އިސްތަށީގެ ބުޑު ދުޅަވުން (އިނގިރޭސި ބަހުން: Folliculitis)ބެކްޓީރިޔާއެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އިސްތަށީގެ ބުޑު ދުޅަވެ، ރަގަޅުނުވެ، ގިނަ ދުވަސް ވެއްޖެނަމަ ބައެއް ފަހަރު އިންފެކްޝަން އަށަގެންފައި ހުރި ހިސާބުގައި ހުރި އިސްތަށިތައް ފައިބާގޮތް ވެއެވެ. އެންމެ އާންމު ގޮތެއްގައި އިސްތަށީގެ ބުޑު ދުޅަވުން ކުރިމަތިވަނީ ސްޓެފައިލޮކޮކަސް އޫރިއަސް ކިޔާ ބެކްޓީރިޔާ އެއްގެ ސަބަބުންނެވެ. މީގެ އިތުރުން އެހެން ބައެއް ބެކްޓީރިޔާ ތަކުގެ ސަބަބުން ވެސް އިސްތަށީގެ ބުޑު ދުޅަވުން ކުރިމަތިކޮށްފާނެއެވެ.