އަޙުމަދު އަޝްރަފް ޢަލީ
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ގެ ޔޫރޮލޮޖިސްޓަކު
ޑރ އަޙުމަދު އަޝްރަފް ޢަލީ އަކީ މެޑިކަލް ސައިންސްގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީ ރަޝިޔާގެ ސެއިންޓް ޕީޓަސްބާރގް ފާވްލޯވް ސްޓޭޓް މެޑިކަލް ޔުނިވަސިޓީގައި ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ. ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމް ލިބިވަޑައިގަތީ 2005 ވަނަ އަހަރު އެވެ. މިހާރު ހުންނެވީ އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ޔޫރޮލޮޖިސްޓެއްގެ މަގާމް ގައެވެ. އެހެން ކަމުން ޑރ އަޙުމަދު އަޝްރަފް ޢަލީ އަކީ މެޑިކަލް ޑޮކްޓަރެކެވެ. އަދި ޕީއެޗްޑީ ޙާޞިލްކުރައްވާފައިވާ ޑޮކްޓަރެއް ވެސް މެއެވެ. މިހާރު ކައިވެނި ބައްލަވައިގެން އުޅުއްވަނީ އަލްއުސްތާޒާ މާޖިދާ މަޖުދީ އާއި އެވެ. ޑރ.އަޙުމަދު އަޝްރަފް އަލީގެ 2 ފިރިހެން ބޭފުޅުން އެބަތިއްބެވިއެވެ. އެއީ އަލީ އިޥާން އަޝްރަފާއި އަބްދުﷲ އާޔަން އަޝްރަފެވެ.