ނިލަންދޫ ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި އޭނާވަނީ އަހަރުތަކެއް ހޭދަކޮށްފައެވެ. ނިލަންދޫ ކަތީބު ކަމާއި، އެހެނިހެން ބައެއް މަޤާމްތައް އޭނާވަނީ ފުރުއްވާފައެވެ. އެއީ އަގުހުރި ޢިލްމީ އެތައް ދަރިންތަކެއްގެ ބައްޕައެކެވެ. އޭނާގެ ކިބައިން އަބަދު ވެސް ފެންނާނީ މަޑުމައިތިރި ކަމާއި، ހިތް ހެޔޮ ކަމެވެ.

އަހުމަދު މޫސާ
އުފަން ތާރީޚް،
ނިލަންދޫ (ފ. އަތޮޅު) ގައި
ވަޒީފާދަނޑުވެރިއެއް
Religious beliefsއިސްލާމް
Spouse(s)މަރިޔަމް ޙަމީދާ

ދަނޑުވެރިކަމުގެ ތެރޭގައި އުނިއިތުރު ގެންނަވާ

ނިލަންދޫގެ ރައްޔިތުން ދަނޑުވެރިކަމުގެ ތެރެއަށް ވަދެގެން ދިޔައީ އޭނާގެ ސަބަބުންނޭ ބުނުން އެއީ ނިލަންދޫގައި އުޅޭ އެހެން ދަނޑުވެރިންނަށް ކުރެވޭ ބޭއިންސާފަކަށް ނުވާނެއެވެ. 1990 ވަނަ އަހަރުގެ ތެރޭގައި ޢިރާޤުން ކުވައިތަށް އެރުމާއި ގުޅިގެން ކުވައިތަށް މިނިވަންކަން ހޯދައިދިނުމަށްޓަކައި އެމެރިކާ އާއި އިރާޤާއި ދެމެދު ކުރެވުނު ހަގުރާމަ ހިނގި ދުވަސްވަރު ހަގުރާމައިގެ ސަބަބުން ކާބޯތަކެތީގެ ދަތިކަން ކުރިމަތިވެދާނޭ ކަމުގެ ބިރުހީވެ، އަމިއްލައަށް އިސްނަންގަވައިގެން ސަރުކާރުގައި ދަންނަވަައިގެން ޖަންގަލިން ބިމެއް ސާފުކޮށް އެތާގައި ދަނޑުވެރިކަމުގެ މަސައްކަތް ފެއްޓެވި އެވެ.

އަދި ޢާންމު ރައްޔިތުންގެ ސަމާލުކަން ހޯއްދައި މިކަމުގެ ބޭނުންތެރިކަމާ މެދު މީހުން ހޭލުންތެރި ކުރުވި އެވެ. ނަތީޖާއެއްގެ ގޮތުން ނިލަންދޫ މާލިއްޔަ ވައު ރައްޔިތުންގެ ދަނޑުބިންތަކަށް ބަދަލު ވެގެން ދިޔައެވެ. އޭގެ ނަތިޖާ ފޮނިވެފައި ރަހަ މީރު ވެސް މެއެވެ. ނަތީޖާއަކީ ކޮބައިކަން އެގިލައްވާތޯ އެވެ. މުޅި ދުނިޔޭގައި އަހަރަކު އެއްފަހަރު ފާހަގަކުރާ ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ގައުމީ ފެންވަރެއްގައި 1991 ވަނަ އަހަރު ފާހަގަކޮށްފައިވަނީ އަހަރެމެންގެ އުފަންރަށް ފ. ނިލަންދޫ ގައެެވެ. މިހާރު ތިޔަ ބޭފުޅުންނަށް އަޅުގަނޑު މިއިޝާރާތް ކުރައްވަނީ ކާކުކަން އެގިވަޑައިގެންފި ދޯ އެވެ. އާދެ! ނިލަންދޫ އަތިރީގޭ އަޙުމަދު މޫސާ އެވެ. ނިލަންދޫ ކުދިބޮޑު އެންމެހާ ރައްޔިތުންގެ ކަތީބު ދޮންބެ އެވެ.

