނީ ޕާކިސްތާނުގެ ތަފާތު 5 ހިސާބެއްގައި ދިރިއުޅޭ 30 މިލިއަން މުސްލިމުންނާއި ގުޅުވައިގެންނެވެ. ޕާކްސްތާން އިގިރޭސިން ލިޔާއިރު ހިމެނޭ ޕީ-އޭ-ކޭ-ސްތާން މި ބައިތަކުން ދޭހަވާގޮތް މިވަނީ އެވެ. ޕީ ޕަންޖާބަށް ނިސްބަތްވާއިރު އޭ ނިސްބަތްވަނީ އަފްޣާން އަށެވެ. ކޭ ކަޝްމީރަށް ނިސްބަތްވާއިރު، އެސް ނިސްބަތްވަނީ ސިންދު އަށެވެ. އަދި ސްޓާން ނުވަތަ ސްތާން ނިސްބަތްވަނީ ބަލޫކިސްތާން އަށެވެ. ޕާކިސްތާން އުފެދިގެން އައީ ޑޮމިނިއަން އޮފް ޕާކިސްތާންގެ ނަމުގައި 1974 ގައެވެ. ނަމަވެސް ފަހުން 1956ގައި ޕާކިސްތާންގެ ނަން ވަނީ އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާން އަށް ބަދަލު ކުރެވިފައެވެ.

އަދި އިތުރަށް...


ޖުލައި 2009Edit

އޫރު ރޯގާ އަކީ އޫރުގެ ނޭވާލާ ނިޒާމްއަށް ޖެހޭ ބައްޔެކެވެ. ބަލި ޖައްސާ ވައިރަސްގެ ނަމަކީ އިންފުލުއެންޒާ ވައިރަސް އޭ އެވެ. އިންސާނުންނާއި ޖަނަވާރުންނަށް ބަލި ޖައްސާ ތަފާތު ވައިރަސް ތަކުގެ ސަބަބުން އޫރަށް ވެސް ރޯގާ ޖެހެއެވެ. ނަތީޖާއަކަށްވަނީ ވައިރަސް އޭގެ ވިރާސީ ބަހާ ނުވަތަ ޖީން ބަދަލުކޮށް އާސިފައެއްގައި ނިކުތުމެވެ. އަދި އަލަށް ނިކުމެގެން އަންނަ ނުވަތަ އުފެދިގެން އަންނަ ވައިރަސް އަކީ އިންސާނުންނާއި އޫރަށް ވެސް ބަލި ޖައްސާ އެއްޗަކަށް ވުމެވެ. އޫރު ރޯގާ އަކީ އިންފުލުއެންޒާ ވައިރަސް އޭ ގެ ޖީން ބަދަލުވެފައިވާ ވައިރަސް އެއް ކަމުގައިވާ ސްވައިން އެޗް1 އެން1 ގެ ސަބަބުން ފެތުރިގެން އުޅޭ ރޯގާ އެކެވެ. މިއީ އޫރުތަކަށް ރޯގާ ޖައްސާ ވައިރަސް، ދޫނިތަކަށް ރޯގާ ޖައްސާ ވައިރަސް(ދޫނި ރޯގާޖައްސާ ވައިރަސް]]، އަދި އިންސާނުންނަށް ރޯގާ ޖައްސާ ވައިރަސް އާއި މަސްހުނިވެގެން އުފެދިފައިވާ ވައިރަހެކެވެ.

އަދި އިތުރަށް...


އޯގަސްޓް 2009Edit

ސިިފިލިސް ޖައްސާ ޖަރާސީމް ހަށިގަނޑަށް ވަންނަނީ ސަލާމަތުން ހުރި ހަންގަނޑު އަދި ހަށިގަނޑުގައިވާ ތެތް ދުލިފަށްތައް ހުރަސްކޮށެވެ. ހަށިގަނޑަށް މިޖަރާސީމް ވަނުމާއެކު ލިމްފް ހޮޅިތަކަށް ވަދެ އިތުރުވެގެން ދެއެވެ. އެއަށްފަހު ލިމްފް ގޮށްތަކަށް ވާޞިލްވެ، ލޭގެ އާރުގެ ތެރެއަށް އެންމެ ފަހުން ވާޞިލް ވެއެވެ. މިޖަރާސީމް ހަށިގަނޑަށް ވަތް ހިސާބުގައި ފުރަތަމަ ފާރުކޮޅެއް އުފެދުމުގެ ކުރިން ލޭގެ ޒަރީއާއިން މުޅި ހަށިގަނޑުގައި މި ޖަރާސީމް ދައުރުވެ ފެތުރިގެން ދެއެވެ.

