އައްނަބީލް މުޙައްމަދު ޢިމާދުއްދީން
އައްނަބީލް މުޙައްމަދު ޢިމާދުއްދީން (މައްޗަންގޮޅީ ގަނޑުވަރު ދޮށީ މަނިއްޕުޅު) އަކީ ސާނަވީ ފެންވަރަށް މަދަރުސަތުއް ސަނިއްޔާއިން ތަޢުލީމް ޙާޞިލްކުރެއްވި ބޭފުޅެކެވެ. ބައްޕާފުޅަކީ އާގަނޑުވަރު މަނިއްޕުޅު ނުވަތަ މައްޗަންގޮޅީ ގަނޑުވަރު ޢަބުދުﷲ ތުއްތު މަނިއްޕުޅު އެވެ. މަންމާ ފުޅަކީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން ރަދުންގެ ދޮންގޮމާ އެވެ. އައްނަބީލް މުޙައްމަދު ޢިމާދުއްދީން ވަނީ ހިސާބު ކިޔަވައި ދިނުމުގައި ކެނޑިނޭޅި މަސައްކަތްކުރައްވާފައެވެ. ދެކުނު ގަޑުބަޑު ހަމަޖެއްސެވުމަށް އިބްރާހީމް ނާޞިރު މޯލްޑިވްސް ސްޓަރ ގައި ވަޑައިގެންނެވި ދަތުރުފުޅުގެ ބައިވެރި އެކެވެ.
ފުރުއްވި މަގާމްތައް
އުނިއިތުރު ގެންނަވާ- 30 އޮކްޓޯބަރު 1944 ހޯމަ : މުދައްރިސްކަން – މަދަރުސަތުއް ސަނިއްޔާ
- 18 މާރޗް 1944 ހޮނިހިރު : ކ.ހ ކޮމިޓީގެ މެންބަރުކަން
- 2 އޮގަސްޓް 1959 އާދީއްތަ : ވުޒާރަތުއް ތިޖާރާ ވައްތަމްވީންގެ ވަކީލުކަން
- 1960 : ރައްޔިތުން މަޖުލީހުގެ ދ.އަތޮޅުގެ މެންބަރުކަން
އަޚުންނާއި އުޚުތުން
އުނިއިތުރު ގެންނަވާ- ޖަޢުފަރު ކަމާލުއްދީން
- ރަޝީދާ ޢިމާދުއްދީން
އަވަހާރަވުން
އުނިއިތުރު ގެންނަވާއައްނަބީލް މުޙައްމަދު ޢިމާދުއްދީން (މައްޗަންގޮޅީ ގަނޑުވަރު ދޮށީ މަނިއްޕުޅު) ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ 9 ޖޫން 1960 ގައެވެ.
މަރުޖިޢުތައް
އުނިއިތުރު ގެންނަވާ- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006