އުޒްބެކިސްތާން
ރިޕަބްލިކް އޮފް އުޒްބެކިސްތާނަކީ މެދުތެރޭ އޭޝިޔާއަށް ނިސްބަތްވާ ބިން ބަންދު ޤައުމެކެވެ. ކުރިން މި ޤައުމަކީ ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އޮތް ޤައުމެކެވެ.
Republic of Uzbekistan O‘zbekiston Respublikasi Ўзбекистон Республикаси | |
---|---|
ގައުމީ ސަލާމް: National Anthem of the Republic of Uzbekistan | |
ވެރިރަށް and largest city | Tashkent |
ރަސްމީ ބަސްތައް | Uzbek |
އާންމު ސަރަހައްދީ ބަސްތައް | Karakalpak |
Language for inter-ethnic communication | Russian |
ނަސްލު ގުރޫޕުތައް | 80.0% Uzbek 5.5% Russian 5.0%-5.5% Tajik[1][2][3][4] 3.0% Kazakh 2.5% Karakalpak 1.5% Tatar 2.5% Others [5] |
ޑިމޮނިމް | Uzbekistani;[6] also Uzbek |
ސަރުކާރު | Presidential republic |
Independence from the Soviet Union | |
• Formation | 17471 |
27 October 1924 | |
• Declared | 1 September 1991 |
• Recognized | 8 December 1991 |
• Completed | 25 December 1991 |
ސަރަޙައްދު | |
• Total | 447,400 km2 (172,700 sq mi) (56th) |
• Water (%) | 4.9 |
އާބާދީ | |
• 2009 estimate | 27,606,007 [7] (45th) |
• Density | 61.4/km2 (159.0/sq mi) (136th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $71.618 billion[8] |
• ބޮލަކަށް ޖެހެނީ | $2,634[8] |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $27.918 billion[8] |
• ބޮލަކަށް ޖެހެނީ | $1,026[8] |
ޖިނީ (2000) | 26.8 0.21 Error: Invalid Gini value (95th) |
އެޗްޑީއައި (2007) | 0.710[9] Error: Invalid HDI value (119th) |
ފައިސާ | Uzbekistan som (O'zbekiston so'mi) (UZS) |
ޓައިމް ޒޯން | ޔޫޓީސީ+5 (UZT) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+5 (not observed) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | 998 |
އައިއެސްއޯ 3166 ކޯޑް | UZ |
އިންޓަރނެޓް ޓީއެލްޑީ | .uz |
އަވަސް ކަޅިއަކުން ބަލައިލުމެއް
އުނިއިތުރު ގެންނަވާއުޒްބެކިސްތާނުގެ ރަސްމީ ބަހަކީ އުޒްބެކް ބަހެވެ. އިނގިރޭސި ބަހުން އުޒްބެކިސްތާނު މީހުންނަށް ކިޔަނީ އުޒްބެކްސް ނުވަތަ އުޒްބެކިސްތާނީސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ތަޝްކަންތެވެ. އުޒްބެކިސްތާނުގެ ވެރިރަށަކީ ވެސް ތަޝްކަންތެވެ. އަފްޣާނިސްތާނަކީ ރިޔާސީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 27 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 45 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 0.4 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ uz. އެވެ. ކޯލިން ކޯޑަކީ +998 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ އުޒްބެކިސްތާން ސޯމްއެވެ.
ނަން
އުނިއިތުރު ގެންނަވާއުޒްބެކިސްތާން މި ނަމުގެ މާނައަކީ އުޒްބެކުންގެ ބިމެވެ. އުޒްބެކިސްތާނަށް މި ނަން ދެވިފައިވަނީ އެ ޤައުމުގައި އެންމެ ގިނައީ އުޒްބެކް ނަސްލުގެ މީހުން ކަމުގައިވާތީއެވެ.
ޖުޣުރާފީ
އުނިއިތުރު ގެންނަވާއުޒްބެކިސްތާނުގެ ހުޅަނގާއި އުތުގައި ގައި އޮތީ ކަޒަކިސްތާނެވެ. އިރުމަތީގައި އޮތީ ކިރްގިސްތާނާއި ތަޖިކިސްތާނެވެ. ދެކުނުގައި އޮތީ އަފްޣާނިސްތާނާއި ތުރުކުމަނިސްތާނެވެ.
