އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބު
އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބު އަކީ ދިވެހި ސަރުކާރަށާއި، ދިވެހި ބަހާއި އަދަބަށް ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެކެވެ. އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބު ގެ ބައްޕާފުޅަކީ އައްނަބީލް ޙުސައިން ޙަބީބު(ކަކާގޭ ތުއްތު މަނިކު) އެވެ. މަންމާ ފުޅަކީ އަލްމަރުހޫމާ އަލްއަމީރާ ޝަހީމާ ޝަމުސުއްދީން އެވެ.
އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބު ފުރަތަމަ ތަޢުލީމް ޙާޞިލް ކުރެއްވީ އިންޑިޔާގެ ހައިދަރު އާބާދުގެ އުސްމާނިޔާ ޔުނިވަސިޓީގެ ސްކޫލަކުންނެވެ. އޭގެ ކުރިން ޢިލްޒާމީ ތަޢުލީމް ޙާޞިލްކުރެއްވީ ގެއަށް މީހަކު ގެންނަވައިގެންނެވެ. އިންޑިޔާއިން ސުކޫލް ނިންމެވީ 1948 ގައި މެޓްރިކިޔުލޭޝަން އުރުދޫ މީޑިއަމް އިންނެވެ. 1953 ގައި ސްރީލަންކާގައި ހުންނަ ހޯލީ ފެމިލީ ކޮންވެންޓް ހައިސްކޫލުން އިގިރޭސި މީޑިއަމް އަށް ތަޢުލީމް ޙާޞިލްކުރައްވާފައި ވެއެވެ. ތަޢުލީމީ ދައުރު ނިންމަވާލަން ޖެހުނީ ވެރިކަމަށް އައި ބަދަލާއި ގުޅިގެން ސްރީލަންކާގައި ތިބި ޠާލިބާއިން ރާއްޖެ ގެންނެވުމާއި ގުޅިގެންނެވެ.
ސަރުކާރުގެ ޚިދުމަތް
އުނިއިތުރު ގެންނަވާ1956 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބު ހުންނެވީ ސަރުކާރުގެ ޚިދުމަތުގައެވެ. އެކަމަނާ އަދާކުރެއްވި ބައެއް ވަޒީފާތަކަކީ:- ވުޒާރަތުލް މަޢާރިފްގެ ވަޒީފާ
- މަދަރުސަތުއް ސަނިއްޔާގެ މުޢާވިނާކަން
- މަދަރުސަތުލް އަމީނިއްޔާގެ މުދައްރިސާކަން
- 2 ނަންބަރު މުދައްރިސާކަން
- ޚާއްޞަ މުދައްރިސާކަން
އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބު ކިޔަވާދެއްވުމުގެ ވަޒީފާއިން ބަދަލުވެ ވަޑައިގަތީ އޮފީސް ހިންގެވުމުގެ ވަޒީފާ އަށެވެ. އެކަމަނާ މަސައްކަތްކުރެއްވި ބައެއް ދާއިރާ ތަކަކީ:-
- ވަޒީރުލް އަޢުޒަމް އޮފީހުގެ ވަޒީފާއެއް
- ވުޒާރަތުއް ޞިއްޙާގެ ވަޒީފާއެއް
- ވުޒާރަތުލް މާލިއްޔާގެ ވަޒީފާއެއް
- ޑަބްލިޔޫއެޗްއޯ އާއި ބެހޭ ބައިގެ ވަޒީފާ
- މިނިސްޓްރީ އޮފް އެކްސްޓަނަލް އެފެއަޒްގެ ވަޒީފާ
- މަޖީދީ ކުތުބުޚާނާގެ ވަޒީފާ
- މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ ވަޒީފާ
- މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގެ ވަޒީފާ
- ޑިޕާޓްމަންޓް އޮފް ޑިވެލޮޕްމަންޓް އެންޑް ފޮރިން އެއިޑްގެ ވަޒީފާ
ފުރަތަމަ ޕެންޝަން ލިބިވަޑައިގަތީ 1976 ވަނަ އަހަރު ގައެވެ.