އަދި އިތުރަށް...


ސެޕްޓެމްބަރ 2009Edit

އެންޑްރޫ ޖެކްސަން އަކީ އެމެރިކާގެ 7 ވަނަ ރައީސެވެ. ރައީސް ކަމުގައި ހުންނެވީ މާރޗް 4 1829 ން މާރޗް 4 1837 އަށެވެ. 1815 ވަނަ އަހަރު ކުރި ބެޓްލް އޮފް ނިއުއޯލިއަންސް ގައި ބައިވެރިވި އެމެރިކާގެ އަސްކަރިއްޔާގެ ކޮމާންޑަރުގެ އިތުރުން 1821 ވަނަ އަހަރު ފްލޮރިޑާގެ އަސްކަރީ ގަވަރުނަރުކަން ވެސް އެންޑްރޫ ޖެކްސަން ކުރައްވާފައި ވެއެވެ. އެންޑްރޫ ޖެކްސަން އަކީ މޮޑަން ޑިމޮކްރެޓިކް ޕާޓީގެ އެއް ބާނީ ވެސް މެއެވެ. ޖެކްސަނިއޮން ޑިމޮކްރަސީ ނިސްބަތްވަނީ އެންޑްރޫ ޖެކްސަންގެ ނަމާއެވެ. އެންޑްރޫ ޖެކްސަން އުފަންވެ ވަޑައިގަތީ މާރޗް 15 1767 ގައެވެ. އަވާހަރަވެފައިވަނީ ޖޫން 8 1845 ގައެވެ.

އަދި އިތުރަށް...


އޮކްޓޯބަރ 2009Edit

އަމީތާބް ބައްޗަން( އުފަންވެފައިވަނީ 11 އޮކްޓޫބަރު، 1942 ގައި އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ އަލަހް އާބާދު ) އަކީ ހިންދީ ފިލްމީ ތަރިއެކެވެ. މިއީ ހިންދީ ފިލްމް އިންޑަސްޓްރީގައި ހުރި އެންމެ ބާރުގަދަ އަދި އެންމެ ނަންހިގާ އެއްތަރިވެސް މެއެވެ. އަމީތާބް ވަނީ 3 ނޭޝަނަލް އެވޯޑް އަދި 12 ފިލްމް ފެއަރ އެވޯޑް ހޯދާފައެވެ. ފިލްމް ފެއަރ ބެސްޓް އެކްޓަރ އެވޯޑް އަށް އެންމެ ގިނައިން ނޮމިނޭޓް ވުމުގެ ޝަރަފް ނުވަތަ ރިކޯޑް ވެސް އޮތީ އަމީތާބް ގެ އަތުގައެވެ. ފިލްމް ކުޅުމުގެ އިތުރުން، ލަވަކިޔުން، ފިލްމް ޕްރޮޑިއުސްކުރުން، އަދި ޓީޥީ ޝޯ ހުށަހެޅުމަކީ ވެސް އަމީތާބްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައް ތަކެވެ. އަދި 1984 ން 1987 އަށް އިންޑިޔާގެ ޕާލަމެންޓްގެ މެންބަރުކަން ވެސް އަމީތާބް ކޮށްފައި ވެއެވެ.

އަދި އިތުރަށް...



