ކެނެޑާ
ކެނެޑާއަކީ އުތުރު އެމެރިކާގެ ބޮޑުބައި އެ ޤައުމުގެ އިމުގެ ތެރޭގައި ޙިއްޞާކުރާ ޤައުމެކެވެ. ބިމުގެ ގޮތުން ބަލާއިރު މުޅި ދުނިޔޭގައި ވެސް ދެވަނައަށް އެންމެ ބޮޑު ޤައުމަކީ ކެނެޑާއެވެ.
Canada | |
---|---|
ގައުމީ ސަލާމް: "O Canada" | |
ވެރިރަށް | Ottawa |
Largest city | Toronto |
ރަސްމީ ބަސްތައް | English and French |
އާންމު ސަރަހައްދީ ބަސްތައް | Inuktitut, Inuinnaqtun, Cree, Dëne Sųłiné, Gwich’in, Inuvialuktun, Slavey and Tłįchǫ Yatiì[1] |
ނަސްލު ގުރޫޕުތައް | 32.2% Canadian 21.0% English 15.8% French 15.1% Scottish 13.9% Irish 10.2% German 4.6% Italian 4.0% South Asian 3.9% Chinese 3.9% Ukrainian 3.8% Aboriginal 3.3% Dutch 3.2% Polish[2] |
ޑިމޮނިމް | Canadian |
ސަރުކާރު | Federal parliamentary democracy and constitutional monarchy[3] |
• Monarch | Charles III |
David Lloyd Johnston | |
Justin Trudeau | |
ޤާނޫނު ހަދާ މަޖިލިސް | Parliament |
• މަތީ ގެ | Senate |
• ތިރި ގެ | House of Commons |
July 1, 1867 | |
December 11, 1931 | |
April 17, 1982 | |
ސަރަޙައްދު | |
• Total | 9,984,670 km2 (3,855,100 sq mi) (2nd) |
• Water (%) | 8.92 (891,163 km²/344,080 mi²) |
އާބާދީ | |
• 2024 estimate | ފަންވަތް:CanPopCommas [4] (36th) |
• 2006 census | 31,241,030[5] |
• Density | 3.2/km2 (8.3/sq mi) (219th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $1.300 trillion[6] (14th) |
• ބޮލަކަށް ޖެހެނީ | $39,098[6] (13th) |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $1.499 trillion[6] (9th) |
• ބޮލަކަށް ޖެހެނީ | $45,085[6] (18th) |
ޖިނީ | 32.1 (2005)[7] Error: Invalid Gini value |
އެޗްޑީއައި (2007) | 0.966[8] Error: Invalid HDI value (4th) |
ފައިސާ | Dollar ($) (CAD) |
ޓައިމް ޒޯން | ޔޫޓީސީ−3.5 to −8 |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ−2.5 to −7 |
ތާރީޚު ފޯމެޓް | dd-mm-yyyy, mm-dd-yyyy, and yyyy-mm-dd (CE) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | +1 |
އައިއެސްއޯ 3166 ކޯޑް | CA |
އިންޓަރނެޓް ޓީއެލްޑީ | .ca |
ނަން
އުނިއިތުރު ގެންނަވާކެނެޑާގެ ނަން އައިސްފައިވަނީ “ކަނަޓާ” މި ބަހުންނެވެ. މިބަހުގެ މާނައަކީ މީހުން ދިރިއުޅޭތަން ނުވަތަ ބަސްތީއެވެ.
ޖުޣުރާފީ
އުނިއިތުރު ގެންނަވާކެނެޑާގެ އިރުމަތީގައި އެޓްލާންޓިކް ކަނޑު އޮތް އިރު، އެ ޤައުުމުގެ ހުޅަނގުގައި އޮތީ ޕެސިފިކް ކަނޑެވެ. އެ ޤައުމުގެ އުތުރުގައި އޮތީ އާކްޓިކް ކަނޑެވެ. ކެނެޑާއަކީ ދުނިޔޭގައި ދެވަނައަށް އެންމެ ބޮޑު ޤައުމެވެ. ކެނެޑާ އާއި އެމެރިކާ ދެކުނު އަދި ހުޅަނގު އުތުރުން ޙިއްޞާ ކުރާ ބޯޑަރަކީ ދެ ޤައުމެއްގެ ދެމެދުގައިވާ އެންމެ ދިގު ބޯޑަރެވެ.