ސަރުކާރަށް ޚިދުމަތް ކުރުން އުނިއިތުރު ގެންނަވާ

އަޅުގަނޑަށް މަޢުލޫމާތު ދެއްވި ބޭފުޅަކު ވިދާޅުވި ގޮތުގައި ކަތީބު ދޮންބެ ވަނީ 3 ފަހަރެއްގެ މަތިން ގާތްގަނޑަކަށް 5ވަަރަކަށް އަަހަރު ނިލަންދޫގެ ކަތީބުކަން ކުރައްވާފައެވެ. ފުރަތަމަ ކަތީބުކަން ލިބިލައްވާފައިވަނީ 1959 ވަނަ އަހަރު އެވެ. އެއަށްފަހު 1968ން 1971 އާއި ދެމެދުގެ މުއްދަތުގައި ވެސް ނިލަންދޫ ކަތީބުކަން ކޮށްފައި ވެއެވެ. އަދި 1997ން 1998 އަށް ވެސް ކަތީބުކަން ކޮށްފައި ވެއެވެ. މީގެ އިތުރުން ދުވަސްކޮޅެއް ވަންދެން ކުރިން އޮންނަ މަގާމެއްކަމުގައިވާ އަތޮޅުގެ ނާއިބުކަން ވެސް ކުރައްވާފައި ވެއެވެ.

ޢާންމު ޚިދުމަތުގެ އިނާމް ލިބިލެއްވުން އުނިއިތުރު ގެންނަވާ

އަމިއްލައަށް އިސްނަންގަވައިގެން 1990 ވަނަ އަހަރު ފެށި ދަނޑުވެރިކަމުގެ މަސައްކަތް އަދިވެސް މުޅިން ހުއްޓައެއް ނުލައްވައެވެ. މިއަދު ކަތީބު ދޮންބެ އެމަސައްކަތުގައި ޞިއްޙީ ޙާލު ހުރިގޮތުން ޙަރަކާތްތެރި ނުވި ނަމަވެސް އޭނާގެ ދޮށީ ދެ އަންހެން ދަރިންދަނީ ދަނޑުވެރިކަމުގެ މަސައްކަތްކޮށް ފައިދާ ހޯދަމުންނެވެ. 1991 ވަނަ އަހަރު ސަރުކާރުން ދެއްވާ ޢާންމު ޚިދުމަތުގެ އިނާމް ކަތީބު ދޮންބެ އަށް ލިބިފައިވެއެވެ. މިއިނާމް ލިބިފައިވަނީ ދަނޑުވެރިކަމުގެ ރޮގުން ޚިދުމަތް ކުރުމުގެ ސަބަބުންނެވެ. ކަތީބު ދޮންބެ އިސްނަންގަވައިގެން ނިލަންދޫގައި 1990 ވަނަ އަހަރު ފެއްޓެވި ދަނޑުވެރިކަމުގެ މަސައްކަތް ފާއިތުވި 16 ވަރަަކަށް އަހަރުގެ ތެރޭގައި ވަނީ ހީނުކުރާ ވަރަށް ފުޅާވެފައެވެ. ރަށުގެ އެތައް ރައްޔިތުންނެއް ދިރިއުޅުމަށްކުރާ މަސައްކަތަކަށް ދަނޑުވެރިކަން މިއަދުވަނީ ވެފައެވެ. ނަތީޖާއެއްގެ ގޮތުން މިއަދު މެދުރާއްޖެ ތެރޭގައި ފާހަގަކޮށްލެވޭ ދަނޑުވެރި ރަށަކަށް ނިލަންދޫވަނީ ވެފައެވެ.

އުފަން ދަރިން އުނިއިތުރު ގެންނަވާ

ކަތީބު ދޮންބެ އަކީ ތަޢުލީމީ އެތައް ދަރިންތަކެއްގެ ބައްޕައެކެވެ. އަދި ގައުމަށް ބޭނުންތެރި، ގައުމަށް ޚިދުމަތްކުރާ ވަފާތެރި އެތައް ދަރިންތަކެއްގެ ކާފައެކެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ފ.އަތޮޅާއި، އަދި ޚާއްޞަކޮށް ނިލަންދޫގެ އެކި ފެންވަރުގެ ވަޒީފާތަކުގައި ތިއްބެވި ވަރަށް ގިނަ މީހުންނަކީ ކަތީބު ދޮންބެއަށް ބައްޕަ، ނުވަތަ ކާފަކިޔާ ދަރީންނެވެ.