ނޮވެމްބަރ 2009Edit

މިއީ އެމެރިކާގެ 6 ވަނަ ރައީސެވެ. ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ 6 ވަނަ ރައީސެވެ. ރައީސް ކަމުގައި ހުންނެވީ މާރޗް 4 1825 ން މާރޗް 4 1829 އަށެވެ. ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ 2 ވަނަ ރައީސް ޖޯން އެޑަމްސް ގެ ދަރިކަލެކެވެ. ފެޑެރަލިސްޓް، ޑިމޮކްރެޓިކް ރިޕަބްލިކަން، ނޭޝަނަލް ރިޕަބްލިކަން އަދި ވިގެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޖޯން ކުއިންސީ އެޑަމްސް އަކީ އެމެރިކާގެ ތާރީޚްގައި ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭނެ ބޭފުޅެކެވެ. އަދި ޑިޕްލޮމެޓެއް ވެސް މެއެވެ. ބައިނަލް އަގްވާމީ ތަފާތު އެއްބަސްވުން ތަކާއި ބައްދަލުވުންތަކުގައި އެމެރިކާ ތަމްސީލް ކޮށްދިނުމުގެ ޝަރަފް ޖޯން ކުއިންސީ އެޑަމްސް އަށް ލިބިފައި ވެއެވެ. ޖޯން ކުއިންސީ އެޑަމްސް އުފަންވެ ވަޑައިގަތީ ޖުލައި 11 1767 ގައެވެ. އަވަހާރަ ވެފައިވަނީ ފެބުރުއަރީ 23 1848 ގައެވެ.

އަދި އިތުރަށް...



ޑިސެމްބަރ 2009Edit


އަދި އިތުރަށް...




2010 ވަނަ އަހަރުEdit

ޖެނުއަރީ 2010Edit

ޗިސްމޭ ނުވަތަ (އިނގިރޭސި ބަހުން: Pancreas) އަކީ ހަޖަމުކުރާ ނިޒާމް ގައި ހިމެނޭ ގުނަވަނެކެވެ. އަދި އެންޑަކްރިން ނިޒާމް ގައި ހިމެނޭ ގޮށެއް ވެސް މެއެވެ. ޗިސްމޭ އަކީ އެންޑަކްރިން އަދި އެކްސަކްރިން ގްލޭންޑެއްގެ ގޮތުގައި ބެލެވޭ ގުނަވަނެކެވެ. އެންޑަކްރިން ގްލޭންޑް ނުވަތަ އެއްގެ ގޮތުގައި ބެލެވެނީ ތަފާތު ހޯރމޯންތައް ޗިސްމޭގައި އުފައްދައި ދޫކުރާތީއެވެ. އެކްސަކްރިން ގްލޭންޑް ނުވަތަ އެއްގެ ގޮތުގައި ބެލެވެނީ ހަޖަމީ އެންޒައިމް ތައް ހިމެނޭ ޗިސްމޭ ޖޫސް އުފައްދައި ދޫކުރާތީ އެވެ. ޗިސްމޭ ޖޫސް އަކީ ކުޑަ ގޮހޮރު ގައި ކާތަކެތި ހަޖަމުކުރުމުގެ މަސައްކަތް ފުރިހަމަ ކުރުމަށް ބައިލް އަދި ކުޑަ ގޮހޮރު ޖޫސް އެކޭ އެއްފަދައިން ބޭނުންވާ ދިޔައެކެވެ. ކާތަކެތި ހަޖަމުކުރުމަށް ބޭނުންވާ އެންމެ މުހިއްމު އަދި ބޭނުންތެރި ދިޔައަކީ ވެސް ޗިސްމޭ ޖޫސް އެވެ. ދުވާލަކު 1500 މިލިލީޓަރުގެ ޗިސްމޭ ޖޫސް ޗިސްމޭ އިން އުފައްދައެވެ. ޗިސްމޭ ޖޫހުގެ ތަބީޢަތަކީ އަލްކަލީން އެވެ. އޭގެ ޕީއެޗް ހުންނަނީ ގާތްގަނޑަކަށް 8 ގައެވެ. ޗިސްމޭ ޖޫހުގެ ތަބީޢަތް އަލްކަލީން ގެ ގޮތުގައި ހުންނަނީ އޭގައި މަތީ އަދަދަކަށް ބައިކާބޮނޭޓް ހިމެނޭތީ އެވެ.

