ކޮލަންބިއާ
ކޮލަންބިޔާއަކީ ނުވަތަ ރިޕަބްލިކް އޮފް ކޮލަންބިޔާއަކީ ދެކުނުއެމެރިކާ ބައްރުގެ ހުޅަނގުއުތުރުގައި އޮތް ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ.
Republic of Colombia | |
---|---|
ގައުމީ ސަލާމް: Oh, Gloria Inmarcesible! | |
ވެރިރަށް and largest city | Bogota |
ރަސްމީ ބަސްތައް | Spanish1 |
އާންމު ސަރަހައްދީ ބަސްތައް | The languages and dialects of ethnic groups are also official in their territories.[1] |
ނަސްލު ގުރޫޕުތައް | 58% mestizo, 20% white, 14% mulatto, 4% black, 3% zambo, 1% Amerindian.[2] |
ޑިމޮނިމް | Colombian |
ސަރުކާރު | Presidential republic |
Juan Manuel Santos | |
Argelino Garzon | |
Javier Cáceres Leal | |
Augusto Ibáñez Guzmán | |
Independence from Spain | |
• Declared | July 20, 1810 |
• Recognized | August 7, 1819 |
1991 | |
ސަރަޙައްދު | |
• Total | 1,141,748 km2 (440,831 sq mi) (26th) |
• Water (%) | 8.8 |
އާބާދީ | |
• April 2009 estimate | 44,928,970[3] (29th) |
• 2005 census | 42,888,592[3] |
• Density | 40/km2 (103.6/sq mi) (168th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $397.249 billion[4] |
• ބޮލަކަށް ޖެހެނީ | $8,800[5] |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $240.832 billion[4] |
• ބޮލަކަށް ޖެހެނީ | $4,989[4] |
ޖިނީ (2006) | 52 high |
އެޗްޑީއައި (2007) | 0.807 Error: Invalid HDI value (77th) |
ފައިސާ | Peso (COP) |
ޓައިމް ޒޯން | ޔޫޓީސީ-52 |
ތާރީޚު ފޯމެޓް | dd-mm-yyyy (CE) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | +57 |
އައިއެސްއޯ 3166 ކޯޑް | CO |
އިންޓަރނެޓް ޓީއެލްޑީ | .co |
|
އަވަސް ކަޅިއަކުން ބަލައިލުމެއް
އުނިއިތުރު ގެންނަވާކޮލަންބިޔާގެ ރަސްމީ ބަހަކީ އެސްޕަންޏޯލް ނުވަތަ އިސްޕެނިޝްއެވެ. އިނގިރޭސި ބަހުން ކޮލަންބިޔާގެ މީހުންނަށް ކިޔަނީ ކޮލޮންބިއަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ބޮގޯޓާއެވެ. ކޮލަންބިޔާގެ ވެރިރަށަކީ ވެސް ބޮގޯޓާއެވެ. ކޮލަންބިޔާއަކީ ދުސްތޫރީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 45 މިލިއަނެވެ. އެހެންކަމުން މިއީ ދުނިޔޭގައި 29 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 1.1 މިލިއަން އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ co. އެވެ. ކޯލިން ކޯޑަކީ +57 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޕެސޯއެވެ.
ނަން
އުނިއިތުރު ގެންނަވާކޮލަންބިޔާގެ ނަން އައިސްފައިވަނީ ކްރިސްޓޮފަރ ކޮލަންބަސްގެ ނަމުންނެވެ.
ޖުޣުރާފީ
އުނިއިތުރު ގެންނަވާކޮލަންބިޔާގެ އިރުމަތީގައި އޮތީ ވެނެޒުއޭލާ އާއި ބްރެޒިލެވެ. ދެކުނުގައި އޮތީ އިކުއެޑޯ އާއި ޕެރޫއެވެ. އުތުރުގައި އޮތީ ކެރީބިއަން ކަނޑެވެ. ހުޅަނގުއުތުރުގައި އޮތީ ޕެނަމާއެވެ. ހުޅަނގުގައި އޮތީ ޕެސިފިކް މަހާސާގަރެވެ. މީގެ އިތުރުން ބައެއް ޤައުމުތަކުން މެރިޓައިމް ބޯޑަރު ކޮލަންބިޔާއާ ޙިއްޞާކުރެއެވެ. އެ ޤައުމުތަކަކީ ޖެމެއިކާ، ހައިޓީ، ޑޮމިނިކަން ރިޕަބްލިކް، ހޮންޑިއުރަސް، ނިކަރާގުއާ، އަދި ކޮސްޓަރީކާއެވެ.
