އަސްއަދު އަބްދުލްޣަނީއަކީ ދިވެހިރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަނެވެ. ލީޑަރެވެ. އަދި ނިއުރޭޑިއަންޓްގެ ކެޕްޓަނެވެ. ލީޑަރެވެ. އެހެންކަމުން އަސްއަދު ދިވެހި ފުޓްބޯޅައިގައި މިހާރުހުރި އުސްމިން ރަނގަޅަށް އެނގޭނެއެވެ. އިތުރަށް ބުނެދޭކަށް ވާހަކައެއް ނެތެވެ.

އަސްއަދު ޢަބުދުލް ޣަނީ

އަސްއަދަކީ ރާއްޖޭގައި މިވަގުތުހުރި އެންމެ އިތުބާރު ދިފާއީ ކުޅުންތެރިޔާއެވެ. އަނެއްކޮޅުން އޭނާއަކީ މެދުތެރެއަށް ލިޔަސް ހަމައެހާމޮޅަށް ކުޅޭނެ ކުޅުންތެރިޔެކެވެ. އެހެންވީމާ ފުޓްބޯޅަ ޓީމެއްގެ މެދުތެރެއަށް ލިޔަސް އަދި ފަހަތަށް ލިޔަސް އޭނާގެ ޒިންމާ ނަގައިގެން ދަނޑުމަތީގައި ލީޑަރެއްގެ ރޯލު ނެގޭވަރުގެ ގާބިލްކަން އަސްއަދުގެ ކިބައިގައި އެބަހުއްޓެވެ. އެކަން ފާހަގަ ކުރަނީ ހަމައެކަނި ދިވެހިންނެއް ނޫނެވެ. ބޭރު މީހުންވެސް އެހެން ބުނެއެވެ.

ކުއްލިއަކަށް ހަނދާނަށް އައީ މިއަހަރުގެ ސީޒަނުގެ ތެރޭގައި ވީބީއަށް ކޯޗު ކޮށްދިން އާޖެންޓީނާގެ ކޯޗު ކާލޯސް ކަވަގްނާރޯ އަސްއަދާބެހޭ ގޮތުން ބުނި ވާހަކައެކެވެ. އޭނާ ބުނީ އަސްއަދަކީ ލީޑަރޝިޕް ނެގޭވަރުގެ ލީޑަރެއް ކަމަށެވެ. ރަނގަޅު ކެޕްޓަނެއް ކަމަށެވެ. ހަގީގަތުގައި ކިތަންމެ މޮޅަށް ކުޅުނަސް އެކަންކުރުމަކީ ކޮންމެ ކުޅުންތެރިޔަކަށް ވާނެކަމެއްނޫނެވެ.

އަސްއަދުގެ ކުޅުން ރަނގަޅީ ހަމައެކަނި މިހާރަކު ނޫނެވެ. ފުޓްބޯޅައިގައި އޭނާގެ ޓްރޮފީ ހަރުގަނޑު ބަލާލައިފިނަމަ އެކަން އެނގޭނެއެވެ. އޭގައިވަނީ އެންމެ ޓްރޮފީއެއްނޫނެވެ. އެތަށް ޓްރޮފީއެކެވެ. އެންމެ ތަނަކުން ދީފައިވާ ޓްރޮފީއެއްވެސް ނޫނެވެ. އެތަށް ތަނަކުން ދީފައިވާ ޓްރޮފީ އެބަހުއްޓެވެ.

ބޭރުގެ ޓީމަކަށް ދިއުމުގެ ފުރުޞަތު އުނިއިތުރު ގެންނަވާ

ނ. މާފަރަށް އުފަން އަސްއަދަކީ ރާއްޖޭގެއިން ބޭރުގައި ކުޅުމުގެ ފުރުޞަތުވެސް ލިބިފައިވާ ކުޅުންތެރިޔެކެވެ. މީގެ އަހަރުތަކެއް ކުރިން އޭނާއަށް ވަނީ ޔޫރަޕް ޓީމަކަށް ކުޅެންދިޔުމުގެ ފުރުޞަތުވެސް ލިބިފައެވެ. އެއީ ވެލެންސިއާއަށް ކުޅުނު ދުވަސްވަރުގައެވެ. އޭރު ވެލެންސިއާގެ ކޯޗަކަށް ހުރި ހަންގޭރީގެ ލާސްލޯ ކިސް ވަނީ ހަންގޭރީގެ ޓީމަކަށް ކުޅެންދިޔުމުގެ އޮފަރއެއް އަސްއަދަށް އޭރު ކުރިމަތި ކޮށްފައެވެ. ނަމަވެސް އޭރު އޭނާގެ ނިންމުން ތަފާތުވީއެވެ.

އެކަމަކު މިހާރު ރާއްޖެއިން ބޭރުން އެކަހަލަ ޗާންސެއް ލިބިއްޖެނަމަ އެކަން އޭނާ ދޫކޮށެއް ނުލާނެއެވެ. އަސްއަދު ބުނިގޮތުގައި ބޭރު ޓީމަކަށް ކުޅެން ރަނގަޅު އޮފަރއެއް ލިބިއްޖެނަމަ އޭނާ ހުރީ ދާގޮތަށެވެ. ދާދިފަހުންވެސް އަސްއަދަށްވަނީ އެކަހަލަ އިޝާރާތެއް ލިބިފައެވެ. ނަމަވެސް ފަހުން ޚަބަރެއް ނުވިއެވެ.

ކުޅެފައިވާ ކްލަބްތައް އުނިއިތުރު ގެންނަވާ

އިތުރު ފާލަންތައް އުނިއިތުރު ގެންނަވާ