އައްނަބީލާ ފާޠިމަތު އިބްރާހީމް ދީދީ

ދިވެހިރާއްޖޭގެ ޝާހީ އާއިލާގެ މެންބަރު (1918-2008)

އައްނަބީލާ ފާޠިމަތު އިބްރާހީމް ދީދީ ގެ ބައްޕާ ފުޅަކީ ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު ނުވަތަ އެއްގަމުގޭ ތުއްތުޢަލީދީދީގެ ސީދީ ނުވަތަ އަލްއަމީރު އިބްރާހީމް އަލީދީދީ އެވެ. މަންމައަކީ އައްސުލްޠާން ޙާޖީ ޢިމާދުއްދީންގެ އަލްއަމީރާ ގުލިސްތާން ޢިމާދުއްދީން އެވެ. އައްނަބީލާ ފާޠިމަތު އިބްރާހީމް ދީދީ ތަޢުލީމް ޙާޞިލްކުރެއްވީ ޙާޖީ ޢިމާދުއްދީންގެ އަރިހުގައި ހުންނަވައިގެން މިޞްރުންނެވެ. ޢަރަބި، އިގިރޭސި، ސިންގަޅަ، އަދި ތަމަޅަ ވެސް ދެނެލައްވައެވެ. މަޢުލޫމާތު މުއްސަދި އުގަންނައިދެއްވުމުގައި ކުޅަދާނަ ބޭފުޅެކެވެ.

ފުރުއްވި މަގާމްތައް

އުނިއިތުރު ގެންނަވާ
  • 27 ނޮވެމްބަރު 1944 ހޯމަ: މަދަރުސަތުއް ސަނިއްޔާގެ އ.ގޮފީގެ ނާޒިރާގެ މުޢާވިނާކަން އަދި ނާއިބުކަން
  • 20 މާރޗް 1945 ބުދަ : އެވަރގްރީންގައި ތިބޭކުދިން ބެލެހެއްޓުމުގެ ވެރިޔާކަން
  • 22 ޑިސެމްބަރު 1952 އަންގާރަ : ސެންޓްގެ ރައީސާކަން
  • 1952 : ރައްޔިތުން މަޖުލީހުގެ ތިލަދުންމަތީގެ މެންބަރުކަން
  • 1 ޖެނުއަރީ 1953 : ވަޒީރުންގެ މަޖުލީހުގެ މެންބަރުކަން

އައްނަބީލާ ފާޠިމަތު އިބްރާހީމް ދީދީ އަށް ލިބިވަޑައިގެންނެވި ބޭފުޅަކީ އަލްފާޟިލް އިސްމާޢީލް ޝަފީޢު (ހ.އޯކިޑްމާގެ) އެވެ.

  • ހަދާނާއި ތާރީޚްގެ ތެރެއިން - 1 ވަނަ ބައި - އަހުމަދު ނަޖީބް - 2006