ކޮމާންޑް ސާޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ

ޝަޚްސީ ވަނަވަރު

އުނިއިތުރު ގެންނަވާ

ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އުފަންވެފައިވަނީ 1974 ވަނަ އަހަރުގެ ޖުލައިމަހުގެ 01 ވަނަ ދުވަހު ފާދިއްޕޮޅު ހިންނަވަރުގައެވެ.

ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1992 މެއި 11 ވަނަ ދުވަހުއެވެ. ދިވެހި އަސްކަރިއްޔާގެ ހަޔާތުގައި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފްގެ މަޤާމު އެންމެ ފުރަތަމަ ފުރުއްވި ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ އެވެ.


އެޕޮއިންޓްމަންޓްތައް

އުނިއިތުރު ގެންނަވާ

މެކޭނިކަލް އިންޖިނިއަރ / އީއެމްއީ

ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގ އެންސީއޯ އިންޗާޖު / އީއެމްއީ

ޕްރޮގްރާމް ކޯޑިނޭޓަރ / އެންސީއޯ އެކެޑެމީ

ސީނިއަރ އެންލިސްޓެޑް ލީޑަރ / ސާރވިސް ކޯރ

އެކްޓިންގ ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް

ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް

އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން ސެންޓަރުގަެ މެންބަރުކަން


ބޯޑުތަކާއި ކޮމެޓީތައް

އުނިއިތުރު ގެންނަވާ

އައްޑަނަ މަޖައްލާގެ އެޑިޓޯރިއަލް ބޯޑުގެ މެންބަރުކަން

ފުލެޓް ކޮމެޓީގެ މެންބަރުކަން

ޑިފެންސް މިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ކޮމެޓީގެ މެންބަރުކަން

އެމްއެންޑީއެފް ސްކޮލާޝިޕް ބޯޑުގެ މެންބަރުކަން

އެމްއެންޑީއެފް އެންލިސްޓެޑް ޕްރޮމޯޝަން ބޯޑުގެ މެންބަރުކަން

އެމްއެންޑީއެފް އެންލިސްޓެޑް ބޯޑުގެ ޗެއަރމަންކަން


ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ސްޓްރެޓެޖިކް މެނޭޖްމަންޓް

ޑިޕްލޮމާ އިން މިލިޓަރީ ސްޓަޑީޒް މެނޭޖުމަންޓް

ސެޓްފިކެޓް 4 އިން އިލެކްޓްރިކަލް އިންޖިނިއަރިންގ

އަސްކަރީ ތަމްރީނުތައް

އުނިއިތުރު ގެންނަވާ

އަސާސީ ތަމްރީނު

ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ

ޑްރިލް އިންސްޓްރެކްޓަރ ކޯސް

ފިޒިކަލް އިންސްޓްރެކްޓަރ ކޯސް

ބެލެންސް މެޓަލް

ކޯޕްރަލް ކޯސް

އެންސީއޯ ކެރިއަރ ކޯސް

އެންސީއޯ އެޑްވާންސް ކޯސް

ޑިޕްލޮމާއިން މިލިޓަރީ ސްޓަޑީޒް ކޯހުން އެއްވަނަ އަދި އޮނަގުރެޖުއޭޓުގެ ޝަރަފު


ޕެސިފިކް ރިމް އެއަރ ޕަވަރ ސިމްޕޯޒިއަމް {ޖަޕާން 2012)

ޕެސިފިކް ރިމް އެއަރ ޕަވަރ ސިމްޕޯޒިއަމް {ޔޫއެސްއޭ 2015)

ލެމްޕެކް {ޔޫއެސްއޭ 2017)

ޕެކް 10 (ސައުތު ކޮރެއާ 2017)

އިންޑޯޕޭކޮމް ކޮންފަރެންސް {ޔޫއެސްއޭ 2019)

ޕްލެޓޫން ލީޑަރ، ޑްރިލް އިންސްޓްރެކްޓަރ - 27 ވަނަ އަސާސީ ތަމްރީނު ކޯސް

ޕްރޮގްރާމް ކޯޑިނޭޓަރ، ހެޑް އޮފް ޑިޕާޓްމަންޓް އެންޑް ސަބްޖެކްޓް އިންސްޓްރެކްޓަރ - އެންސީއޯ އެކެޑެމީ (2010 - 2011)

