ކޮޕީ ފަތް(އިނގިރޭސި ބަހުން: Collard Greens)އަކީ ފަތްބޮޑެތިކޮށް އަދިބޯކޮށް ހުންނަ ކުޑަވަރެއްގެ ގަހެއްގައި އަޅާ ތަރުކާރީ އެއްގެ ގޮތުގައި ކެއުމަށް ބޭނުން ކުރެވޭ ފަތްޕިލާވެލީގެ ބާވަތެކެވެ. ކޮޕީ ފަަތަކީ ތަފާތު ބާވަތްތަކުގެ ސަޓަނި ހެދުމަށާއި، އަދި ކެއުމުގައި ބޭނުންކޮށް އުޅޭ ވަރަށް މީރު ފަތެކެވެ.

ކޮޕީ ފަތް

ކޮޕީ ފަތުގައި ޞިއްޙަތަށް ފައިދާހުރި އެތަކެއް މާއްދާތަކެއް އެކުލެވިގެން ވެއެވެ. އޭގެތެރޭގައި ބީޓާ ކެރަޓީން، ލިއޫޓިން، ވިޓަމިން ބީގެ ބައެއް ވައްތަރުތައް، ވިޓަމިން ސީ، އަދި ޕްރޮޓީން، ފެޓް، ކާބޯހައިޑްރޭޓް ފަދަ ބާވަތްތައް ހިމެނެއެވެ.