އިބްނު ރުޝްދު އަކީ ވަރަށް ގިނަ ޢިލްމު ތަކަށް އަރާ ހުންނެވި ކުޅަދާން ލިޔުންތެރި އެކެވެ. އޭނާ އުފަންވެ ވަޑައިގެންފައިވަނީ ހިޖުރައިން 520 ވަނަ އަހަރު އެވެ. އެއީ މީލާދީން 1127 ވަނަ އަހަރު އެވެ. އިބްނު ރުޝްދަކީ ދީނީ ޢިލްމުވެރި އެކެވެ. އެއާއެކު ފިލޯސަފަރެއް ވެސް މެއެވެ.

ބޭސްވެރިކަމުގެ ރޮގުގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައި ވެއެވެ. އެރިސްޓާޓްލްގެ ގިނަ ފޮތްތަކެއް ޢަރަބި ބަހަށް ތަރުޖަމާ ކުރެއްވުމުގެ އިތުރުން ވަރަށް ގިނަ ޢަދަދެއްގެ ފޮތްތައް ޝަރަޙަ ކުރައްވާފައި ވެއެވެ. އެހެންކަމުން އިބްނު ރުޝްދަށްވަނީ ޝާރިޙުލް އަކްބަރު ނުވަތަ ބޮޑު ޝަރަޙަ ކުރުންތެރިޔާގެ ލަގަބު ދެއްވާފައެވެ.

ޔޫރަޕުގެ މީހުން ކުރިއަރައި ދިއުމުގައި އިބްނު ރުޝްދުގެ ޢިލްމީ ޚިދުމަތްތަކުން ފައިދާ ލިބިގަނެފައި ވެއެވެ. އޭނާ އަވަހާރަވީ މީލާދީ ގޮތުން 1198 ވަނަ އަހަރު އެވެ.