ތާރީޚު
އުނިއިތުރު ގެންނަވާމިއަދު ކޮލަންބިޔާގެ ގޮތުގައި އޮތް ސަރަޙައްދުގައި އެންމެ ފުރަތަމައަށް އާބާދުވެފައިިވީ އަދިވާސީންނެވެ. މުއިސްކާ އާއި ކުއިންބާޔާ އާއި ޓައިރޯނާ ނަސްލުގެ މީހުންނެވެ. އިސްޕޭނު މީހުން ކޮލަންބިޔާގެ ސަރަޙައްދަށް އައިސްފައިވަނީ 1499 ވަނަ އަހަރުގައެވެ. އިސްޕޭނު މީހުން ވަނީ ކޮލަންބިޔާ ސަރަޙައްދުގެ އަޞްލު ރަށްވެހިންގެ ތެރެއިން 90% މީހުންގެ ތެރެއިން ބައެއް މީހުން މަރާލައި، އަނެއްބައި މީހުން އަޅުވެތިކޮށްފައެވެ. އޭގެ ފަހުން އެމީހުން އުފެއްދީ ވައިސްރޯޔަލްޓީ އޮފް ނިއު ގްރެނާޑާއެވެ. ވައިސްރޯޔަލްޓީ އޮފް ނިއު ގްރެނާޑާގައި ހިމެނެނީ މިއަދުގެ ކޮލަންބިޔާ އާއި ވެނެޒުއޭލާ އާއި އިކުއެޑޯ އާއި ޕެނަމާއެވެ. ވައިސްރޯޔަލްޓީ އޮފް ނިއު ގްރެނާާޑާގެ ވެރިރަށެއްގެ ގޮތުގައި އޮތީ ބޮގޯޓާއެވެ. 16 ވަނަ ޤަރުނުގައި ޔޫރަޕުގެ މީހުން އެފްރިކާއިން އަޅުން ގެންނަން ފެށިއެވެ. މި ސަރަޙައްދަށް އިސްޕޭނުގެ ދަށުން މިނިވަންކަން ލިބުނީ 1819 ވަނަ އަހަރުގައެވެ. އެހެން ނަމަވެސް 1830 ވަނަ އަހަރުގައި “ގްރޭން ކޮލޮންބިޔާ” ވަނީ ރޫޅިގެން ގޮސްފައެވެ. އެއީ ވެނެޒުއާލާ އާއި އިކުއެޑޯ ވަކިވެ، ވަކި ދައުލަތްތަކަކަށްވީ ހިސާބުންނެވެ. ދެން ފެނިގެން ދިޔައީ މިއަދު ކޮލަންބިޔާ އާއި ޕެނަމާގެ ގޮތުގައި އޮތް ދެ ޤައުމު، ރިޕަބްލިކް އޮފް ނިއުގްރެނާޑާގެ ގޮތުގައި އުފަންވިތަނެވެ. މި ދައުލަތުން ޕެނަމާ ވަކިވީ 1903 ވަނަ އަހަރުގައެވެ. ކޮލަންބިޔާގެ އައު ޤާނޫނުއަސާސީ ތަޞްދީޤުކޮށްފައިވަނީ 1991 ވަނަ އަހަރުގައެވެ.