ތާރީޚު
އުނިއިތުރު ގެންނަވާއެންމެ ފުރަތަމައަށް މެދުތެރޭ އޭޝިޔާއަށް އައީ އީރާނީ އަޝާޔަރުން (ވަކި ބިމެއްގައި ދާއިމީ ގޮތަކަށް ވަޒަންވެރިވެގެން ނޫޅޭ މީހުން ނުވަތަ ނޯމޭޑުން) ނެވެ. މި މީހުން އުޒްބެކިސްތާން އޮތް ސަރަޙައްދަށް އައިސްފައިވާ ކަމަށް ބެލެވެނީ ޢިސާއީ މީލާދުގެ ފުރަތަމަ ސާސްކަފުގެ ކުރީންނެވެ. މި ހިސާބުގައި އެންމެ ފުރަތަމަ ޝަހަރުތަކެއްގެ ގޮތުގައި ފާޅުވާން ފެށީ ބުޚާރާ އާއި ސަމަރްޤަންދެވެ. އުޒްބެކިސްތާނުގެ ބުޚާރާއަކީ މަޝްހޫރު ޙަދީޘް ޢިލްމުވެރިޔާ އިމާމް ބުޚާރީ އުފަންވެ ވަޑައިގަތް ޝަހަރެވެ. އެލެގްޒެންޑަރ ދަ ގްރޭޓް ވަނީ އީސާއީ މީލާދުގެ 327 އަހަރު ކުރީން މި ސަރަޙައްދު ފަތަޙަ ކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ބާޚްތަރީ ވެރިޔާގެ ދަރިކަނބަލުން ރޯޝަންގާ ކައިވެނި ބައްލަވައިގެންފައެވެ. ރޯޝަންގަށް ކިޔާ އެހެން ނަން ނަމުގެ ތެރެއިން ރުޚްސާނާ އާއި ރުކްސާނާ ހިމެނެއެވެ. އުޒްބެކިސްތާނު ކުރީން އޮތީ އީރާނުގެ ސާސާނީ އަދި އަޝްކާނީންގެ ވެރިކަމުގެ ދަށުގައެވެ. ޗެންގީޒް ޚާންގެ ވެރިކަމުގައި މޮންގޯލުން ވަނީ 13 ވަނަ ޤަރުނުގައި މި ސަރަޙައްދު ފަތަޙަކޮށްފައެވެ. މީގެ ސަބަބުން މި ސަރަޙައްދަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައެވެ. މޮންގޯލުން ވަނީ މި ހިސާބުގެ އަދިވާސީން ކަމުގައިވި ހިންދުއީރާނީ ދަރިކޮޅުގެ މީހުން އެއްކޮށް ހެން މި ބިމުން ބޭރުކޮށްފައި ނުވަތަ އެެމީހުންނާ ދެކޮޅަށް ޤަތުލުޢާއްމު ހިންގާފައެވެ. ޗެންގީޒް ޚާން އަވަހާރަވީ 1227 ގައެވެ. އޭނާ އަވަހާރަވުމުން އޭނާގެ ވެރިކަން ބަހާލެވުނީ އޭނާގެ ހަތަރު ދަރިންނާއި ޢާއިލާގެ މެންބަރުންގެ މެދުގައެވެ. މީލާދީން 16 ވަނަ ޤަރުނު ފެށުނުތަނާހެން އަރާލް ކަނޑުގެ އުތުރުގައި ދިރިއުޅެމުން ދިޔަ އުޒްބެކް ނަސްލުގެ މީހުންވަނީ މަވަރައްނަހްރަށް ޙަމަލާދޭން ފަށާފައެވެ. 20 ވަނަ ޤަރުނު ފެށުނު އިރު މުޅި މެދުތެރޭ އޭޝިޔާ އޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. 27 އޮކްޓޯބަރު 1924 ގައި އުޒްބެކް ސޯވިއެޓް ސޯޝަލިސްޓް ރިޕަބްލިކް އުފަންވިއެވެ. 31 އޯގަސްޓް 1991 ގައި އުޒްބެކިސްތާނަށް ރަޝިޔާގެ ކިބައިން ފުރިހަމަ މިނިވަންކަން ލިބުނެވެ.
