އަންހެނާގެ ޖިންސީ ގުނަވަން
އަންހެނާގެ ޖިންސީ ގުނަވަން(އިނގިރޭސި ބަހުން: Vagina) ފެށިފައި އިންނަނީ ރަހިމުގެ ކަރު ނިމޭ ހިސާބުންނެވެ. މިއީ ބޭރަށް ހުޅުވިފައި އިންނަ ގުނަވަނެވެ. ޖިންސީ ގުޅުން ހިންގުމުގެ ތެރޭގައި ފިރިހެން ހަށި ވާޞިލް ކުރެވެނީ މިބަޔަށެވެ. އެނަޓަމިކަލް ގޮތުން ބަލާއިރު މިއީ މަޑު މަހުން އުފެދިފައިވާ އިލާސްޓިކް ކެނަލް އެވެ. ރަހިމުގެ ކަރުން ފެށިގެން ބޭރަށް ފަރުޖާއި ހަމައަށް އައިސްފައިވާ މި ގުނަވަންގެ އެވްރެޖް ދިގުމިނުގައި 18-15 ސެންޓިމީޓަރު ނުވަތަ 7-6 އިންޗި ހުންނަކަމަށް ބުނެވެއެވެ. މިގުވަނަށް ލިބިފައިވާ އިލާސްޓިކް ކަމެއްގެ ސަބަބުން ޖިންސީ ގުޅުން ހިންގާއިރާއި، ވިހެއުމުގެ ތެރޭގައި މިގުނަވަނަށް ދެމި ފުޅާވެ، ބޮޑުވުމުގެ ގާބިލިއްޔަތު ލިބިފައި ވެއެވެ.