އޮސްޓިއޯޖެނިކް ސާރކޯމާ
އޮސްޓިއޯ ޖެނިކް ސާރކޯމާ(އިނގިރޭސި ބަހުން: Osteogenic sarcoma) އަކީ އުމުރުން 25-10 އަހަރާ ދެމެދުގެ ފިރިހެނުންނާއި ފިރިހެން ކުދިންނަށް ޖެހޭ ކެންސަރުގެ ބާވަތެކެވެ. ގިނައިން ޖެހެނީ އަތާއި ފައިގެ ކަށިތަކަށެވެ.
އަލާމާތްތައް
އުނިއިތުރު ގެންނަވާ- ކަށިގަނޑުގެ ބަލިޖެހިފައިވާ ހިސާބު ތަދުވުމާއި ދުޅަވުން
- ބަރުދަން ލުއިވުން
- ވަރުބަލިވުން
- މާބޮޑު އަނިޔާއެއް ލިބުމެއްނެތި ކަށިގަނޑު ދުޅަވެފައިވާ ހިސާބުން ބިއްދައިގެންދިއުން
މިބާވަތުގެ ކެންސަރު ބައެއް ފަހަރު ފުއްޕާމެޔަށާއި، އަދި އެހެން ހިސާބުތަކުގެ ކަށިތަކަށް ވެސް ފެތުރޭގޮތް ވެއެވެ.
ފަރުވާ
އުނިއިތުރު ގެންނަވާ- އޮޕަރޭޝަން ކުރުން
- ރޭޑިއޭޝަން ދިނުން
- ކީމޯތެރަޕީ ދިނުން
ބަލީގެ އަސަރުކޮށްފައިވާ މިންވަރެއްގެ މައްޗަށް ބަލައި ފަރުވާ ކުރިޔަށް ގެންދާނެ ގޮތެއް ކަނޑައަޅާނީ ފަރުވާދޭ ޑޮކްޓަރެކެވެ.
މަރުޖިޢުތައް
އުނިއިތުރު ގެންނަވާ- ކެންސަރު ދެނެގަންނާނީ ކިހިނެއް؟ - މުހައްމަދު އިސްމާޢީލްފުޅު، މއ.މާފުނަ - 2005