ޑެމޮގްރަފިކްސް
އުނިއިތުރު ގެންނަވާއާބާދީގައި 45 މިލިޔަން މީހުން ތިބި ކޮލަންބިޔާއަކީ އާބާދީގެ ގޮތުން ދުނިޔޭގެ 29 ވަނަ ޤައުމެވެ. އަދި ދެކުނުއެމެރިކާ ބައްރުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. މެކްސިކޯ ފިޔަވައި ސްޕެނިޝް ބަހުން ވާހަކަދައްކާ އެންމެ ބޮޑު އާބާދީއަކީ ކޮލަންބިޔާއެވެ. އެހެންކަމުން ލެޓިން އެމެރިކާގެ ޤައުމުތަކުގެ ތެރެއިން ތިންވަނައަށް އެންމެ އާބާދީ ބޮޑު ޤައުމަކީ ކޮލަންބިޔާއެވެ. ކޮލަންބިޔާގައި 2015 ވަނަ އަހަރު 50 މިލިޔަން މީހުން ތިބޭނެކަމަށް ވަނީ ބެލެވިފައެވެ. ކޮލަންބިޔާގެ އާބާދީގެ 58% މީހުންނަކީ މެސްޓިޒޯއިންނެވެ. މިއީ ޔޫރަޕުގެ މީހުންނާއި އެމެރިންޑިއަނުންގެ މަސްހުނި ނަސްލެކެވެ. 20% މީހުންނަކީ ޔޫރަޕިއަން ނަސްލުގެ މީހުންނެވެ. 14% މީހުންނަކީ މުއްލަތޯއިންނެވެ. މިއީ ޔޫރަޕާއި އެފްރިކާ މީހުންގެ މަސްހުނި ނަސްލެވެ. 4% މީހުންނަކީ އެފްރިކާގެ ކަޅު ނަސްލުގެ މީހުންނެވެ. 3% މީހުންނަކީ ޒަންބޯއިންނެވެ. އެމީހުންނަކީ އެމެރިންޑިޔަނުންނާއި އެފްރިކާ ނަސްލުގެ މީހުންގެ މަސްހުނި ނަސްލެކެވެ. 1% މީހުންނަކީ އަޞްލު ރަށްވެހިން ކަމުގައިވާ ސާފު އެމެރިންޑިޔަނުން ނުވަތަ އަދިވާސީންނެވެ.
ސަގާފަތު
އުނިއިތުރު ގެންނަވާކޮލަންބިޔާގެ ސަގާފަތަށް އަސަރު ފޯރުވާފައިވަނީ ނޭޓިވް އެމެރިކަން، އިސްޕެނިޝް، ޔޫރަޕިއަން، އެފްރިކަން، އެމެރިކަން، ކެރީބިއަން، މެދުއިރުމަތީގެ ސަގާފަތްތަކުންނެވެ.
އިޤްތިޞާދު
އުނިއިތުރު ގެންނަވާކޮލަންބިޔާގެ އިޤްތިޞާދަކީ އެހާ ރަނގަޅު އިޤްތިޞާދެއް ނޫނެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 4989 ޑޮލަރެވެ.
- ↑ Constitution of Colombia, 1991 (Article 10) ފަންވަތް:Es icon
- ↑ Cite error: Invalid
<ref>
tag; no text was provided for refs namedCIAWFB
- ↑ 3.0 3.1 "Departamento Administrativo Nacional de Estadística". Archived from the original on 1326532401. Retrieved 1258889751.
{{cite web}}
: Check date values in:|access-date=
and|archive-date=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ 4.0 4.1 4.2 "Colombia". International Monetary Fund. Retrieved 2009-10-01.
- ↑ "Archive copy". Archived from the original on 1242200702. Retrieved 1258889751.
{{cite web}}
: Check date values in:|access-date=
and|archive-date=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help)CS1 maint: archived copy as title (link) - ↑ "Decreto 2153 de 1992" (PDF). Presidencia de la República de Colombia. Archived from the original (PDF) on 1305402607. Retrieved 2008-10-13.
{{cite web}}
: Check date values in:|archivedate=
(help); Unknown parameter|cite=
ignored (help); Unknown parameter|dead-url=
ignored (|url-status=
suggested) (help); Unknown parameter|idiom=
ignored (help)