ޚާއްޞަ މަސައްކަތްތައް

އުނިއިތުރު ގެންނަވާ

ސުނާމީ ކާރިސާ 2004

17 ވަނަ ސާކް ސަމިޓް އޮޕަރޭޝަން 2011


ޝަރަފުގެ ނިޝާން

އުނިއިތުރު ގެންނަވާ

17 ވަނަ ސާކު ސަމިޓް މެޑެލި

އަޚްލާޤީ މެޑެލި

ސިފައިންގެ ޚިދުމަތުގެ މެޑެލި

މިނިވަން ފަންސާހުގެ މެޑެލި

ޖުމްހޫރީ ފަންސާހުގެ މެޑެލި


ހުނަރުވެރިކަމުގެ ކުލަ

ކާމިޔާބުގެ ކުލަ

ޚާއްޞަ ޚިދުމަތުގެ ކުލަ

ސިފައިންގެ ޚިދުމަތުގެ ކުލަ

އިޚްލާޞްތެރިކަމުގެ ކުލަ

ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ

ރައީސުލްޖުްމޫރިއްޔާގެ ކުލަ

އަޚްލާޤީ ކުލަ (ތިންވަނަ ފަހަރަށް)

ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގަތީ 1992 ވަނަ އަހަރުގެ މޭމަހުގެ 11 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި 31 އަހަރާއި، 7 މަހާއި، 21 ދުވަހުގެ ދިގު މުއްދަތެއްގައި ތެދުވެރިކަމާއި، އިޚްލާޞްތެރިކަމާއެކު ޤައުމަށް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވުމަށްފަހު ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވީ 2023 ޑިސެންބަރު 31 ވަނަ ދުވަހުއެވެ. ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲގެ ސަރވިސް ނަންބަރަކީ 2117 އެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ގެ އަސްކަރީ އަގުހުރި ޚިދުމަތްތަކުގެ ތެރެއިން، ދިވެހި އަސްކަރިއްޔާގެ އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަޤާމުކަމުގައިވާ "ސާރޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް"ގެ މަޤާމުގައި އަދި "އެކްޓިންގ ސާރޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް"ގެ މަޤާމުގައި ދިވެހި އަސްކަރިއްޔާއާއި އެންލިސްޓެޑް ސިފައިންގެ ކުރިއެރުމާއި ތަރައްޤީއަށް ކޮށްދެއްވާފައިވާ އިޚްލާޞްތެރި މަސައްކަތްތައް ޚާއްޞަގޮތެއްގައި ފާހަގަކުރެވެއެވެ. މިގޮތުން ޒަމާނުއްސުރެ ދިވެހި އަސްކަރިއްޔާގައި އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންނާއި، އެންލިސްޓެޑް ސިފައިން މަސައްކަތްކުރަމުން އައި ސިންގަލް ލެޑަރ ސިސްޓަމުން، ޓްރިޕަލް ލެޑަރ ސިސްޓަމަކަށް ބަދަލުކޮށް، އޮފިސަރ ކޯރ އާއި، ވޮރަންޓް އޮފިސަރ ކޯރ އާއި، އެންލިސްޓެޑް ކޯރ އުފެއްދެވުމާއެކު އެންލިސްޓެޑް ސިފައިންގެ އެންމެ މަތީ މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އެންމެ ފުރަތަމަ އުފުލުގެ ޝަރަފު ތާރީޚުން ހޯއްދަވައި، އައު ނިޒާމާ އެއްގޮތަށް އެންލިސްޓެޑް ކޯރ ހަރުދަނާ ބިންގަލެއްގެ މައްޗަށް ބައްޓަން ކުރެއްވުމުގައި ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ ވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައެވެ.

އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް (އީއެމްއީ) އިން، ސިފައިންގެ ޚިދުމަތް ފެއްޓެވި ކޮމާންޑް ސާރޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ ވަނީ ދިވެހި އަސްކަރީ ޚިދުމަތުގައި ވަރަށް ގިނަ ތަމްރީނުތަކެއް ފުރިހަމަކުރައްވާފައެވެ. މިގޮތުން ފުރިހަމަ ކުރެއްވި ކޯސްތަކާއި ތަމްރީނުތަކުގެ ތެރޭގައި އިންޑިއާއިން ފުރިހަމަކުރެއްވި އިލެކްޓްރިކަލް އިންޖިނިއަރިންގ ކޯސް، ދިވެހިރާއްޖެއިން ފުރިހަމަ ކުރެއްވި ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ، ޑްރިލް އިންސްޓްރެކްޓަރ ކޯސް، ފިޒިކަލް އިންސްޓްރެކްޓަރ ކޯސް، ބެލެންސް މެޓެލް އަދި ކޯޕްރަލް ކޯސް، ސާރޖަންޓް ކޯސް (އެންސީއޯ ކެރިއަރ ކޯސް) އަދި ވޮރަންޓް އޮފިސަރ ބޭސިކް ކޯސް (އެންސީއޯ އެޑްވާންސް ކޯސް) ހިމެނެއެވެ. މި ކޯސްތަކުގެ ތެރެއިން އެންސީއޯ އެކެޑަމީން ފުރިހަމަކުރެއްވި އެންސީއޯ އެޑްވާންސް ކޯހާއެކު ޑިޕްލޮމާ އިން މިލިޓަރީ ސްޓަޑީޒް ހާސިލުކުރައްވައި، މުޅި ކޯހުން އެއްވަނަ އަދި އޮނަގުރެޖްއޭޓުގެ ޝަރަފު ވެސް ހާސިލުކުރެއްވިއެވެ. ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ވަނީ ފަހުން ސްޓްރެޓެޖިކް މެނޭޖްމަންޓުގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ވެސް ހާސިލުކުރައްވާފައެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ އަކީ ސިފައިންގެ ތަފާތު ދާއިރާތަކުގައި ޚިދުމަތް ކުރައްވައި ވަރަށް މުހިންމު އެޕޮއިންޓްމަންޓްތަކެއް ފުރުއްވާފައިވާ ނަމޫނާ ސީނިއަރ އެންލިސްޓެޑް ލީޑަރެކެވެ. މިގޮތުން އީއެމްއީގައި މަސައްކަތް ކުރެއްވި ދުވަސްވަރު މެކޭނިކަލް އިންޖިނިއަރ ކަމާއި، ލޮޖިސްޓިކްސް އެންޑް ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އެންސީއޯ އިންޗާޖުކަމުގެ އިތުރުން، 27 ވަނަ އަސާސީ ތަމްރީނު ކޯހުގެ ޕްލެޓޫނު ލީޑަރުކަމާއި، ޑްރިލް އިންސްޓްރެކްޓަރކަން ކުރެއްވުމާއި، އެންސީއޯ އެކެޑަމީގެ ޕްރޮގްރާމް ކޯޑިނޭޓަރކަމާއި، ހެޑް އޮފް ޑިޕާޓްމަންޓް އެންޑް ސަބްޖެކްޓް އިންސްޓްރެކްޓަރކަން ކުރެއްވުން ހިމެނެއެވެ. ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ސިފައިންގެ ލެވެލްގައި އަދާކުރައްވާފައިވާ މުހިންމު އެޕޮއިންޓްމަންޓްތަކުގެ ތެރެއިން ސަރވިސް ކޯރގެ ސީނިއަރ އެންލިސްޓެޑް ލީޑަރކަމުގައި ކުރެއްވި ޚިދުމަތާއި، 5 އޯގަސްޓް 2012 އިން 1 ޖަނަވަރީ 2014 އަށް "އެކްޓިންގ ސާރޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް"ގެ މަޤާމުގައި އަދި 1 ޖަނަވަރީ 2014 އިން 13 ޖަނަވަރީ 2021 އަށް "ސާރޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް"ގެ މަޤާމުގައި ކުރެއްވި އަގުހުރި ޚިދުމަތްތައް ފާހަގަ ކުރެވެއެވެ. ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމަށް ހުށަހެޅުއްވިއިރު ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ހުންނެވީ އިސްލާމިކް މިލިޓަރީ ކައުންޓަރ ޓެރަރިޒަމް ކޯލިޝަން ސެންޓަރުގައި ދިވެހި އަސްކަރިއްޔާ ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައެވެ. މީގެ އިތުރުން ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ވަނީ ރާއްޖޭން ބޭރުގައި ބޭއްވި ތަފާތު ގިނަ ސިމްޕޯޒިއަމްތަކާއި ކޮންފަރެންސްތަކުގައި ދިވެހި އަސްކަރިއްޔާ ތަމްސީލުކޮށް ދެއްވާފައެވެ.

ދިވެހި ސިފައިންގެ ކުރިއެރުމާއި ތަރައްޤީއާއި ވެލްފެއަރއާ ގުޅިފައިވާ ތަފާތު ގިނަ ބޯޑުތަކެއްގައި ވެސް ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ވަނީ މަސައްކަތް ކުރައްވާފައެވެ. މިގޮތުން ސިފައިންގެ އައްޑަނަ މަޖައްލާގެ އެޑިޓޯރިއަލް ބޯޑާއި، ސިފައިންގެ ފުލެޓް ކޮމެޓީއާއި، ޑިފެންސް މިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ކޮމެޓީއާއި، އެމްއެންޑީއެފް ސްކޯލަރޝިޕް ބޯޑާއި، އެމްއެންޑީއެފް އެންލިސްޓެޑް ޕްރޮމޯޝަން ބޯޑުގެ މެންބަރުކަމުގެ އިތުރުން، އެމްއެންޑީއެފްގައި އެންމެ ފުރަތަމަ އެކުލަވާލި އެމްއެންޑީއެފް ކެޕްސްޓޯން ޑޮކްޓަރިން އެކުލަވާލި ޑޮކްޓަރިން އެންޑް ރިފޯމް ކޮމެޓީގެ މެންބަރުކަމާއި އެމްއެންޑީއެފް އެންލިސްޓެޑް ބޯޑުގެ ޗެއަރމަންގެ ހައިސިއްޔަތުން ކުރައްވާފައިވާ މަސައްކަތްތައް ފާހަގަކުރެވެއެވެ.

