ވާ ދެމުން
ވާ ދެމުމަކީ ދެ ޓީމެއްގެ މީހުން އެއްބަޔަކު އަނެއްބަޔަކާ ވާދަކޮއް ވަރުގަދައީ ކޮންޓީމެއްތޯ ހޯދުމަށް ކުޅޭ ކުޅިވަރެކެވެ. ދެޓީމުގައިވެސް ތިބެވޭނީ އަށް މީހުންނަށެވެ. އެ ގިސްމެއްގެ ބަރުދަން ކަނޑެއެޅިފައި ވާވަރަށް ވުރެން ޓީމުގެބަރުދަން އިތުރުވުމަކީ މަނާކަމެކެވެ.
ވަލުގެ ފުޅާމިނުގައި 10 ސެންޓިމީޓަރުވަރު އާންމުގޮތެއްގައި ހުރެއެވެ. ވަލުގެ މެދު ވަނީ ހާމަގޮތެއްގައި ފާހަގަ ކޮއްފައެވެ. އަދި މެދުން ފެށިގެން ކޮންމެ ކޮޅެއްގައި ހަތަރު ފޫޓު ފާހަގަ ކޮއްފައި ވެއެވެ. ވާދަމަން ފަށާއިރު މެދުގައި ޖަހާފައިވާ ފާހަގަ ބިންމަތީގައި ޖަހާފައިވާ ފާހަގަޔަކާ ދިމާކުރެއެވެ. ކުޅިވަރު ފެށެނީ ރެފްރީގެ ކަށިގަނޑުގެ އަޑާއެކުގައެވެ. މޮޅުވުމަށް އިދިކޮޅު ޓީމު މެންބަރުން ކައިރީގައި ޖަހާފައިވާ ފާހަގަ (މެދުން ފެށިގެން ކޮންމެ ކޮޅެއްގައި ހަތަރު ފޫޓު ފާހަގަ ކޮއްފައި ޖަހާފައިވާ ފާހަގަ) ބިމުގައި މެދު ފާހަގަކުރަން ޖަހާފައިވާ ފާހަގަޔާ އެއްހަމަ ކުރަންޖެހެއެވެ. ނޫނީ އިދިކޮޅު ޓީމު މެންބަރެއް ފައުލް ވާން ޖެހެއެވެ. ފައުލް ވާނީ ވެއްޓުމުން ނުވަތަ އިށީނުމުންނެވެ. ވާދެމުމަކީ އެކި ގައުމުތަކުގައި ކުޅެމުން އަންނަ ކުޅިވަރެކެވެ. އަންހެނުންނާއި ފިރިހެނުންގެ މެދުގައިވެސްމެއެވެ. ގޭގޭގަޔާއި ޖަމިއްޔާ ފެންވަރުގައިވެސް މިކުޅިވަރު ކުޅެއުޅެއެވެ.
1900 އިން ފެށިގެން 1920 ޔާ ހަމަޔަށް ވާދެމުން އޮލިމްޕިކްސް ގޭމްސްގައި ވެސް ހިމެނުނެވެ. ނަމަވެސް އަދާހަމަޔަށްވެސް އޭގެފަހުން މިކުޅިވަރު އޮލިމްޕިކްސް ގޭމްސްގައި ނުހިމަނައެވެ. ވާދެމުން އަދިވެސް ވަނީ ވޯރލްޑް ގޭމްސްގައި ހިމަނާފައެވެ. "ދަ ޓަގް އޮފް ވޯރ އިންޓަރނޭޝަނަލް ފެޑަރޭޝަން"ގެ ފަރާތުން ގައުމުތަކުގެ މެދުގައި މުބާރާތްތައް ބާއްވައެވެ. އަދި ހަމަ މިފަދަ މުބާރާތްތައް ގަމިއްޔާތަކުގެ މެދުގައިވެސް ބާއްވައެވެ.
އިތުރު މައުލޫމާތު
އުނިއިތުރު ގެންނަވާ- އޮކްޓޯބަރ 25, 1997 ގައި ޓައިވާންގެ 1600 މީހުން ބައިވެރިވެގެން "ރެޓްރޯސެޝަން ޑޭ" ފާހަގަކުރުމުގެ ގޮތުން ވާ ދެމުމުގެ މުބާރާތެއްބޭއްވިއެވެ. ވަލަށް ކުރި ބާރުގެ ސަބަބުން ވާ ކަނޑައިގެންގޮސް 2 މީހުންގެ އަތް އުފުރައިގެން ދިޔައެވެ.
- އުރިއޯނގް ގައި ބޭއްވުނު ވާ ދެމުމުގެ މުބާރާތެއްގައި ބޭނުންކުރި ވަލުގެ ދިގުމިނުގައި 251 މީޓަރު ހުއްޓެވެ. އަދި ފުޅާމިތުގައި 4.5 މީޓަރު ހުރިއިރު ބަރުދަނނުގައި 54.5 މެޓުރިކް ޓަނުހުއްޓެވެ.
- އޫޓްސުނާހިކި ގައި ބޭއްވުނު ވާ ދެމުމުގެ މުބާރާތެއްގައި ބޭނުންކުރި ވަލުގެ ދިގުމިނުގައި 200 މީޓަރު ހުއްޓެވެ. އަދި ބަރުދަނނުގައި 40 މެޓުރިކް ޓަނުހުއްޓެވެ.
ވާ ދެމުމުގައި ބައިވެރިވާ ބައެއްޓީމު
އުނިއިތުރު ގެންނަވާ- ޑޯރޓަން ޑޮންސް - އިނގިރޭސި ވިލާތުގެ އަވަށަކައް ނިސްބަތްވާ ޓީމެއް.
- މައުންޓެން ވިއު ޓޯވ - އަޔަރލެޑްގެ ޓީމެއް