އަލްފާ ތެލެސީމިޔާ
އަލްފާ ތެލެސީމިޔާ(Alpha Thalassemia) އަކީ ލޭގައި ހިމެނޭ ހީމަގްލޯބިން ގައިވާ އުނިކަމަކުން ވާގޮތެކެވެ. ނުވަތަ މިއީ އަލްފާ ޗެއިން އުނިވުމުން ވާގޮތެކެވެ.ހީމަގްލޯބިން އަކީ ލެއަށް ރަތްކަން ގެނެސްދީ، ހަށިގަނޑުގެ ހުރިހާ ހިސާބަކަށް އޮކްސިޖަން ފޯރުކޮށްދޭ މާއްދާ އެވެ. ހީމަގްލޯބިން އުފެދިފައިވަނީ ދެބީޓާ އަދި ދެއަލްފާ ޗެއިން ގުޅިގެންނެވެ. މީގެތެރެއިން އަލްފާ ޗެއިން އުނިވުމުން ވަނީ އަލްފާ ތެލެސީމިޔާ އަށެވެ. މިއީ ދެކުނު އޭޝިޔާގައި ވަރަށް އާންމު ވައްތަރެކެވެ. މިވައްތަރު ދިވެހިރާއްޖެއިން ފެންނަލެއް ވެސް މަދެއް ނޫނެވެ. އަލްފާ ތެލަސީމިޔާގެ ދެ ވައްތަރެއް ވެއެވެ. އެއީ އަލްފާ ޒީރޯ ކެރިއަރުންނާއި، އަލްފާ ޕްލަސް ކެރިއަރުންނެވެ.