ކޮމާންޑް ސާޖަންޓް މޭޖަރ އާޒާދު ރުޝްދީ

ކޮމާންޑް ސާޖަންޓް މޭޖަރ އާޒާދު ރުޝްދީ ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ 18 މެއި 1993ގައި. ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި 28 އަހަރުގެ ތެރޭގައި އަދާކުރައްވާފައިވާ އެޕޮއިންޓްމަންޓް ތަކުގެ ތެރޭގައި ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ އެޑްމިން އިންޗާޖުކަން، އެޑްމިން އެންޑް ޕާސަނަލް އޮފިސަރުކަން، އެޓޯލް ލިއޭޒަން އޮފިސަރުކަން، މާލޭ ފަޔަރ ސްޓޭޝަންގެ ސްޓޭޝަން އޮފިސަރުކަން، އޮޕަރޭޝަން އެންޑް ޓްރޭނިންގ އޮފިސަރުކަން ހިމެނޭ. މީގެއިތުރުން އެންއެސްއެސް އދ. މަހިބަދޫ ޕޯސްޓްގެ އެންސީއޯ އިންޗާޖްކަމާއި، ދިވެހި ސިފައިންގެ ކުލަބުގެ އެކްސްކޯ މެންބަރުކަމާއި، ސީނިއަރ އެންލިސްޓެޑް ލީޑަރސް ކޮމެޓީގެ މެންބަރުކަމާއި، އެންލިސްޓެޑް ޕްރޮމޯޝަން ބޯޑުގެ މެންބަރުކަމާއި، އެންސީއޯ ޑިވެލޮޕްމަންޓް ސަބް ކޮމެޓީގެ ވައިސް ޗެއާމަންކަމާއި، ސިފައިންގެ އެކުވެރި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމާއި، އެމްއެންޑީއެފް ގްރީވަންސް ބޯޑުގެ މެންބަރުކަމާއި، އެންލިސްޓެޑް ބޯޑުގެ ވައިސް ޗެއަރމަންކަމާއި، ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ސީނިއަރ އެންލިސްޓެޑް ލީޑަރުކަމާއި، އެކްޓިން ކޮމާންޑް ސާޖަންޓް މޭޖަރުކަމާއި، ކޮމާންޑް ސާޖަންޓް މޭޖަރުކަމާއި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އާއި އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑް ސާޖަންޓް މޭޖަރުކަމުގެ މަޤާމް ހިމެނޭ.

                                                                                               

ކޮމާންޑް ސާޖަންޓް މޭޖަރ އާޒާދު ރުޝްދީ ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ތަފާތު ގިނަ ތަމްރީނުތައް ފުރިހަމަ ކުރައްވާފައި. އޭގެ ތެރޭގައި އިންސްޓްރެކްޓަރ ޓްރޭނިންގ ކޯސް، ޕޮލިސް ސްޓޭޝަން މެނޭޖްމަންޓް ކޯސް، ބޭސިކް ފަޔަރ ފައިޓިންގ ކޯސް، ކޯޕްރަލް ކޯސް، ސާޖަންޓް ކޯސް، ވޮރަންޓް އޮފިސަރ ކޯސް ހިމެނޭ. މީގެ އިތުރުން މެޗް ކަމިޝަން ކޯސް، ގާރީ ކޯސް ލެވެލް 1 އަދި 2، ކޮމިއުނިޓީ ބޭސްޑް ޑިޒާސްޓަރ ރިސްކް މެނޭޖްމަންޓް ޓްރޭނިންގ ފޯރ ޓްރޭނަރ ކޯސް ހިމެނޭ. އެންސީއޯ އެކެޑެމީގެ ހުރިހާ ޕްރޮގްރާމްތަކެއް ފުރިހަމަ ކުރައްވައިގެން ޑިޕްލޮމާއިން މިލިޓަރީ ސްޓަޑީޒް ސީއެސްއެމް އާޒާދު ރުޝްދީ ވަނީ ހާސިލުކުރައްވާފައި.


