އިސްލާމީ ތާރީޚް ދުށް މަޝްހޫރު ބޭސްވެރިންގެ ތެރެއިން އައްޒަހުރާވީ ފާހަގަ ކުރެވެނީ އޮޕަރޭޝަނާ ބެހޭ ޑޮކްޓަރެއްގެ ގޮތުގައެވެ. އޮޕަރޭޝަންގެ ދާއިރާގައި ގިނަގުނަ ޚިދުމަތްތަކެއް އޭނާވަނީ އަދާކޮށްދީފައެވެ.

ކުޑަ ކުދިންނަށް ވެކްސިން ދިނުމަށް ބޭނުންކުރެވޭ ޚާއްޞަ ބަބްލް ސިރިންޖު ފުރަތަމަ އީޖާދު ކުރެއްވީ އައްޒަހްރާވީ އެވެ. މަސާނާ އަށް ފަރުވާ ދިނުމަށްޓަކައި ގެލެކް ބްލެޑަރ ސިރިންޖު އީޖާދު ކުރެއްވީ ވެސް ހަމަ އައްޒަހްރާވީއެވެ. ކަންފަތް ދޮވެ ސާފުކުރާ ސާމާނު ރިއްސާއި ލޮއިން އުފައްދައި އެފަރުވާ ފުރަތަމަ ދެއްވީ ވެސް އައްޒަހްރާވީ އެވެ.

އޮޕަރޭޝަންކޮށް ފެހުމަށްޓަކައި ފަށުއި ރޮދި، ދަތްޕިލަ ތެދަށް ބެހެއްޓުމަށްޓަކައި ރަން ނަރު، އަދި ގޮހޮރު ފެހުމަށްޓަކައި ބުޅަލު ގޮހޮރު ރޮނދި، ފުރަތަމަ ބޭނުން ކުރައްވަން ފެއްޓެވީ ވެސް އައްޒަހުރާވީ އެވެ. މަސާނާ އިން ހިލަ ނެގުމުގެ އޮޕަރޭޝަން، ޓޮންސިލް އޮޕަރޭޝަން، ނޭވާލުން ފަސޭހަ ކުރުމަށް ކުރެވޭ އޮޕަރޭޝަނަކީ ބޭސްވެރިކަމުގެ ދާއިރާގައި އައްޒަހުރާވީ އަލަށް ކުރައްވަން ފެއްޓެވި އޮޕަރޭޝަން ތަކެވެ. މީގެ އިތުރުން އޮޕަރޭޝަން ކުރުމުގައި ބޭނުންކުރާނެ ގިނަ ޢަދަދެއްގެ އާ ބާވަތްތަކާއި ސާމާނު ވެސް އައްޒަހުރާވީ އީޖާދު ކުރެއްވި އެވެ.