އެކުވެރި ޢަރަބި އިމާރާތް ނުވަތަ ޔުނައިޓެޑް އެރެބް އެމިރޭޓްސް އަކީ ހަތް އިމާރާތުގެ މައްޗަށް ބިނާވެގެންވާ ފެޑެރަލް ދައުލަތެކެވެ.

United Arab Emirates
دولة الامارات العربية المتحدة
Dawlat al-Imārāt al-‘Arabīyah al-Muttaḥidah
Flag of United Arab Emirates
Flag
Coat of arms of United Arab Emirates
Coat of arms
މޮޓޯ: الله , الوطن , الرئيس[ރެފަރެންސް ބޭނުންވޭ]
Allah, al-Waṭan, al-Ra'īs  (Arabic)
"God, Nation, President"
ގައުމީ ސަލާމް: Ishy Bilady
Location of United Arab Emirates
ވެރިރަށްAbu Dhabi
Largest cityDubai
ރަސްމީ ބަސްތައްArabic
ނަސްލު ގުރޫޕުތައް
16.5% Emirati, 83.5% non-Emirati Arabs, Indian, Pakistani, Bangladeshi, Chinese, Filipino, Thai, Iranian, (Westerners) (2009) [1][2]
ޑިމޮނިމްEmirati
ސަރުކާރުFederal constitutional monarchy
• President
Khalifa bin Zayed Al Nahyan
Mohammed bin Rashid Al Maktoum
• From the United Kingdom

December 2, 1971
ސަރަޙައްދު
• Total
[convert: invalid number] (116th)
• Water (%)
negligible
އާބާދީ
• 2007 estimate
6,000,000[3] (120th)
• 2010 census
6,888,888
• Density
55/km2 (142.4/sq mi) (150th)
ޖީޑީޕީ (ޕީޕީޕީ)2009 estimate
• ޖުމްލަ
$187.851 billion[4] (54th)
• ބޮލަކަށް ޖެހެނީ
$38,283[4] (14th)
ޖީޑީޕީ (nominal)2009 estimate
• ޖުމްލަ
$228.578 billion[4] (36th)
• ބޮލަކަށް ޖެހެނީ
$46,584[4] (8th)
ޖިނީ (2008)36
medium
އެޗްޑީއައި (2007) 0.903[5]
Error: Invalid HDI value (35th)
ފައިސާUAE dirham (AED)
ޓައިމް ޒޯންޔޫޓީސީ+4 (GMT+4)
• ސަމާ (ޑީއެސްޓީ)
ޔޫޓީސީ+4 (not observed)
ތާރީޚު ފޯމެޓްdd/mm/yyyy (CE)
ޑްރައިވިންގ ސައިޑްright
ކޯލް ކޯޑް971
އައިއެސްއޯ 3166 ކޯޑްAE
އިންޓަރނެޓް ޓީއެލްޑީ.ae
  1. The country's exact size is unknown because of disputed claims to several islands in the Persian Gulf, because of the lack of precise information on the size of many of these islands, and because most of its land boundaries, especially with Saudi Arabia, remain undemarcated.

އަވަސް ކަޅިއަކުން ބަލައިލުމެއް

އުނިއިތުރު ގެންނަވާ

އެކުވެރި ޢަރަބި އިމާރާތުގެ ރަސްމީ ބަހަކީ ޢަރަބި ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ އެމިރާޓީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ދުބާއީއެވެ. މި ޤައުމުގެ ވެރިރަށަކީ އަބޫދާބީއެވެ. މިއީ ފެޑެރަލް ދުސްތޫރީ ރަސްކަމެއް އޮންނަ ޤައުމެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 117 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 83600 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ ae. އެވެ. ކޯލިން ކޯޑަކީ +971 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫ.އޭ.އީ ދިރްހަމްއެHans Olo Wichtig f

އިނގިރޭސި ބަހުން މި ޤައުމުގެ ނަމަކަށް ކިޔަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސްއެވެ. ޢަރަބި ބަހުން ކިޔަނީ ދައުލަތުލް އިމާރާތުލް ޢަރަބިއްޔަތުލް މުއްތަޙިދާއެވެ.

