ޑރ. އަޙްމަދު ޒާހިރު ޢަލީ އަކީ ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އެ މަނިކުފާނު އެ މަޤާމު އަދާކުރެއްވީ 17 ނޮވެންބަރު 2018 އިން 16 ނޮވެންބަރު 2023 އަށެވެ. މިނިސްޓަރުކަމަށް އައްޔަންކުރެއްވިއިރު ހުންނެވީ އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރެއްގެ މަޤާމުގައެވެ.

ޑރ. އަޙްމަދު ޒާހިރު ޢަލީ

ޑރ. އަޙްމަދު ޒާހިރު ޢަލީ ފުރަތަމަ ޑިގުރީ ހާސިލުކުރެއްވީ 1997 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާ މަދީނާ އިސްލާމިކް ޔުނިވަރސިޓީގައި އުޞޫލުއްދީންގެ ރޮނގުންނެވެ. މާސްޓަރސް ޑިގުރީ ހާސިލުކުރެއްވީ 2008 ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ފިޤުހާއި އުޞޫލުލް ފިޤުހުންނެވެ. 2016 ވަނަ އަހަރު މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައި ޕޮލިޓިކަލް ސައިންސުން ޕީއެޗްޑީ ހާސިލުކުރެއްވިއެވެ. މީގެއިތުރުން އިންޑިއާގެ ޢުމަރުއާބާދުގައި ހުންނަ ޖާމިޢާ ދާރުއްސަލާމުގައި ވެސް ކިޔަވައި ވިދާޅުވެފައިވެއެވެ.