ފުރަތަމަ ޕެންޝަނަށްފަހު ރައީސް އަލްއުސްތާޛު މައުމޫން ޢަބުދުލް ޤައްޔޫމްގެ ރައީސްކަން ފެށުމާއި ހަމައަށް ޙަބީބާ ހުންނެވީ އަމިއްލަ މަސައްކަތުގައެވެ. އެއީ އިގިރޭސި ބަސް އަދި އުރުދޫ ބަސް ކިޔަވައި ދެއްވުމުގައެވެ. ފުރަތަމަ ޕެންޝަނަށްފަހު އަލުން ސަރުކާރުގެ ވަޒީފާ އަދާކުރައްވަން ފެއްޓެވީ 1978 ވަނަ އަހަރު މަޖީދީ ކުތުބުޚާނާ ގައެވެ. 1982 ވަނަ އަހަރު މަޖީދީ ކުތުބުޚާނާ ގައުމީ ކުތުބުޚާނާ އަކަށް ބަދަލުވެ އެތަން ހިންގުމަށް އިސްވެރިޔަކަށް ހުންނެވީ އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބު އެވެ.
ކުތުބުޚާނާ ގައި އަދާކުރެއްވި ވަޒީފާތައް
އުނިއިތުރު ގެންނަވާ- ލައިބްރޭރިއަން
- ޑެޕިއުޓީ ޑިރެކްޓަރު
- ޑިރެކްޓަރު
- ޑިރެކްޓަރު ޖެނެރަލް
- އެސިސްޓެންޓް އެގްޒެކްޓިވް ޑިރެކްޓަރު
އަދާކުރެއްވި އިތުރު ވަޒީފާ
- ފިލްމް ސެންސަރު ބޯޑްގެ މެންބަރު
ދެވަނަ ޕެންޝަން ލިބިވަޑައިގަތީ 1998 ވަނަ އަހަރުގައެވެ.
އަދަބީ ޚިދުމަތް
އުނިއިތުރު ގެންނަވާއައްނަބީލާ ޙަބީބާ ޙުސައިން ޙަބީބު އަކީ ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތްކުރައްވާ މުޞައްނިފެކެވެ. ލިޔުންތެރިކަމަށް ވެދެވަޑައިގަތުން ފާހަގަ ކުރެވިފައިވަނީ އޭނާ ފުރަތަމަ ލިޔުއްވި ވާހަކަ އާދެ 2 ރަބީޢުލް އައްވަލް 1376 ގައި މުންނާރު ނޫހުގައި ލިޔުއްވި ލޭއޮހޮރުވާލުމުން މެނުވީ ހިތުގެ ލޯތްބަކީ ވަޒަން ނުވެވޭނެ އެއްޗެކެވެ. މިވާހަކަ އެވެ. އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބު ދިވެހި އަންހެނުންގެ ސަފުގައި ލިޔުންތެރިކަމުގެ ރޮނގުން ވަރަށް ކުރީގައި ހުންނެވި ބޭފުޅެކެވެ. މިރޮނގުން ދިވެހި ތާރީޚާ ޘަޤާފަތާއި ބެހޭ ކަންކަމާއި ބެހޭގޮތުން އެކިއެކި ހޯއްދުންތައް ހޯއްދަވައި ލިޔުއްވާފައި ވެއެވެ. އަދި ތަރުޖަމާ ކުރެއްވުމުގައި ވެސް ވަރަށް ފުންނާބު އުސް ބޭފުޅެކެވެ. ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒަށް ލަފާދެއްވާ މަޖުލިސްގެ މެންބަރެކެވެ. ފަތްތޫރައިގައި އެކަމަނާ އެކި ރޮނގުތަކަށް ލިޔުއްވާފައިވާ އަދަބީ މަޒުމޫނާއި ޅެންތައް ޝާއިޢުކޮށްފައި ވެއެވެ. މައްޗަންގޮޅީ އަންހެނުން ކޮމިޓީގެ ރައީސްކަން ޖެހިޖެހިގެން ދެފަހަރު ކުރައްވާފައި ވެއެވެ. އަދި އަވަށު މަސައްކަތުގައި ތަފާތު ރޯލްތައް އަދާކުރައްވާފައި ވެއެވެ.
