އިހަވަންދިއްޕޮޅަކީ ރާއްޖޭގެ ޤުދުރަތީ އަތޮޅުތަކުގެ ތެރޭން މިހާރު އެއްމެ އުތުރަށް އޮތް އަތޮޅެވެ.

އަތޮޅުގެ އެއްމެ ދިގު ގޮތަކީ މާތުރާކުނު އުތުރު ބޭރުން ދިގުފަރު ދެކުނު ބޭރަށެވެ. އަދި އިހަވަން ދިއްޕޮޅަކީ ދިވެހިރާއްޖޭގެ އެންމެ މަސްވެރި ސަރަހައްދެވެ. އަދި ޖިއޮގްރަފިކަލީގޮތުން އެންމެ ފައިދާ ބޮޑު ލޮކޭޝަންގައި އޮތް އަތޮޅެވެ.