އެކުވެރި ޢަރަބި އިމާރާތް އޮންނަނީ ޚަލީޖު ފާރިސްގައި އޮންނަ އަރަބި ބިންދުލުގެ އިރުދެކުގައެވެ. އެހެން ކަމާއެކު މިއީ ހުލަނގު ދެކުނު އޭޝިޔާއަށް ނިސްބަތްވާ ޤައުމެކެވެ. މި ޤައުމުގެ ހުޅަނގު ފަޅީގައި އޮތީ ސަޢުދީ އަރަބިއްޔާއެވެ. އިރުމަތީ ފަޅީގައި އޮތީ އުމާނެވެ. އުތުރުގައި އޮތީ ޚަލީޖު ފާރިސެވެ.

އާސާރޯ ހޯދުންތަކުން ދައްކާ ގޮތުގައި މި ޤައުމުގައި މީހުން ދިރިއުޅެން ފަށާފައިވަނީ ޢީސާއީ މީލާދުގެ 5500 އަހަރު ކުރީންނެވެ. އިނގިރޭސީންގެ ކިބައިން މިނިވަންކަން ލިބުނީ 2 ޑިސެންބަރު 1971 ގައެވެ.

ޑެމޮގްރަފިކްސް

އުނިއިތުރު ގެންނަވާ

މި ޤައުމުގެ އާބާދީއަށް ބަލާއިރުގައި، ޤައުމުގެ އަޞްލު ރަށްވެހީން ކަމުގައިވާ އިމާރާތީންނަކީ އާބާދީގެ އެންމެ 20% މީހުންނެވެ. އެހެން ކަމުން އެކުވެރި ޢަރަބި އިމާރާތުގެ އާބާދީގެ 80% މީހުންނަކީ ބިދޭސީންނެވެ. ދުނިޔޭގައި އެންމެ ގިނަ މީހުން ހިޖުރަކުރާ ޤައުމަކީ ވެސް މިއީއެވެ. އާބާދީގެ 23% އަކީ އިމާރާތަށް ނިސްބަތް ނުވާ ޢަރަބީންނާއި އީރާނީންނެވެ. ޤައުމުގެ އާބާދީގެ 50% މީހުންނަކީ ދެކުނު އޭޝިޔާ މީހުންނެވެ. މީގެ ތެރެއިން 1.75 މިލިޔަން މީހުންނަކީ އިންޑިޔާ މީހުންނެވެ. 1.25 މިލިޔަން ޕާކިސްތާނީންނާއި 0.5 މިލިޔަން ބަންގާޅީން ވެސް ޔޫ.އޭ.އީގައި ދިރިއުޅެމުންދެއެވެ. ޔޫރަޕުގެ ވެސް 0.5 މިލިޔަން މީހުން ދިރިއުޅެމުން ދާއިރު އޭޝިޔާގެ އެހެން ޤައުމުތަކަށް ނިސްބަތްވާ 1 މިލިޔަން މީހުން މި ޤައުމުގައި ދިރިއުޅެއެވެ.

ސަގާފަތަށް ބަލާއިރުގައި އެކުވެރި ޢަރަބި އިމާރާތުގެ ސަގާފަތަކީ ވަރަށް ބޮޑަށް މަސްހުނިވެފައިވާ ސަގާފަތެކެވެ. މި ގޮތުން އެ ޤައުމުގައި ވަޒަންވެރިވެފައިވާ އީރާނީންނާއި އިންޑިޔާ މީހުންނާއި ޕާކިސްތާނު މީހުންވަނީ އެމީހުންނާއެކު އެ ޤައުމުތަކުގެ ސަގާފަތް ގެނެސްފައެވެ. ހަމަ އެހެންމެ ޤައުމުގެ އަޞްލު ރަށްވެހީން ކަމުގައިވާ ޢަރަބީންގެ ސަގާފަތް ވެސް ފާހަގަކޮށްލެވެއެވެ.