ނިލަންދޫގެ ފަސްގަނޑުން ޢިލްމީ ގޮތުން މަތީ ފާސް ނަންގަވައިގެން ތިއްބެވި އެންމެ ގިނަ ދަރިންގެ ބައްޕައަކީ ވެސް ކަތީބު ދޮންބެ އެވެ. ކަތީބު ދޮންބެ 4 ދަރިއަކު ފުރަތަމަ ޑިގްރީ ޙާޞިލް ކޮށްފައިވާ އިރު، އޭގެ ތެރެއިން އެކަކު ދަނީ ޕީއެޗްޑީ އަށް ކިޔަވަމުންނެވެ.އަނެކަކު ދަނީ އިންޑިޔާގައި މާސްޓާރޒް އަށް ކިޔަވަމުންނެވެ. ހަމަމިހެން ކަތީބު ދޮންބެ އަށް ބައްޕަ ކިޔުއްވާ 5 މީހަކު ޓީޗަރުންގެ ގޮތުގައި ފ.އ.ތ،މ ގައި މަސައްކަތް ކުރައްވައެވެ. ސްކޫލާއި، އަތޮޅު އޮފީހުގެ އިސް މަގާމްތަކުގައި ތިއްބެވީ ވެސް ކަތީބު ދޮންބެގެ ދަރިންނެވެ.

އުފަންދަރިންގެ ލިސްޓް އުނިއިތުރު ގެންނަވާ

 
އަހުމަދު މޫސާ އަތިރީގެ ފ.ނިލަންދޫ.
  • މަރިޔަމް އަހުމަދު
  • އަލީ އަހުމަދު
  • ފާތިމަތު އަހުމަދު
  • އިބްރާހީމް އަހުމަދު
  • ވަފިއްޔާ އަހުމަދު
  • ސަމިއްޔާ އަހުމަދު
  • މުޙައްމަދު ޖަލީލް - ފ.އަތޮޅު އަތޮޅުވެރިޔާގެ މުޢާވިން
  • ޢަބުދުއް ލަތީފް އަހުމަދު - ނޫސްވެރިއެއް
  • ޢަބުދުލް ޢަޒީޒް ޢަހުމަދު - ޑޮކްޓަރެއް
  • އުމްނިއްޔާ އަހުމަދު - ޓީޗަރެއް
  • ޢަބުދުއް ރަޝީދު އަހުމަދު - ޓީޗަރެއް
  • ރުގިއްޔާ އަހުމަދު - ޓީޗަރެއް
  • ޢަބުދުﷲ އަހުމަދު - ޓީޗަރެއް - ޕްރިންސިޕަލެއް
  • ޢަބުދުއް ޞަމަދު އަހުމަދު - ޓީޗަރެއް - އިންޖިނޭރެއް

ނިންމުން އުނިއިތުރު ގެންނަވާ

ކަތީބު ދޮންބެގެ ކައިރިއަށް ކަމަކު ޖެހިގެން މީހަކު ގޮސްފިނަމަ އެމީހަކަށް ވެވުނު ވަރަކުން އެހީތެރިވެ ދެއްވައެވެ. ފަހަރެއްގައި ވެސް އެއިން މީހަކު މާޔޫސްކޮށް ދެރަކޮށްލައްވާފައެއް ނުވެއެވެ. ކަތީބު ދޮންބެ ނިލަންދޫ އަށް ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކޮށް މިފުރުޞަތުގައި ޝުކުރުގެ ޖިޒީތައް ފޮނުވަމެވެ. އަދި ކަތީބު ދޮންބެގެ ދަރިންނާއި ކާފަދަރިންގެ ފަރާތުން ނިލަންދުއަށް ލިބިފައިވާ، އަދި ލިބެމުންދާ ޚިދުމަތްތައް ފާހަގަކޮށް ފަށްފަށުން ޝުކުރު އަދާކުރަމެވެ.

ނިލަންދޫ ރައްޔިތުންގެ ހިތުގައި ކަތީބު ދޮންބެ ފަދަ ކަމުވޮށިގެންވާ ކޮންމެ ޝަޚްޞިއްޔަތަކަށް އަބަދު ވެސް އިޙްތިރާމާއި، ލޯތްބާއި، ޤަދަރު އޮންނާނޭކަން ޔަގީނެވެ. ޓީވީ މޯލްޑިވްސް އިން އިޢުލާން ކޮށްފައިވާ ލާމަސީލު ކާފަ، މާމަ އެވޯޑަށް ނިލަންދޫ ފަސްގަނޑުން ނަމެއް ފޮނުވާނަމަ އެކަމަށް އެންމެ އައުލާކަން ބޮޑު ބަޔަކަށް ވާނީ ކަތީބު ދޮންބެގެ ދެމަފިރިންކަން ޔަގީނެވެ. ތިޔަފަދަ ޝަޚުޞިއްޔަތު ތަކަށް ދިގުއުމުރަކަށް އަބަދު ވެސް އަހަރެމެ

Patel, Saif Yusuf + Steifel, Tatiana Maria