އައްނަބީލް ޙަސަން ޒަރީރު އަކީ މޫނިމާގޭ ސީދީގެ ދަރިކަލެކެވެ. މަންމަ އަކީ ޝަމުސުއްދީން(3) ރަދުންގެ މެދުގޮމާ އެވެ. އައްނަބީލް ޙަސަން ޒަރީރު ތަޢުލީމް ޙާޞިލްކުރެއްވީ ސިލޯނުގެ އިގިރޭސި ސްކޫލް ތަކުންނެވެ. އިންޖިނޭރުކަން، އިގިރޭސި، އުރުދޫ، ސިންގަޅަ، އަދި ތަމަޅަ ބަސް ދެނެވަޑައިގަނެއެވެ. ބަގީޗާ ހެއްދެވުން އަދި ގުރާ ގެންގުޅުއްވުމަކީ ހޮބީއެއްގެ ގޮތުން ކުރެއްވި ކަންކަމެވެ.

ފުރުއްވި މަގާމްތައް އުނިއިތުރު ގެންނަވާ

  • ރޭޑިޔޯ އޮޕަރޭޓަރުކަން
  • 1947 – ރައްޔިތުން މަޖުލީހުގެ މެންބަރުކަން
  • 1958 – މަޙްކަމަތުލް ޚާރިޖިއްޔާގެ ސެކެޓްރީކަން
  • 7 ޑިސެމްބަރު 1960 – 11 ނޮވެމްބަރު 1968 – ވަޒީރުއްތިޖާރާ ވައްތަމްވީންކަން
  • 11 ނޮވެމްބަރު 1968 – 1 އޮކްޓޯބަރު 1972 – މިނިސްޓަރ އޮފް އެޑިޔުކޭޝަންކަން
  • 1 އޮކްޓޯބަރު 1972 – 1 ޖުލައި 1974 – މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ޑިވެލޮޕްމެންޓްކަން
  • މިނިސްޓަރ އޮފް ޓްރާންސްޕޯޓްކަން ( 2 ފަހަރު )
    • 1 ޖުލައި 1974 – 5 ޖޫން 1976 – ފުރަތަމަ ފަހަރު
    • 11 ނޮވެމްބަރު 1978 – 4 ޖޫން 1980 – ދެވަނަ ފަހަރު
  • 7 ޖޫން 1976 – 6 ޖެނުއަރީ 1977 – ރައީސުލް ޖުމްހޫރިއްޔާގެ ނާއިބުކަން
  • 6 ޖެނުއަރީ 1977 – 11 ނޮވެމްބަރު 1978 – މިނިސްޓަރ އޮފް ޕްރޮވިންޝަލް އެފެއާޒްކަން
  • 6 ނޮވެމްބަރު 1958 – އައްޑުއަތޮޅު މައްސަލަ ހަމަޖެއްސުމަށް އުފެއްދި ކޮމިޓީގެ މެންބަރުކަން

މަރުޖިޢުތައް އުނިއިތުރު ގެންނަވާ

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006