ޑރ. އާދަމް ޝަމީމް ވަނީ 1996 ވަނަ އަހަރު ޕާކިސްތާނުގެ ފައިޞަލްއާބާދުގައި ހުންނަ ޖާމިޢާ ސަލަފިއްޔާއިން ޝަހާދާ އިޢުދާދިއްޔާ އަދި ޝަހާދާ ޘާނަވިއްޔާ ފުރިހަމަކުރައްވައި، 2003 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާގެ މަދީނާގައި ހުންނަ އިސްލާމީ ޔުނިވަރސިޓީން ޙަދީޘާއި އިސްލާމިކް ސްޓަޑީސްއިން ޑިގްރީ ހާސިލް ކުރެއްވައިފައެވެ. އަދި 2009 ވަނަ އަހަރު މެލޭޝިއާގެ އިސްލާމިކް ޔުނިވަރސިޓީއިން ފިޤުހު އަދި އުޞޫލުލް ފިޤުހުން މާސްޓަރސް ހާސިލް ކުރެއްވިއެވެ. ޕީއެޗްޑީ ހާސިލުކުރެެއްވީ ކޮމްޕަރޭޓިވް ރިލިޖަންގެ ރޮނގުންނެވެ.

ޑރ. އާދަމް ޝަމީމް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީސްގައި ލެކްޗަރަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. 2012 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ އިސްލާމީ ފިޤުހު އެކަޑެމީގެ ޝަރީޢާ ކައުންސިލަށް ޑރ. އާދަމް ޝަމީމް އައްޔަންކުރައްވައިފައެވެ. މީގެއިތުރުން ޑރ. އާދަމް ޝަމީމް ވަނީ އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުކަން 2016 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ ނިޔަލަށް ކުރައްވައިފައެވެ.