އިހުގައި ދިވެހިންނަށް ބަކަރިއާޢި ގެރިއަކީ އާންމު އެއްޗެއް

ލިޔުނީ ކުރޮޅި އާދަމް ޒާހިރު

ހަނދާނަށް އަންނަނީ އަޅުގަނޑުގެ ކުޑައިރެވެ. ގޭ ދޮރޯށި ދޮށަށް ނުކުމެ ކަނާތަށް އެނބުރިލެވޭހިނދު ބަކަރި ކޮއްޓެއް ފެންނެއެވެ. ތަންކޮޅެއް ދުރަށް ދެކުނަށް ހިނގައިލާއިރަށް ތިން ހަތަރު ކޮށި ފެނެއެވެ. ހެންވޭރު އުތުރު ކަނަށް ޖެހިލާއިރަށް ގެރިކޮށިތައް ފެންނަން ފަށައެވެ. ފޮތޯ ގަނޑުތަކުގައިވެސް ބަކަރި ފެނެއެވެ. ހިނގައިލަން ދާ މަގުތަކުން ބަކަރިއެއް ހޭރިގަންނަ އަޑު ނުއިވިއެއް ނުދެއެވެ. އެންމެ އުފާވަނީ ހެނދުނު ތެދުވާއިރަށް ގޭދޮށު ހުސޭނުބޭ ތިންފުޅި ރޯކިރު ގޭ ފުޅަލީގައިއަޅުވައިފައި ހުންނާތީއެވެ. އެއިން އެއްފުޅި ބޮނީ އަޅުގަނޑެވެ. ހަވީރު ވާއިރަށް ހިޔަނި އައްބާސް ތިންފުޅި ރޯކިރު ދޭނެއެވެ. ނަސިބަކުން އެއީ ހިލެއެވެ. ނަމަވެސް ގަންނަނަމަ ތިންފުޅިއަށް ބައިރުފިޔާއެއް ދައްކަން ޖެހެއެވެ. އެ ކިރު ހާދަ މީރެވެ. ދަންނަވަން މި އުޅެނީ ބަކަރިއާއއި ގެރި ގިނަވާހަކައެވެ. އަދި ވަކިން ކުކުޅާއި ހާވެސް އިނތިހާއަށް ގިނައެވެ. ނަމަވެސް މިއަދު މި ހުރިހާ އެއްޗެއް މި ގެންނަނީ ބޭރުންނެވެ. ފަހެ ދިވެހި ބަކަރިމަހުގައި ރަހައެއ ްނުލަނީ ބާވައެވެ. ނޫނެކެވެ. ހިތް މޮލީއެވެ. ނުވަތަ ހިތް މޮޅުކުރުވީއެވެ. ހީނުކުރާހާ އަވަހަށް ޢާންމުންގެ އަތްމަތީގައި ފައިސާ ގިނަވީއެވެ. ރިވެތި އެންމެހާކަމެއް ހުތުރު ކަންކަމަށް ވީއެވެ. މީހުން ބަލައިގަންނަނީ ދޮންމީޙުންގެ ކިބައިން ފެންނަ ކަންކަންކަމުގައިވީއެވެ. ހިތާމައަކީ ދިވެހިންނަށް ފެނުނު ދޮންމީހުންނާއި ފިލްމުތަކަކީ މަދު ބައެއްކަން ނުވިންނުމެވެ. އެ ބައިމީހުންގ ެ ޤައުމުތަކުގައިވެސް މީޙުން އުޅެނީ މިހެނެއ ްނޫނެވެ. ތެދެކެވެ ޤައުމު ތަރައްޤީވެއްޖެއެވެ. ނަމަވެސް ބޭފުދުންތެރި ވީއެވެ. މީޙާ ކިތަންމެ ނަލަ ހެދިފައިވިޔަސް އެހަށީގައި އެހެންމީހެއްގެ ލޭ ހިނގައިފައި އެލޭގެ ދިރުވޭ ނާރަކީ ކޮންމެވެސް ޖަނަވާރެއްގެ ނަޜުކަމުގައި ވެފައި ހަށީގައި ބޮލުގައި ފައިގައި ވާ ހެދުމާޢި ގަހަނާތަކަކީ ބިދޭސީ ޤައުމުތަކުގެ އުފެއްދުމަށްވުމުން ޤައުމިއްޔަތަކީ ކޮބައިބާވައެވެ. ތިމާގެ ޤައުމޭ ކިޔައި މިނިވަންކަމަށް ދަޢުވާ ކުރާއިރު ކަނީ ބޭރުގެ އެއްޗެއްސެވެ. އަނގަ އަތް ފައި ދޮންނަނީ ބޭރުގެ ތަކެތީންނެވެ. ކާނާ އަޅަނީ ބޭރުގެ ތަކެއްޗަށްކަމުގައި ވީހިނދު ލަނީވެސް ބޭރުގެ ތަކެއްޗަށެވެ. އޮއްތަނީވެސް ދުއްވަނީވެސް ބޭރުގެ ތަކެއްޗެވެ. ރުފިޔާގައި ޢަދަދު ދިވެހި ތާނައަކުރުން އެބައޮތެވެ. ޤައުމުގެ ނަން އޮތަނަގޮތަށް ވިސްނަވާށެވެ. ކަރުދާހާއި ދެއްޔާއި ބޭރުންނެވެ. އަދި މަސައްކަތްވެސް ބޭރުންނެވެ. ފިކުރާއި ޚިޔާލު ވަނީ ބޭރުގައެވެ. އެކަމަކުވެސް މިއީ މިނިވަނުންނެވެ. މި މަޒުމޫނު މި ލިޔެލީ މި ސައިޓް ފެނުނު ހިނދު މި ޚިޔާލު ހިނގައިގަތީމައެވެ. ތިޔަ ކިޔުންތެރިން ޚީޔާލު ފާޅުކުރައްވައިފިނަމަ އިތުރު މަޒުނޫނު ލިޔާނަމުއެވެ.