މީގެއިތުރުން ރާއްޖެއިން ބޭރުން ފުރިހަމަކުރައްވާފައިވާ ކޯސްތަކުގެ ތެރޭގައި މެލޭޝިއާއިން ފުރިހަމަ ކުރެއްވި ބޭސިކް ފަޔަރމަންޝިޕް ކޯހާއި، އިންޓަރނޭޝަނަލް ސްޓްރަކްޗަރަލް ފަޔަރ ފައިޓިންގ ކޯހާއި، ޖަޕާނުން ފުރިހަމަ ކުރެއްވި ޖީޓީސީ ފަޔަރ ފައިޓިންގ ޓެކްނިކްސް ކޯހާއި ތައިލޭންޑުން ފުރިހަމަ ކުރެއްވި އައިސީއެސް ފޯރ ޑިސާސްޓަރސް މެނޭޖްމަންޓް ފައުންޑޭޝަން ކޯސް ފާހަގަކޮށްލަން ޖެހޭ. އަދި އިންޑިއާއިން ފުރިހަމަ ކުރެއްވި ފަޔަރ ސޭފްޓީއިން ޕެޓްރޮކެމިކަލް އިންޑަސްޓްރީޒް ކޯހާއި، ފަޔަރ ހަޒާރޑްސް އިން ޕަވަރ ޕްލާންޓް ކޯހާއި ސަބް އޮފިސަރ ކޯހުގެ އިތުރުން ސްރީލަންކާއިން ފުރިހަމަ ކުރެއްވި ބޭސިކް ކޯސް އިމަޖެންސީ ރެސްޕޮންސް ޓު ކެމިކަލް އިންސިޑެންޓް އަދި ޗައިނާއިން ފުރިހަމަ ކުރެއްވި އެޑްވާންސް ކޯސް އިމަޖެންސީ ރެސްޕޮންސް ޓް ކެމިކަލް އިންސިޑެންޓް ފާހަގަކޮށްލަންޖެހޭ.


ކޮމާންޑް ސާޖަންޓް މޭޖަރ އާޒާދު ރުޝްދީ ހާސިލުކުރައްވާފައިވާ ޝަރަފުގެ ނިޝާނުގެ ތެރޭގައި 5 މެޑެއްޔާއި 7 ކުލަ ހިމެނޭ. އެއީ އަޚްލާޤީ ކުލަ ތިންވަނަ ފަހަރަށް، ސިފައިންގެ ޚިދުމަތުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ 2 ވަނަ ފަހަރަށް. ހާސިލު ކުރައްވާފައިވާ މެޑެލް ތަކަކީ އަޚްލާޤީ މެޑެލި، 17 ވަނަ ސާކް ސަމިޓް މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، ޚާއްޞަ ޚިދުމަތުގެ މެޑެލި، މިނިވަން 50ގެ މެޑެލި.


މިވަގުތު ކޮމާންޑް ސާޖަންޓް މޭޖަރ އާޒާދު ރުޝްދީ ހުންނެވީ އެންސީއޯ އެކެޑަމީގެ ޑެޕިއުޓީ ޑައިރެކްޓަރުކަމުގެ މަޤާމުގައި. މި މަޤާމުގެ އިތުރުން އެމްއެންޑީއެފް ސޭފްޓީ ބޯޑުގެ މެންބަރުކަމާއި އެންލިސްޓެޑް ބޯޓުގެ މެންބަރުކަން ވެސް ގެންދަވަނީ ކުރައްވަމުން. ކޮމާންޑް ސާޖަންޓް އާޒާދު ރުޝްދީއަކީ ހިންގުންތެރިކަމާއި، ދީނީ ކަންތައްތަކަށް އަހުމިއްޔަތުކަން ދެއްވުމުގައި އަދި ސީނިއަރ އެންލިސްޓެޑް ލީޑަރެއްގެ ގޮތުގައި ނަމޫނާ ޝަޚްސިއްޔަތެއް.