އަލްއަމީރު ޙަސަން ފާމުލަދޭރި ކިލެގެފާނު
އަލްއަމީރު ޙަސަން ފާމުލަދޭރި ކިލެގެފާނު (ބުރުނީގޭ ޙަސަންދީދީ / އެއްގަމުގޭ ޙަސަންދީދީ) އަކީ އާންމު ޚިދުމަތް ކުރެއްވުމާއި ދައުލަތުގެ މަޞްލަހަތު ރައްކާތެރި ކުރެއްވުމަށް މަސައްކަތްކުރެއްވި ބޭފުޅެކެވެ. ބައްޕައަކީ މީދޫ މުޙައްމަދު ތަކުރުފާނުގެ ފުތް ތޮއްޑޫ ޢަލީ މަނިކުފާނު އެވެ. މަންމައަކީ އަތިރީގޭ ޙުސައިން ދޮށިމޭނާ ކިލެގެފާނުގެ މޫސާ ދީދީގެ ފާތިމަތު ދީދީ އެވެ. އުފަންވެ ވަޑައިގަތީ 1828 ވަނަ އަހަރު އެވެ. އަލްއަމީރު ޙަސަން ފާމުލަދޭރި ކިލެގެފާނު އަކީ ނޫރައްދީން ބަންޑާރައިންގެ ރަސްކަމުންގެ މެދެއްހާ ހިސާބުން ފެށިގެން ދައުލަތް ހިންގެވުމުގެ އިސްރޯލެއް އަދާކުރެއްވި ފަރާތެކެވެ. ތަންދޮރު ދެނެވަޑައިގަންނަވާ ވިސްނުންތެރި ހެޔޮލަފާ ބޭފުޅެކެވެ. ހެވިކަން ދެނެވަޑައިގަންނަވާ ކުޅިސަމާ ޖައްސަވާ ހެއްދެވި އެވެ. ހިލޭ ބޭސް ކޮށްދެއްވި މޮޅު ބޭސް ވެރިއެކެވެ. ސަރުކާރުގައި ފުރުއްވި މަގާމްތަކަކީ ހިޖުރައިން 1304 ވަނަ އަހަރު ލިބިވަޑައިގަތް ފާމުލަދޭރި ކިލެގެކަން، އަދި އެއަހަރު ލިބިވަޑައިގަތް ރަދުންގެ މަޝްވަރާ މަޖުލީހުގެ މެންބަރުކަން އެވެ.
ބޭފުޅުން
އުނިއިތުރު ގެންނަވާ- އެއްގަމުގޭ ދޮންދީދީ
- އެއްގަމުގޭ މެދުދީދީ (ޢާއިޝަތުދީދީ)
- އެއްގަމުގޭ ޢަބުދުﷲ ދީދީ
- އެއްގަމުގޭ ޙުސައިން ދީދީ
- އެއްގަމުގޭ އަޙުމަދު ދީދީ (ހަކުރާ މަނިކުފާނު)
- އުއްމު ކުލްސޫމް ދީދީ (ޙާޖީ އިމާދުއްދީންގެ އަނބިކަބަލުން)
- އެއްގަމުގޭ ޢަލީ ދީދީ (ތުއްތު ޢަލީދީދީ / ބޮޑު ބަނޑޭރި މަނިކުފާނު)
- ބުރުނީގޭ މުޙައްމަދު ދީދީ
- ބުރުނީގޭ އިބްރާހީމް ދީދީ
އަލްއަމީރު ޙަސަން ފާމުލަދޭރި ކިލެގެފާނު އަވަހާރަވީ 1897 ވަނަ އަހަރު އެވެ.
މަރުޖިޢުތައް
އުނިއިތުރު ގެންނަވާ- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006