ވާބަލި
ވާބަލި (އިނގިރޭސި ބަހުން: Poliomyelitis) އަކީ ވައިރަސް އަކުން ޖެހޭ ގައިން ގަޔަށް އަރާ ބައްޔެެކެވެ. ވާބަލި ޖެހޭ ގިނަމީހުންނަށް އޭގެ އަލާމާތްތައް ނުފެނި ވަރަށް ގިނަ ދުވަހު ހުންނަކަން ފާހަގަ ކުރެވެއެވެ. ވާބައްޔަށް ދެވޭ ވެކްސިންގެ 3 ޑޯޒް ދޭން ޖެހެއެވެ. އެއީ މިބަލިން ރައްކާތެރިވުމުގެ ގޮތުން ދެވޭ ވެކްސިނެކެވެ. އެގޮތުން ފުރަތަމަ ޑޯޒް ދެނީ އުމުރުން 2 މަހުގައެވެ. 2 ވަނަ ޑޯޒް 4 މަހުގައެވެ. 3 ވަނަ ޑޯޒް 6 ވަނަ މަހުގައެވެ.
ފުރަތަމަ ފަހަރަށް ވާބަލި ހޯދިފައިވަނީ މީލާދީން 1840 ވަނަ އަހަރު ގައެވެ. ވާބަލި ޖައްސަނީ އެންޓެރޯވައިރަސް ގެ ޖީނަސް އެއް ކަމުގައިވާ ޕޯލިޔޯ ވައިރަސް އެވެ.