ޑރ އަހުމަދު އަލީ ސަވާދު އަކީ ނިއުޒިލޭންޑްގައި ޑޮކްޓަރ އޮފް ފިލޯސަފީ ގާނޫނީ ދާއިރާ އިން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.

ޑރ އަހުމަދު ޢަލީ ސަވާދު

ޑރ އަހުމަދު ޢަލީ ސަވާދު ރާއްޖެ ވަޑައިގަތީ 2008 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެއީ މަތީ ތައުލީމް ޙާޞިލް ކުރެއްވުމަށްފަހު ރާއްޖެއިން ބޭރުގައި އުޅުއްވާތާ 16 އަހަރު ވުމަށްފަހު ގައެވެ. 2008 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުނު ގިނަ ސިޔާސީޕާޓީތަކުން ބައިވެރިވި ފުރަތަމަ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓް ކަން ޑރ އަހުމަދު ޢަލީ ސަވާދު ކުރައްވާފައި ވެއެވެ. އަހުމަދު ޢަލީ ސަވާދު އަކީ އެމްޑީޕީ އިއްތިހާދުން އެކުލަވާލާފައިވާ މިހާރުގެ ސަރުކާރުގެ މިނިސްޓަރ އޮފް ޓޫރިޒަމް ، ކަލްޗަރ އެންޑް އާޓްސް އެވެ.

ޑރ އަހުމަދު ޢަލީ ސަވާދު އަކީ މަޝްހޫރު ދިވެހި ބޭސްވެރިޔާ ޢަލީ ޙުސައިން ( ހ.ސީސައިޑް) ގެ ދަރިއެކެވެ. ޑރ އަޙުމަދު ޢަލީ ސަވާދުގެ ޢާއިލާ ރާއްޖޭގެ އެންމެ އުތުރުން ފެށިގެން ދެކުނުގެ ރަށްތަކަށްވެސް ފެތުރިފައި ވެއެވެ. އެގޮތުން ބައްޕަ ފަރާތު މާމަ އަކީ ހދ. ކުޅުދުއްފުށި އަދި ހއ. ތަކަންދޫ އަށް ނިސްބަތްވާ ފަރާތެކެވެ. ބައްޕަ ފަރާތު ކާފަ އަކީ ސ.ހުޅުދޫ މީހެކެވެ. މަންމަ ފަރާތު މާމަ އަކީ ޏ، ފުވައްމުލަކު މީހެކެވެ. އަދި މަންމަ ފަރާތު ކާފަ އަކީ މާލޭ މީހެކެވެ. ޑރ އަހުމަދު ޢަލީ ސަވާދު ގެ އަނބިކަނބަލުންނަކީ ސ.ހުޅުދޫ ޑރ ސަނިއްޔާ ނާޖީ އެވެ. އެއީ ދަތުގެ ޑޮކްޓަރެކެވެ.

ތައުލީމީ ޙަޔާތް

އުނިއިތުރު ގެންނަވާ
  • ޕީއެޗްޑީ - ގާނޫނީ ދާއިރާ - ފެކަލްޓީ އޮފް ލޯ - އޮޓާގޯ ޔުނިވަސިޓީ - ނިއުޒިލޭންޑް .

ޕީއެޗްޑީ އަށް ތީސިސް ލިޔުއްވި މަޢުޟޫ އަކީ Reservations to human Rights Treaties and the Cultural Relativist Paradigm: Examining Islamic Reservations

  • މާސްޓަރސް އޮފް ލޯ - ގާނޫނީ ދާއިރާ - ނޭޝަނަލް ލޯ ސްކޫލް - އިންޑިޔާ ޔުނިވަސިޓީ - ބެންގަލޫރު - އިންޑިޔާ

މާސްޓާރސް އަށް ލިޔުއްވި މައުޟޫ އަކީ Reservations to Human Rights” . އެންމެ މަތީ މާކްސް ލިބުނު ތީސިސް އަކަށް ވުމުގެ އިތުރުން ފުރަތަމަ ދަރަޖައިގެ ރަންމެޑެލް މިތީސިސް އަށް ލިބިފައި ވެއެވެ.

  • ބެޗްލާރސް އޮފް ލޯ - ބެންގަލޫރު ޔުނިވަސިޓީ - ބެންގަލޫރު - އިންޑިޔާ
  • ބެޗްލާރސް އޮފް އާޓްސް - ޕޮލިޓިކަލް ސައިންސް - ހިސްޓްރީ - އިކޮނޮމިކްސް - ބެންގަލޫރު ޔުނިވަސިޓީ - ބެންގަލޫރު - އިންޑިޔާ
  • ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ - ނޫސްވެރިކަން - އޭޝިޔާން ކޮލެޖް އޮފް ޖާނަލިޒަމް - ބެންގަލޫރު - އިންޑިޔާ

މަސައްކަތުގެ ތަޖުރިބާ

އުނިއިތުރު ގެންނަވާ

ޑރ އަހުމަދު ޢަލީ ސަވާދުގެ މަސައްކަތުގެ ތަޖުރިބާ އަށް ބަލާއިރު ތަޢުލީމު ޙާޞިލްކުރި ހުރިހާ ދާއިރާއަކުން ތަޖުރިބާ ހޯއްދަވާފައިވެއެވެ. އެގޮތުން 2000 ން 2004 އަށް ދިވެހިރާއްޖޭގެ ތަފާތު ކުންފުނިތަކާއި ފަރާތްތަކަށް ގާނޫނީ ލަފާ ދީފައި ވެއެވެ. އަދި އޭގެ ކުރިން އިންޑިޔާ ޔނިވަސިޓީގެ ނޭޝަނަލް ކޮލެޖް އޮފް ލޯ ގައި ގާނޫނީ މަސައްކަތްތައް ކުރައްވާފައި ވެއެވެ. މީގެ އިތުރުން އިންޑިޔާ ޓައިމްސް އަދި އިންޑިޔަން އެކްސްޕްރެސް މި ދެ ނޫހުގައި ޖާނަލިސްޓް ޓްރޭނީ އެއްގެ ގޮތުގައި ހަރަކާތްތެރި ވެފައި ވެއެވެ.

ޑރ އަހުމަދު ޢަލީ ސަވާދު ވަނީ ނިއުޒިލޭންޑް އޮޓާގޯ ޔުނިވަސިޓީގެ ފެކަލްޓީ އޮފް ލޯ ގައި ތަފާތު މަގާމްތައް އަދާކުރައްވާފައެވެ. އެގޮތުން ، ރިސާރޗަރ، ރިސާރޗް އެސިސްޓެންޓް، ޓިޗިންގެ އެސިސްޓެންޓް، އަދި ކޯޑިނޭޓަރެއްގެ މަގާމް ފުރުއްވާފައި ވެއެވެ. ޞިއްޙަތު، އިންސާނީ ހައްގުތައް، އަދި ތަގާފީ ތަފާތުކުރުންތައް މިމައުޟޫގެ މައްޗަށް ކޯހެއް ކޯޑިނޭޓްކޮށް ހިންގާފައި ވެއެވެ. މީގެ އިތުރުން އިސްލާމީ ޝަރީޢަތާއި، އިންސާނީ ހައްގުތަކާއި ބެހޭ ވަރަށް ގިނަ ދަރުސްތައް ދެއްވާފައި ވެއެވެ.