ތަރުޖަމާ ކުރައްވާފައިވާ ވާހަކަތައް
އުނިއިތުރު ގެންނަވާ- ކުރުވާހަކަ ލިޔާނެގޮތް
- އިސްލާމީ ތާރީޚް
- ތާރީޚީ މަޒުމޫނު
- ބާރތާ އެމްކާލްގެ މާފަށްވުރެ
- އިޔަން ޕްލަމިންގެ 8 ވާހަކަފޮތް
- ތަޞްވީރު
- ތަގުދީރުގެ ނިޔާ
ލިޔުއްވާފައިވާ ފޮތްތައް
އުނިއިތުރު ގެންނަވާ- މުޙައްމަދު ތަކުރުފާނު ދަ ގްރޭޓްސް ( އިގިރޭސި ބަހުން )
- ދިވެހި ތާރީޚަށް އަވަސްކަޅިއެއް
- ދިވެހިންގެ އާދަކާދަ (ފޯކްލޯރ)
- އިންވޭޝަން އިން ޕްރައިމަރީ ސްކޫލް ކޮންސްޓްރަކްޝަން
- ކިލާލުގެ ބާނީ
- ނައުޝީން
- ފަތްމިނި
އަދި މީގެ އިތުރުން އެކި މަޖައްލާ ނޫސްތަކުގައި ތަފާތު މައުޟޫތަކަށް މަޒުމޫނު ލިޔުއްވާފައި ވެއެވެ.
ހޯއްދަވާފައިވާ އިނާމާއި ސެޓްފިކެޓް
އުނިއިތުރު ގެންނަވާއައްނަބީލާ ޙަބީބާ ޙުސައިން ޙަބީބު ތަފާތު ރޮނގުތަކުން ސެޓްފިކެޓް ތައް ޙާޞިލްކުރައްވާފައި ވެއެވެ.
- 1951 : ޕްރިލިމިނަރީ ކޯސް އޮފް ފަސްޓް އެއިޑް ޓުދަ އިނެޖަރޑް – ދަ ސެއިންޓް ޖޯން އެމްބިއުލަންސް އެސޯސިއޭޝަން - ލަންޑަން
- 1952 : ޕްރިލިމިނަރީ ކޯސް އިން ހޯމް ނާރސިންގ – ދަ ސެއިންޓް ޖޯން އެމްބިއުލަންސް އެސޯސިއޭޝަން – ލަންޑަން
- 1986 : އިންޓްރަޑަކްޝަން ޓު ލައިބްރަރީ ޓެކްނީޝަން
- 1986 : ބޭސިކް ލައިބްރަރީ ޓެކްނީކް
- 1987 : އިންޓަމީޑިއޭޓް ލައިބްރަރީ ޓެކްނީކް
- 1993 : ސެޓްފިކެޓް އިން ފޯރކްލޯރ – އިންޑިޔާނާ ޔުނިވަސިޓީ – އެމެރިކާ
- ބައިނަލް އަގްވާމީ ކޮންފަރެންސްތަކަށް ދިވެހިރާއްޖޭގެ ލައިބްރަރީގެ ފަރާތުން ކަރުދާސް ހުށަހެޅުއްވުން
އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބު ވަނީ ތަފާތު ރޮނގުތަކުން ސަރުކާރުން ދެއްވާ އިނާމްތައް ހާޞިލް ކުރައްވާފައެވެ.
- ތަރުޖަމާ ކުރުމުގެ ޢާންމު ޚިދުމަތުގެ އިނާމް
- ސަރުކާރަށް ޚިދުމަތްކުރުމުގެ 25 އަހަރުގެ އިނާމް
- ނޫސްވެރިކަމުގެ ރަންގަލަން
ޢާއިލާ
އުނިއިތުރު ގެންނަވާއައްނަބީލާ ޙަބީބާ ޙުސައިން ޙަބީބު ގެ ޒަވާޖީ ޙަޔާތް ފެއްޓެވީ 1954 ގައެވެ. ކައިވެނި ކުރެއްވީ ނޫރައްދީން ބަންޑާރައިންގެ ދަރިކަނބަލުން އަލްއަމީރާ ޙަލީމާ ނޫރައްދީންގެ ދަރިކަލުން އައްނަބީލް ޢަބުދުﷲ ޒުބައިރު އާއެވެ. ބޭފުޅުން
- އިބްރާހީމް ޒުބައިރު
- ޝަފީޢާ ޒުބައިރު
- ޝާހިދާ ޒުބައިރު
މަރުޖިޢުތައް
އުނިއިތުރު ގެންނަވާ- ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006