ވައިފޭބުން
ވައިފޭބުން(އިނގިރޭސި ބަހުން: Inguinal hernia) އަކީ ދަށްބަނޑަށް ތަދުވުމާއިއެކު ވައިގެ ސަބަބުން އުރަވަޅި ބޮޑުވުމެވެ. މިއީ ދިވެހި ބަހުގެ ރަދީފްގައި ވައިފޭބުން ލިޔެފައިވާ ގޮތެވެ. މީގެ ބައެއް ވައްތަރަށް އުރަވަޅީ ވައި މިހެން ވެސް ކިޔައެވެ. ވައިފޭބުމުގެ ވަރަށް ގިނަ ވައްތަރުތައް ވެއެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތުން ވައިފޭބުން ކުރިމަތިވަނީ ހަމައެކަނި ފިރިހެނުންނަށެވެ. ނަމަވެސް އަންހެނުންނަށް ވެސް ވައިފޭބުމުގެ ބައެއް ވައްތަރު ޖެހޭކަން ފާހަގަ ކުރެވެއެވެ.