އަދި އިތުރަށް...


ފެބްރުއަރީ 2010Edit

ބާޑީގޭ މުޙައްމަދު އަޙުމަދު ދީދީ އަކީ ލިޔުންތެރިކަމުގެ ރޮނގުން މަޝްހޫރުވެގެންވާ އަދީބެކެވެ. ދިވެހިރާއްޖޭގައި އުފެދުނު މޮޅެތި ދިވެހި ބޭސްވެރިންގެ ތެރެއިން އަރާހުންނެވި ޙަކީމެކެވެ. އަލްފާޟިލް މުޙައްމަދު އަޙުމަދު ދީދީ އަކީ އެދުވަސްވަރަށް ނިސްބަތްކުރާއިރު، ދިވެހިރާއްޖޭގައި އުފެދުނު ވަރަށް ގާބިލް ތަޢުލީމީ ބޭފުޅެކެވެ. މަދަރުސަތުއް ސަނިއްޔާގެ މުސްކުޅި ދަރިވަރެކެވެ. އުރުދޫ ބަހަށް ވަރަށް ކުޅަދާނަ ބޭފުޅެކެވެ. ދިވެހި ރާއްޖޭގައި އުފެދުނު ފުންނާބު އުސް ދިވެހި ބޭސްވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ޙަކީމެކެވެ. ދިވެހި ބަހަށް ތަރުޖަމާ ކުރެއްވުމުގައި އަރާހުންނެވި ބޭފުޅެކެވެ. އަދި އިތުރަށް...

މާރޗް 2010Edit

 
ޑރ. އޭ.ޕީ.ޖޭ ޢަބްދުލްކަލާމް

އޭ ޕީ ޖޭ ޢަބްދުލްކަލާމް އަކީ އިންޑިޔާގެ ކުރީގެ ރައީސް އެވެ. އިންޑިޔާގެ އެގާރަވަނަ ރައީސް (25 ޖުލައި 2002 އިން 25 ޖުލައި 2007 އަށް)، އަވުލް ޕަކީރް ޖައިނުލާބްދީން އަބްދުލް ކަލާމް ނުވަތަ ޑރ. އޭ.ޕީ.ޖޭ ޢަބްދުލްކަލާމް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1935 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު، އިންޑިޔާގެ ޓެމިލްނާޑޫ އިސްޓޭޓުގެ ރާމޭޝްވަރަމްގައެވެ. ޑރ. ކަލާމް އުފަންވެ ވަޑައިގަތް ގެ ހުންނަނީ ރާމޭޝްވަރަމުގެ މޮސްކް ސްޓްރީޓްގައެވެ. އިންޑިޔާގެ ރައީސް ކަމުގެ މަޤާމުގައި ޑރ. ޢަބްދުލްކަލާމް ހުންނެވި ދުވަސްވަރު އޭނާ މަޝްހޫރުވެ ވަޑައިގެންފައިވަނީ ރައްޔިތުންގެ ރައީސްގެ ނަމުންނެވެ. އިންޑިޔާގެ ރައީސްކަމުގެ މަޤާމަށް ވަޑައިގަތުމުގެ ކުރީގައި ޑރ. ޢަބްދުލްކަލާމް މަސައްކަތް ކުރައްވާފައިވަނީ އެރެނޮޓިކަލް އިންޖިނިއަރެއްގެ ގޮތުގައެވެ. އަދި އިތުރަށް...

އެޕްރީލް 2010Edit

 
ސީނުކަރައިގެ ދިދަ

ސީނުކަރައިގެ މީހުންގެ ޖުމްހޫރިއްޔާ (ސާދާ ސީނީ ބަހުން: 中华人民共和国; ބޯދާ ސީނީ ބަހުން: 中華人民共和國) ނުވަތަ ޢާއްމު ނަމުން ކިޔާ ގޮތަށް ނަމަ ސީނުކަރަ އަކީ އިރުމަތީ އޭޝިޔާ ގައި އޮތް އެއްމެ ބޮޑު ޤައުމެވެ. 1.31 ބިލިއަން މީހުންގެ އާބާދީއެއް އޮތް މިޤައުމަކީ ދުނިޔޭގެ އެއްމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ގޮތުން ބަލާއިރު 9.5 މިލިއަން އަކަކިލޯމީޓަރުގެ އަކަމިނެއް ލިބިފައިވާ ސީނުކަރަ އަކީ ބިމުގެ ނިސްބަތުން ދުނިޔޭގެ 3 ވަނަ އަށް އެއްމެ ބިޔަ ޤައުމެވެ. ސީނުކަރައިގެ ވެރިރަށަކީ ބީޖިންގ އެވެ.