ޖީ.ޑީ.ޕީ ޕަރކެޕިޓާއަށް ބަލާއިރުގައި އެކުވެރި ޢަރަބި އިމާރާތަކީ ދުނިޔެއިން 14 ވަނަ ޤައުމެވެ. މެދުއިރުމައްޗަށް ބަލާއިރުގައި 3 ވަނަ ޤައުމެވެ. އެއީ ޤަޠަރާއި ކުވައިތަށް ފަހުގައެވެ. ޕެޓްރޯލިއަމާއި ޤުދުރަތީ ގޭސް އެކްސްޕޯޓްކޮސްގެން ޤައުމުގެ އިޤްތިޞާދަށް ވަރަށް ރަނގަޅު އެއްޗެއް ލިބެއެވެ. ޚާއްޞަގޮތެއްގައި އަބޫދާބީއަށް މި ވިޔަފާރީން ރަނގަޅު އެއްޗެއް ލިބޭކަން ފާހަގަކުރެވެއެވެ. ދުނިޔޭގައި މި ވަގުތު ހުރި އެންމެ އުސް ޢިމާރާތް ކަމުގައިވާ ބުރުޖު ޚަލީފާ ހުރީ ދުބާއީގައެވެ. ދުބާއީގެ ވޯލްޑް ސެންޓްރަލް އިންޓަނޭޝަނަލް އެއަރޕޯޓް ހުޅުވުމުން އެ ވެގެންދާނީ މިހާތަނަށް މުޅި ދުނިޔޭގައި ވެސް ބިނާކުރެވުނު އެންމެ އަގުބޮޑު ވައިގެ ބަނދަރަށެވެ. އަދި އެ ޤައުމުގައި ހަދާފައިވާ ތިން ޕާލްމް އައިލެންޑަކީ މުޅި ދުނިޔޭގައި ވެސް އާޓިފިޝަލް ޖަޒީރާތަކެއްގެ ގޮތުގައި އޮތް އެންމެ ބޮޑު ޖަޒީރާތަކެވެ. ދުބާއީ މޯލްއަކީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ބޮޑު ޝޮޕިންގ މޯލްއެވެ. “ދަ ވޯލްޑް” ގެ ނަމުގައި ހަދާފައިވާ ޖަޒީރާއަކީ އެ ޤައުމުގައި ކުރިއަރަމުންދާ ފަތުރުވެރިކަމަށް އިތުރު ބާރެއް ލިބިގެންދާނެ ތަނެކެވެ. ޑިޒްނީ ވޯލްޑާ ވާދަކުރުމުގެ ގޮތުން ހަދާ ދުބާއީލޭންޑަކީ ވެސް ފާހަގަކުރެވޭ ތަނެކެވެ. ދުބާއީ ސްޕޯޓްސް ސިޓީއަކީ މުސްތަޤްބަލުގައި މުޅި ދުނިޔޭގައި ވެސް ކުޅިވަރުގައި އެންމެ ނަގާކިޔާ އެއް ތަނަށް ވާނެ ކަމަށް ޤަބޫލުކުރެވެއެވެ. އަދި ހަމަ އެހެންމެ މެޑިކަލް ސިޓީއަކީ ވެސް ފާހަގަކުރެވޭ ތަނެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 38283 ޑޮލަރެވެ.

  1. UAE population hits 6m, Emiratis make up 16.5%
  2. Expat numbers rise rapidly as UAE population touches 6m
  3. ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
  4. 4.0 4.1 4.2 4.3 "United Arab Emirates". International Monetary Fund. Retrieved 2009-10-01.
  5. "Human Development Report 2009: United Arab Emirates". The United Nations. Retrieved 2009-10-18.
  6. www.du.ae

6. ޑުބުއިން އަބަދަރުންގެ އެކްސްޓް