އަލްފާޟިލް އިބްރާހީމް މުޙައްމަދު ދީދީ (ގަލޮޅުގޭ އިބްރާހީމް ދީދީ) އަކީ ސިލޯނުން އިގިރޭސި ބަހުން ތަޢުލީމް ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ. މިއީ ގަލޮޅުގޭ އަލްއަމީރު ޢަލީ ދޮށިމޭނާ ކިލެގެފާނުގެ މުޙައްމަދު ދީދީގެ އަލްފާޟިލް އިބްރާހީމް މުޙައްމަދު ދީދީ (ގަލޮޅުގޭ މުހައްމަދުދީދީގެ އިބްރާހީމް ދީދީ ) އެވެ. އަލްފާޟިލް އިބްރާހީމް މުޙައްމަދު ދީދީ ސިލޯނަށް ވަޑައިގަތީ ދިވެހިރާއްޖެ އިން ދީނީ ތަޢުލީމް ޙާޞިލް ކުރެއްވުމަށްފަހު ގައެވެ. އޭނާ އަކީ މަދަރުސަތުއް ސަނިއްޔާގެ މުސްކުޅި ދަރިވަރެކެވެ. ހެންވޭރު ގަޑުބަޑުގައި ރަދުންގެ ފަރާތަށް ހުންނެވުމުގެ ސަބަބުން ޝަމުސުއްދީން ރަސްކަމުން އަޒުލުކުރެވުމާއި ގުޅިގެން ސިޔާސީ ދަނޑުން ބޭރުކުރެވި ބަންދުވީ އެވެ.

ފުރުއްވި މަގާމްތައް އުނިއިތުރު ގެންނަވާ

  • ފުރަތަމަ ގާނޫނު އަސާސީގެ މަޝްވަރާ ކޮމިޓީގެ މެންބަރުކަން
  • 19 ފެބުރުއަރީ 1933 : ވަޒީރުއް ޒިރާޢާކަން 2 ސެޕްޓެމްބަރު 1934 އަށް
  • 1951 : ރައްޔިތުން މަޖުލީހުގެ މުލަކު އަތޮޅުގެ މެންބަރުކަން
  • 19 ފެބުރުއަރީ 1933 : ވަޒީރުލް އަޝްޣާލްކަން

ރިފަރެންސް އުނިއިތުރު ގެންނަވާ

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006