އަދި އިތުރަށް...

މެއި 2010Edit

 
ސީނުކަރައިގެ ދިދަ

ސުލްޠާން ޢަލީ (ހަވަނަ) އަކީ މީލާދީން 1557 ން 1558 އަށް ދިވެހިރާއްޖޭގެ ރަސްކަން ކުރެއްވި ރަދުންނެވެ. އެއީ ހިޖުރައިން 965 ވަނަ އަހަރުއެވެ. މިރަދުން ރަސްކަމަށް އިސްވެ ވަޑައިގަތި ހިޖުރައިން 965 ވަނަ އަހަރުއެވެ.

  • ނަންފުޅު: އައްސުލްޠާން ޢަލީ ( 6 ވަނަ )
  • ކޮލީ ނަންފުޅު: ސިރީ އައުދަ ސިޔާކަ ކައްތިރި ބަވަނަ މަހާރަދުން
  • ތާރީޚްގައި މަޝްހޫރުވެފައިވަނީ : ޝަހީދު ޢަލީ / ޢަލި ރަސްގެފާނު
  • ބައްޕާފުޅު: ޔަމަނުކަރައިގެ އައްސައްޔިދު ޢަބުދުއް ރަޙްމާން ދޮށިމޭނާ ކިލެގެފާނު
  • މަންމާފުޅު: އަރިއަތޮޅު ފެރިދޫ ސިއްތި ކަނބައިދި ކިލެގެ

އަދި އިތުރަށް...

ޖޫން 2010Edit

 
އުރަމަތީގެ ކެންސަރު

ކެންސަރު އުފެދެނީ ބައިބައިވެ އިތުރުވުން ކޮންޓްރޯލް ނުކުރެވޭ ސެލް ހަށިގަނޑުގައި އުފެދުމުގެ ސަބަބުންނެވެ. މިއީ ކެންސަރުގެ ސެލް(އިނގިރޭސި ބަހުން: Cancer cell) އެވެ. މިބާވަތުގެ ސެލް ހަށިގަނޑުގެ ޓިޝޫތަކުގެ ތެރެއަށް ވަދެ ޓިޝޫތައް ހަލާކު ކުރެއެވެ. ހަށިގަނޑުގައި ކެންސަރުގެ ސެލް އުފެދެމުންދާނީ، އާދައިގެ އެހެން ސެލްތަކާ ވެސް އެކުގައެވެ. ނަމަވެސް ކެންސަރުގެ ސެލް އިތުރުވަމުންދާ ނިސްބަތް ހަށިގަނޑުގެ އެހެން ސެލްތަކަށްވުރެ މާގިނައެވެ. އެހެންކަމުން ކެންސަރުގެ ސެލްތަކަށް އާލޭހޮޅިތައް އުފެދި، ހަށިގަނޑުގައިވާ ލޭގެ ވަރަށް ބޮޑު ބައެއް ޙިއްޞާ ކުރަމުންދަނީ މިސެލްތަކެވެ. ނަތީޖާއަކީ ހަށިގަނޑުގައިވާ އެހެން ސެލްތަކަށް ބޭނުންވާ ކާނާގެ މާއްދާތައް އެސެލްތަކަށް ނުލިބުމުގެ ސަބަބުން އާދަޔާ ޚިލާފަށް ހަށިަގނޑުން ލޭމަދުވެގެން ދިއުމެވެ. އަދި އިތުރަށް...

ޖުލައި 2010Edit

ފަންވަތް:Featured article/2010-07