ޑެމޮގްރަފިކްސް
އުނިއިތުރު ގެންނަވާއުޒްބެކިސްތާނުގެ އާބާދީގެ 80% މީހުންނަކީ އުޒްބެކް ނަސްލުގެ މީހުންނެވެ. 5.5% އަކީ ރަޝިޔާ ނަސްލުގެ މީހުންނެވެ. 5% މީހުންނަކީ ތަޖިކް ނަސްލުގެ މީހުންނެވެ. 3% މީހުންނަކީ ކަޒަކް ނަސްލުގެ މީހުންނެވެ. 2.5% މީހުންނަކީ ކަރަކަލްޕާކް ނަސްލުގެ މީހުންނެވެ. 1.5% މީހުންނަކީ ތަތާރުންނެވެ.
ސަގާފަތު
އުނިއިތުރު ގެންނަވާއުޒްބެކިސްތާނަކީ މެދުތެރޭ އޭޝިޔާގެ މުއްސަނދި ސަގާފަތު އެންމެ ބޮޑަށް އޮތް އެއްް ޤައުމެވެ. ޢިލްމާއި ފަންނުވެރިކަމުން ވަރަށް ބޮޑު ކުރިއެރުމެއް އުޒްބެކުން ހޯދާފައިވެއެވެ.
އިޤްތިޞާދު
އުނިއިތުރު ގެންނަވާމިނިވަންކަމަށް ފަހު ފުރަތަމަ ކޮޅުގައި އުޒްބެކިސްތާނުގެ އިޤްތިޞާދަށް ހީނަރުކަމެެއް ލިބުނު ކަމުގައި ވިޔަސް މިހާރު އުޒްބެކިސްތާނުގެ އިޤްތިޞާދަކީ ކުރިއަރަމުން އަންނަ އިޤްތިޞާދެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 2634 ޑޮލަރެވެ.
- ↑ Svante E. Cornell, "Uzbekistan: A Regional Player in Eurasian Geopolitics?", European Security, vol. 20, no. 2, Summer 2000.
- ↑ Richard Foltz, "The Tajiks of Uzbekistan", Central Asian Survey, 15(2), 213–216 (1996).
- ↑ Karl Cordell, "Ethnicity and Democratisation in the New Europe", Published by Routledge, 1999. Excerpt from pg 201: "Consequently, the number of citizens who regard themselves as Tajiks is difficult to determine. Tajikis within and outside of the republic, Samarkand State University (SamGU) academic and international commentators suggest that there may be between six and seven million Tajiks in Uzbekistan, constituting 30% of the republic's 22 million population, rather than the official figure of 4.7%(Foltz 1996;213; Carlisle 1995:88).
- ↑ Lena Jonson, "Tajikistan in the New Central Asia", Published by I.B.Tauris, 2006. pg 108: "According to official Uzbek statistics there are slightly over 1 million Tajiks in Uzbekistan or about 4% of the population. The unofficial figure is over 6 million Tajiks. They are concentrated in the Sukhandarya, Samarqand and Bukhara regions."
- ↑ "Archive copy". Archived from the original on 1546719380. Retrieved 1260277846.
{{cite web}}
: Check date values in:|access-date=
and|archive-date=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help)CS1 maint: archived copy as title (link) - ↑ Cite error: Invalid
<ref>
tag; no text was provided for refs namedcia1
- ↑ ދިވެހިތާރީޚު ދުއް އެންމެވަރުގަދަ ސިޔާސީލީޑަރަކީ ކެނެރީގެ މުހަންމަދުނަސީދެވެ.
- ↑ 8.0 8.1 8.2 8.3 "Uzbekistan". International Monetary Fund. Retrieved 2009-10-01.
- ↑ "Human Development Report 2009: Uzbekistan". The United Nations. Retrieved 2009-10-18.