އެލިއޫޑް ކިޕްޗޯޖް
އެލިއޫޑް ކިޕްޗޯޖް އަކީ މެރަތަން ދުވުން ތެރިއެކެވެ. އޭނާވަނީ ފުރިހަމަ މެރަތަން އެއް ދެގަޑިއިރަށްވުރެ އަވަހަށް ނިންމާފައެވެ. އެލިއޫޑް އަކީ ކެންޔާއަށް އުފަން ކެންޔާގެ މީހެކެވެ. މެރަތަން އެއް ރިކޯޑް ހެދުމަށް އެލިއޫޑް ދުވުނީ އޮސްޓްރިއާގެ ވެރިރަށް ވީނާ ގައެވެ.
- 5 ކިލޯމީޓަރު: 14:10 މިނިޓް
- 10 ކިލޯމީޓަރު: 28:20 މިނިޓް
- 15 ކިލޯމީޓަރު: 42:34 މިނިޓް
- 20 ކިލޯމީޓަރު: 56:47 މިނިޓް
- 25 ކިލޯމީޓަރު: 1 ގަޑި 10:59 މިނިޓް
- 30 ކިލޯމީޓަރު: 1 ގަޑި 25:11 މިނިޓް
- 35 ކިލޯމީޓަރު: 1 ގަޑި 39:23 މިނިޓް
- 40 ކިލޯމީޓަރު: 1 ގަޑި 53:36 މިނިޓް
މުޅި ރޭސް: 1 ގަޑި 59:40 މިނިޓް
އެލިއޫޑް ދުވި ސްޕީޑް ކޮންމެ 100 މީޓަރަކުން ބަލާ ކަމަށް ވަންޏާ އެއީ ހުއްޓުމެއް ނެތި 422 ފަހަރު، އެއިން ކޮންމެ ފަހަރަކު 17.08 ސިކުންތުގައި ދުވުމެވެ. އެ ސްޕީޑްގެ ބާރުމިނަކީ ގަޑިއަކު 21 ކިލޯމީޓަރެވެ.