ޑރ. އިސްމާޢީލް ޝަފީޢު ވަނީ އިނގިރޭސިވިލާތުގެ ޑާހަމް ޔުނިވާސިޓީގެ ސްކޫލް އޮފް އެޑިއުކޭޝަންއިން 2019 ވަނައަހަރު ޕީއެޗްޑީ ޙާޞިލްކުރައްވާފައެވެ.

ޑރ. އިސްމާޢީލް ޝަފީޢު

ޑރ. އިސްމާޢީލް ޝަފީޢު ޤައުމަށް ޚިދުމަތް ކުރައްވަން ފެށްޓެވީ ކެމިސްޓްރީ ޓީޗަރެއްގެ ވަޒީފާގައެވެ. އެ މަނިކުފާނު ވަނީ ނ. ހޮޅުދޫ މޭނާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމް ފުރުއްވުމަށްފަހު، މިނިސްޓަރ އޮފް އެޑިޔުކޭޝަނުގެ ނާއިބުކަމުގެ މަޤާމު އަދާކުރައްވައިފައެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ ރިސާޗް އެންޑް ޕަބްލިކޭޝަންގެ ޑީންގެ މަޤާމު ވަނީ އަދާކުރައްވައިފައެވެ.

ޑރ. އިސްމާޢީލް ޝަފީޢު މިހާރު ހުންނެވީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމުގައެވެ.