އަލްއަމީރު ޢަލީ މާފަތް ކިލެގެފާނު

އަލްއަމީރު ޢަލީ މާފަތް ކިލެގެފާނު (ކަޅުހުރާގޭ ތުއްތު ސީދީ) އަކީ އައްސައްޔިދު މުޙައްމަދު ސައްޤާފުލް ޙަޟްރަމީގެ ދަރިކޮޅުން ވަަޑައިގަތް އައްސައްޔިދު މުޙައްމަދުގެ އައްސައްޔިދު ޢަލީގެ އައްސައްޔިދު ކަޅުހުރާގޭ ޢަބުދުﷲ ދޮށީ ސީދީ ގެ ދަރިކަލެކެވެ. މަންމަ އަކީ ދަނޑިކޮށީގޭ ފާމުލަދޭރި ތަކުރުފާނުގެ ދޮންދީދީ (ޒުލައިޚާ) އެވެ. ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1309 ވަނަ އަހަރުގެ ތެރޭގައެވެ. ކަޅުހުރާގޭ ތުއްތު ސީދީ އަކީ ސުލްހައަށް މަސައްކަތް ކުރެއްވި ސިޔާސީ މުދައްބިރެކެވެ. ޢަރަބި އަދި ދީނީ އިލްމު އުގެނިވަޑައިގަތީ ޙުސައިން ޞަލާޙުއްދީންގެ އަރިއަހުންނެވެ. އަދި މާލޭގެ ބައެއް އެދުރުންގެ އަރިހުން އެކި ޢިލްމާއި ފަންނު ދަސްކުރެއްވި އެވެ. ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފައްޓަވާފައިވަނީ މުޙައްމަދު ޝަމްސުއްދީން(3) ގެ ފަހުކޮޅުގައެވެ.

ފުރުއްވި މަގާމްތައް

އުނިއިތުރު ގެންނަވާ
  • 7 ނޮވެމްބަރު 1944 – މަޙްކަމަތުލް އަޝްޣާލްގެ ވެރިކަން
  • 5 ނޮވެމްބަރު 1943 – މަހްކަމަތުއް ދާޚިލިއްޔާގެ ވަކީލްކަން
  • ދައުލަތް ހިންގާ މަޖުލީހުގެ މެންބަރުކަން
  • 1947 - ރައްޔިތުން މަޖުލީހުގެ އ.އަތޮޅުގެ މެންބަރުކަން
  • 1942 – އ.އަތޮޅުވެރިޔާކަން
  • 1944 – ހެންވޭރު އަދި މައްޗަށްގޮޅީ އަވަށުވެރިޔާކަން
  • ވަލީކޮމިޓީގެ މެންބަރުކަން
  • 4 އެޕްރީލް 1948 – މާފަތްކިލެގެކަން
  • 3 ސެޕްޓެމްބަރު 1932 – ގާނޫނު ހަދާ މަޖުލީހުގެ މެންބަރުކަން
  • ސިއްތި (ފާތިމަތު އަލީ ) : އާމިނަތު ޢަބުދުﷲ ދީދީ ގެ ބަނޑުފުޅުން
  • ދޮން ސިއްތި : ސަންފައިދި ( ދޮށީހުއްތު ދޮންދީދީގެ ބަނޑުފުޅުން)
  • ކުޑަ ސިއްތި : ސަންފައިދި ( ދޮށީހުއްތު ދޮންދީދީގެ ބަނޑުފުޅުން)
  • ސައްޔިދު ޢައްބާސް : ސަންފައިދި ( ދޮށީހުއްތު ދޮންދީދީގެ ބަނޑުފުޅުން)
  • ޅަސީދީ : ސަންފައިދި ( ދޮށީހުއްތު ދޮންދީދީގެ ބަނޑުފުޅުން)
  • ތުއްތު ސީދީ : ސަންފައިދި ( ދޮށީހުއްތު ދޮންދީދީގެ ބަނޑުފުޅުން)
  • ކުޑަ ސީދީ (ސައްޔިދު އަހުމަދު) : ސަންފައިދި ( ދޮށީހުއްތު ދޮންދީދީގެ ބަނޑުފުޅުން)
  • މުޙައްމަދު ލަތީފް : އެއްގަމުގޭ ތުއްތު ޢަލިދީދީގެ ދޮންގޮމާގެ ބަނޑުފުޅުން
  • ޢަބުދުއް ލަތީފް : އެއްގަމުގޭ ތުއްތު ޢަލިދީދީގެ ދޮންގޮމާގެ ބަނޑުފުޅުން

ކަޅުހުރާގޭ ތުއްތު ސީދީ އަވަހާރަވީ 14 ފެބުރުއަރީ 1949 ގައެވެ.

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006