އަލްފާޟިލް އިބްރާހީމް މަނިކު ދޮންމަނިކު (ތުޅާދޫގޭ ދޮންމަނިކު) ގެ ބައްޕަ އަކީ ތުޅާދޫގޭ އިބްރާހީމް މަނިކު އެވެ. މަންމައަކީ ކުޑަ ދީދީ އެވެ. އަލްފާޟިލް އިބްރާހީމް މަނިކު ދޮންމަނިކު އަކީ ވިޔަފާރި ވެރިއެކެވެ. ހިންގުންތެރި ހީވާގި ހިތްހެޔޮ ބޭފުޅެކެވެ. މާފަންނުގެ ރައްޔިތުންގެ މެދުގައި ބަސްވިކޭ ހިތްވަރުގަދަ ރޭވުންތެރި ބޭކަލެކެވެ. ދައުލަތަށް ވަފާތެރި ޚާދިމެކެވެ. އަދި ހއ.ކެލާގައި އިގިރޭސިން ތިބި ދުވަސްވަރު ސަރުކާރުން ފޮނުއްވި ބޭފުޅުންގެ ތެރޭގައި ވެސް އަލްފާޟިލް އިބްރާހީމް މަނިކު ދޮންމަނިކު ހިމެނިވަޑައިގަންނަވައެވެ.

ފުރުއްވި މަގާމްތައް އުނިއިތުރު ގެންނަވާ

  • ކަސްޓަމްސްގެ ސަރުޖަނުކަން
  • ބ.އަތޮޅު އަތޮޅުވެރިކަން
  • އ.އަތޮޅު އަތޮޅުވެރިކަން
  • ތ.އަތޮޅު އަތޮޅުވެރިކަން
  • ގައުމީ ކުންފުނީގެ މެނޭޖަރުކަން

ބޭފުޅުން އުނިއިތުރު ގެންނަވާ

  • ޒުހުރާ އިބްރާހީމް
  • ޢައްބާސް އިބްރާހީމް
  • އިލްޔާސް އިބްރާހީމް
  • ނަޞްރީނާ އިބްރާހީމް
  • ފަރީޝާ އިބްރާހީމް
  • ޙަފްޞާ އިބްރާހީމް
  • ޙާރިޘް އިބްރާހީމް

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006