އަންދާ ޤާނޫނު (ކަނު ޤާނޫނު) އަކީ 1983 ވަނަ އަހަރު ބޮލީވުޑް ގައި އުފެއްދި ފިލްމެކެވެ. ޑައިރެކްޓް ކުރީ ޓީ. ރާމަ ރާއޯ އެވެ. މި ފިލްމުގައި ހެމާ މާލިނީ، ރަޖްނީކާންތު އަދި ރީނާ ރޯއީ ހިމެނެއެވެ.

މީގެ އިތުރުން އަމީތާބް ބައްޗަން އާއި މަދަވީ ހާއްސަ ފެނިލުމެއް ހިމެނިފައި ވެއެވެ. މިއީ 1981 ވަނަ އަހަރު އުފެއްދި ތަމަޅަ ފިލްމު، ސައްތަމް އޮރު އިރުއްތަރަ، އަސްލަކަށް ބަލައިގެން އުފެއްދި ފިލްމެކެވެ.

ޕްލޮޓް އުނިއިތުރު ގެންނަވާ

ޖާން ނިސާރް އަހްތަރު ޚާން އަކީ ފޮރެސްޓް އޮފިސަރެކެވެ. ޖަންގަލިން ގަސް ކަނޑައިގެން ކުރާ ވަގު ވިޔަފާރި ކުރާ ބަޔަކު ޚާން އަށް ރިސްވަތު ދޭން މަސައްކަތް ކުރެއެވެ. އަދި ފަހުން އެތަނުން އެކެއް، ރާމް ގުޕްތާ، މަރާލިކަމުގެ ކުށުގައި ޚާން ދިގު މުއްދަތަށް ޖަލަށް ލެވެއެވެ. ޚާން ޖަލުގައި ހުއްޓާ، އޭނާގެ އަންހެނުންނާއި ދަރިފުޅު އަމިއްލަ އަށް މަރުވެއެވެ. ދުވަސްތަކެއް ފަހުން ޚާން ޖަލުން ސަލާމަތްވެ، ވިޖޭ ސިންގް އާ ދިމާވެއެވެ. ވިޖޭ ސިންގް ގެ އާއިލާގެ 3 މީހަކު މަރާލާފައިވާތީ، އެކަމުގެ ބަދަލު ހިފުމުގެ ހަރަކާތުގައި އޭނާއާ އެކު ޚާން ބައިވެރި ވެއެވެ. ފިލުމުގައި ދައްކައިދެނީ މި ބަދަލުހިފުން ކާމިޔާބު ކުރާ ގޮތެވެ.

މުމައްސިލުން އުނިއިތުރު ގެންނަވާ

  • ހެމާ މާލިނި ...... އިންސްޕެކްޓަރ ދުރުގަ ދޭވީ
  • ރަޖްނީކާންތް ...... ވިޖޭ ކުމާރު ސިންގް
  • ރީނާ ރޯއީ ...... މީނާ ސްރިވަސްތާ
  • އަމީތާބް ބައްޗަން ...... ޖާން ނާސިރް އަހްތަރު ޚާން
  • މަދަވީ ...... ޒާހިޔާ ޚާން
  • ދަރުމެންދުރާ ...... ޓްރަކް ޑްރައިވަރ
  • ޕްރާން ...... އެންތަނީ
  • ޕްރޭމް ޗޮޕްރާ ...... އަމަރް ނަތް
  • ޑެނީ ޑެންޒޯންޕާ ...... އަކްބަރް އަލީ
  • އަމްރިޝް ޕޫރީ ...... ޖައިލަރ ގުޕްތާ
  • އޯމް ޝިވަޕޫރީ ...... ޕޮލިސް ކޮމިޝަނަރ
  • އާސްރާނި ...... ކޮންސްޓެބްލް