ދިވެހި އަސްކަރިއްޔާގައި، ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ޚިދުމަތް ކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ޤައުމަށް ދިމާވި ކޮންމެ ބޮޑުކަމެއްގައި ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ދިވެހި ޤައުމަށާއި ދިވެހި އަސްކަރިއްޔާއަށް ވަނީ ކޮށްދެއްވާފައެވެ. މިގޮތުން 2004 ޑިސެންބަރު 26 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ހޯރުކޮށްދިނުމަށް ސިފައިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އަތޮޅު ތެރޭގައި ހިންގި ފާސްޓް ފޯވާޑް ކޯޑިނޭޝަން ސެންޓަރުތަކުގެ ތެރެއިން މ. އަތޮޅުގައި ގިނަ ދުވަސްތަކެއް ވަންދެން ރިލީފް އޮޕަރޭޝަންގައި މަސައްކަތް ކުރެއްވުން ހިމެނެއެވެ. އަދި 17 ވަނަ ސާކް ސަމިޓާ ގުޅިގެން ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަންގައާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާއާ ގުޅިގެން ހިންގި ޚާއޞަ އޮޕަރޭޝަންގައާއި، ކޮވިޑް-19 ގެ އާލަމީވަބާއާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަންގައި ވެސް ޢަމަލީގޮތުން ހަރަކާތްތެރިވެވަޑައިގެންނެވިއެވެ.

ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ހޯއްދަވާފައިވާ ކާމިޔާބީތައް އަދި ސާބިތުކޮށްދެއްވާފައިވާ ހަރުދަނާ އަސްކަރީ އަދަބު އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 މެޑެއްޔާއި 10 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ހާސިލުކުރައްވާފައިވާ މެޑެލިތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލި، 17 ވަނަ ސާކު ސަމިޓް މެޑެލި، އަދި މިނިވަން 50ގެ މެޑެއްޔާއި ޖުމްހޫރީ 50ގެ މެޑެއްޔެވެ. ހާސިލުކުރައްވާފައިވާ ކުލަތަކުގެ ތެރޭގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ކާމިޔާބުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، އަދި އަޚްލާޤީ ކުލަ އެއްވަނަ ފަހަރަށާއި ދެވަނަ ފަހަރަށާއި ތިންވަނަ ފަހަރަށެވެ. ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ ވަނީ ޑްރިލް އިންސްޓްރެކްޓަރެއްގެ ގޮތުގައާއި ފިޒިކަލް އިންސްޓްރެކްޓަރެއްގެ ގޮތުގައި ދިވެހި އަސްކަރިއްޔާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. މިގޮތުން ސިފައިން ހަށިހެޔޮކަން ބެލުމަށް ޖަހަމުންދާ ހަށިހެޔޮކަމުގެ ޓެސްޓްތަކުގައި ހަރަކާތްތެރިވުމާއި، ސިފައިންގެ ހެވިކަމުގެ މުބާރާތްތަކުގައި އީއެމްއީ ތަމްސީލުކުރި ސްކޮޑްގެ ހެވިއެދުރެއްގެ ގޮތުގައި ކުރެއްވި މަސައްކަތްތައް ފާހަގަ ކުރެވެއެވެ. އަދި ކުޅިވަރުގެ ރޮނގުން ފުޓްބޯޅައާއި ވޮލީއާއި ޓްރެތުލޯން މުބާރާތްތަކުގައި އީއެމްއީ ޓީމު ތަމްސީކޮށްދެއްވުން ފާހަގަ ކުރެވެއެވެ. ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ އަކީ ކުޅަދާނަ ހުނަރުވެރި ލިޔުންތެރިއެކެވެ. ސިފައިން ނެރޭ އައްޑަނަ މަޖައްލާއަށާއި ހަފުތާ އައްޑަނައަށް ކުޅިވަރުގެ ޚަބަރުތަކާއި ރިޕޯޓްތައް ލިޔެ ޝާއިޢުކުރައްވާފައިވެއެވެ. މި ނޫނަސް ތަފާތު ރޮނގުތަކުން ދިވެހި އަސްކަރިއްޔާއަށް ކޮމާންޑް ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) އަޙްމަދު ޢަބްދުﷲ، ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ ވަރަށް މަތިވެރި ޤައުމީ ޚިދުމަތްތަކެކެވެ.

Allosaeed