އިބްރާހީމް ފައިޞަލް
އިބްރާހީމް ފައިޞަލް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 18 ޖުލައި 1986 ގައެވެ. އިބްރާހީމް ފައިޞަލަކީ ދިވެހިރާއްޖޭގެ މިހާރުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރު (މިނިސްޓަރ އޮފް ޓޫރިޒަމް) އެވެ.
އިބްރާހީމް ފައިޞަލް މަތީ ތަޢުލީމު ޙާޞިލްކުރައްވާފައިވަނީ މެލޭޝިއާގެ ވެސްޓްމިންސްޓަރ އިންޓަނޭޝަނަލް ކޮލެޖުން ބިޒްނަސް ސްޓަޑީޒްގެ ދާއިރާއިންނެވެ.
ސަރުކާރުގެ ޚިދުމަތުގައި އެ މަނިކުފާނު ފުރަތަމަ މަސައްކަތްކުރެއްވީ ފުލުހުންގެ އިދާރާގައެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރކަމުގެ މަޤާމު 2013 ވަނަ އަހަރުން 2015 ވަނަ އަހަރަށް އަދާކުރެއްވިއެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް އެ މަނިކުފާނު ވަނީ މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އެޑިޝަނަލް ސެކްރެޓަރީގެ މަޤާމުގައި ޚިދުމަތްކުރައްވައިފައެވެ.