ވަލީދާ ވަލީދު އަކީ ދިވެހި ފިލްމީ ތަރިއެކެވެ. މޮޅު ނެށުން ތެރިއެކެވެ. ޑްރާމާ ޑައިރެކްޓަރެކެވެ. މޮޅު ފެހުން ތެރިއެކެވެ. އަދި ނަށަށްދަސްކޮށްދޭ ހުނަރުވެރި ފަންނާނެކެވެ. މޭކަޕްކޮށްދެއްވާ ފަރާތެކެވެ.

ވަލީދާ ލިބުނު އެވޯޑާއެކު

އަމިއްލަ ދިރިއުޅުން އުނިއިތުރު ގެންނަވާ

ވަލީދާ ވަލީދު އަކީ މީހުންނާއި ގުޅޭ އެކުވެރި މިޒާޖެއްގެ ވެރި ފަރާތެކެވެ.

ފިލްމީ ދާއިރާއަށް ނިކުތުން އުނިއިތުރު ގެންނަވާ

ވަލީދާ ވަލީދު ފިލްމީ ދާއިރާއަށް ނިކުތީ 1980 ގެ މެދުތެރޭ އަހަރުތަކުގެ ތެރޭގައެވެ. އެދުވަސްވަރުގެ ވަރަށް ގިނަ ފިލްމް ތަކުގައި ވަލީދާ ހަރަކާތްތެރި ވެފައި ވެއެވެ. މީގެ އިތުރުން ބައެއް ޓީވީ ޑްރާމާ ތަކާއި، އަދި ވީޑިއޯ ލަވަތަކުން ވެސް ވަލީދާގެ ހުނަރު ބެލުންތެރިންނަށް ފެނިގެން ގޮސްފައި ވެއެވެ.

2006 ވަނަ އަހަރުގެ ތެރޭގައި އައި ރޯދަ މަހުގައި ދިވެހި ޓީވީ އިން ދެއްކި ޑްރާމާ ސިލްސިލާ ލޯބި ނުލިބުނަސް އަކީ ވަލީދާ ޑައިރެކްޓްކުރި ޑްރާމާ ސިލްސިލާ އެކެވެ. އެއީ ވަލީދާގެ ފުރަތަމަ ޑައިރެކްޝަން އެވެ. ވަލީދާ އެންމެ ފަހުން ކުލެފައިވާ ފިލްމަކީ ޑައިރެކްޓަރ އަބުދުލް ފައްތާހުގެ ހުރީމޭ އިންތިޒާރުގާ އެވެ.

ކުޅެފައިވާ ފިލްމްތައް އުނިއިތުރު ގެންނަވާ

  • ލޯބީގެ ތޫފާން
  • ލަވް 90
  • ބަދަލު
  • ދައުވާ
  • ސާހިބާ
  • އަލަތު ލޯބި
  • އަޒުމުގެ ކާމިޔާބު
  • ހިތުގެ ވިންދު
  • ހުރީމޭ އިންތިޒާރުގާ
  • ދީވާނާ

ލިބިފައިވާ އެވޯޑްތައް އުނިއިތުރު ގެންނަވާ

  • އެންމެ މޮޅު ކޮރިއޮގްރާފަރ - 3 ވަނަ ދިވެހި ފިލްމް ފެސްޓިވަލް - 2007

އަދިވެސް ބައްލަވާ ލައްވާ އުނިއިތުރު ގެންނަވާ

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