އަޙުމަދު ޙިލްމީ ދީދީ ކަކާގޭ ސުމުއްވުލް އަމީރު ޢަލީ ރަންނަ ބަނޑޭރި ކިލެގެފާނުގެ އައްނަބީލް އިސްމާޢީލް ދޮށިމޭނާ ކިލެގެފާނު (ކަކާގޭ އިސްމާޢީލްދީދީ) ގެ ދަރިކަލެކެވެ. މަންމައަކީ މަލިކު ސެރިއްކަލް(ރާގޯތި) މުޙައްމަދު މާލިމީގެ އާމިނާ މަނިކެ (ކަކާގޭ މަލިކު އާމިނާދީދީ) އެވެ. އަޙުމަދު ޙިލްމީ ދީދީ ތަޢުލީމް ޙާޞިލްކުރެއްވީ ރާއްޖެއިންނާއި ސިލޯންގައި ހުރި އިގިރޭސި ކޮލެޖަކުންނެވެ. އިގިރޭސި، ސިންގަޅަ ދެނެލައްވައެވެ. ގަސް ހެއްދެވުމާއި ކުޅިވަރު ކުޅުއްވުމަށް ޚާއްޞަކަންދެއްވި އެވެ. ޘަޤާފީ އާދަކާދަތައް ދިރުއްވާ ބޮޑުބެރު ޖެހުމުގައި އަރާހުންނެވި ބޭފުޅެކެވެ. ޒުވާން އުމުރުފުޅުގައި ހެންވޭރު ރައްޔިތުން ބައިބައިވިޔަނުދީ ހިފެހެއްޓެވި ނުފޫޒުގަދަ ބޭފުޅެކެވެ. އާއިލާގެ ވިޔަފާރި ހިންގުމުގައި ހަރަކާތްތެރިވި ހިންގުންތެރި ބޭފުޅެކެވެ. އަޙުމަދު ޙިލްމީ ދީދީ ހުންނެވީ އެންމެ ބޭފުޅެކެވެ. އެއީ އިސްމާޢީލް ޙިލްމީއެވެ.

ފުރުއްވި މަގާމްތައް އުނިއިތުރު ގެންނަވާ

  • ސިލޯންގައި ހުންނަވާ ރެޕްރެޒެންޓިޓިވްކަން ( 2 ފަހަރު )
  • 27 މާރޗް 1975 – 6 ޖެނުއަރީ 1977 : ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން
  • 20 އެޕްރީލް 1951 – 31 ޑިސެމްބަރު 1951 : ވަޒީރުއް ޞިއްޙާ ވަލްމުވާޞަލާތުކަން
  • 28 އެޕްރީލް 1971 – 27 މާރޗް 1975 : މިނިސްޓަރ އޮފް ފިޝަރީޒް ( ފުރަތަމަ ފަހަރު )
  • ޖެނުއަރީ 1977 – 11 ނޮވެމްބަރު 1978 : މިނިސްޓަރ އޮފް ފިޝަރީޒް ( ދެވަނަ ފަހަރު )
  • 19 މާރޗް 1980 – 13 ސެޕްޓެމްބަރު 1983 : މިނިސްޓަރ އޮފް އެގްރިކަލްޗަރކަން
  • 29 ސެޕްޓެމްބަރު 1963 : އައްޑޫ މައްސަލަ ހަަމަޖައްސާ ކޮމިޓީގެ މެންބަރުކަން

އަޙުމަދު ޙިލްމީ ދީދީ އަވަހާރަވީ 13 ޑިސެމްބަރު 1983 ވީ ބުދަ ދުވަހު ގައެވެ.

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006