އަހުމަދު އާދަމް (ހިކަރީ) އަކީ ދިވެހިރާއްޖޭގެ ފުރަތަމަ އިންޖިނޭރެވެ. ދ. މާއެނބޫދުއަށް އުފަން އަހުމަދު އާދަމް ދައުލަތަށް ޚިދުމަތް ކުރައްވަން ފެއްޓެވީ 1959 ގައި ސަރުކާރުން ފުރަތަމަ ގެނައި އާގު ބޯޓް "މޯލްޑިވް ސްޓާ"ގެ އެޕަރެންޓިސް އިންޖިނޭރެއްގެ ގޮތުގަ އެވެ. އިންޖިނިއަރިންގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވަން އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ ފުރުސަތު އޭނާ އަށް ދެއްވީ ސަރުކާރުގެ ދެ އާގުބޯޓްގައި ކުރެއްވި މަސައްކަތްތަކާ ގުޅިގެން ކުރީގެ ރައީސް އިބްރާހީމް ނާސިރުގެ ބޮޑުވަޒީރު ކަމުގަ އެވެ.