ތާރީޚު
އުނިއިތުރު ގެންނަވާކެނެޑާގެ ފުރަތަމަ ވަޒަންވެރީން ނުވަތަ އަދިވާސީން އެ ޤައުމުގައި ދިރިއުޅެން ފަށާފައިވާތާ އެތައް ޒަމާނެއްވެއްޖެއެވެ. ފަރަންސޭސީންނާއި އިނގިރޭސީން ކެނެޑާއަށް ގޮސްފައިވަނީ މީލާދީން 15 ވަނަ ޤަރުނުގެ ތެރޭގައެވެ. ފަރަންސޭސިވިލާތުން ވަނީ ހަތް އަހަރުގެ ހަނގުރާމައަށް ފަހުގައި އުތުރު އެމެރިކާގައި ހުރި އެ ޤައުމުގެ ހުރިހާ ކޮލޮނީއެއްހެން 1763 ވަނަ އަހަރުގައި ދޫކޮށްލާފައެވެ. ކެނެޑާގެ ރަނިކަމުގައި އިނގިރޭސި ރާނީ އިންނެވި ނަމަވެސް ކެނެޑާއަކީ ޒާތީ މިނިވަންކަން ލިބިގެންވާ ޤައުމެކެވެ.
ޑެމޮގްރަފިކްސް
އުނިއިތުރު ގެންނަވާ2006 ވަނަ އަހަރުގައިި ނެގި ބޯހިމެނުމުގެ ހިސާބުތަކުން ދައްކާ ގޮތުގައި އެއިރު ކެނެޑާގެ އާބާދީއަކީ 31.6 މިލިއަން މީހުންނެވެ. 2001 ވަނަ އަހަރުން ފެށިގެން ކެނެޑާގެ އާބާދީއަށް ވަނީ 5.4% ގެ ކުރިއެރުމެއް އައިސްފައެވެ. ކެނެޑާގެ އާބާދީ އިތުރުވަމުން ދިއުމުގެ މައިގަނޑު ސަބަބަކީ އެ ޤައުމަށް ހިޖުރަކުރާ މީހުންގެ ޢަދަދު އިތުރުވުމެވެ. ކެނެޑާގެ އާބާދީގެ ތެރެއިން ހަތަރު ބައިކުޅަ ތިން ބައި މީހުން ދިރިއުޅެމުން ގެންދަނީ އެމެރިކާއާ ގުޅޭ ބޯޑަރުގެ އައްސޭރީގައެވެ. ކެނެޑާގެ އާބާދީގެ ތެރެއިން 100000 މީހުން ދަޢުވާކުރާ ގޮތުގައި އެމީހުން ނިސްބަތްވަނީ ތަފާތު 43 ނަސްލަކަށެވެ. ކެނެޑާގެ އެންމެ ގިނަ ބަޔަކު ނިސްބަތްވަނީ އިނގިރޭސި ނަސްލަށެވެ. އިނގިރޭސި ނަސްލަށް ނިސްބަތްވާ މީހުންނަކީ އާބާދީގެ 21% އެވެ. ދެން ފަރަންސޭސީންނެވެ. އެއީ 15.8%އެވެ. ސްކޮޓިޝް މީހުންނަކީ 15.2%އެވެ. އައިރިޝް މީހުންނަކީ 13.9% މީހުންނެވެ. ޖަރުމަނު މީހުންނަކީ 10.2% މީހުންނެވެ. އިޓާލިޔަނުންނަކީ 5% މީހުންނެވެ. ޗައިިނާ މީހުންނަކީ 3.9% އެވެ. ޔުކްރޭނިޔަނުންނަކީ 3.6% މީހުންނެވެ. އަޞްލު ރަށްވެހީންނަކީ މިހާރުގެ އާބާދީގެ 3.5% މީހުންނެވެ. ދެކުނު އޭޝިޔާ މީހުންނަކީ 4% އެވެ. ކަޅުމީހުންނަކީ 2.5% އެވެ. ކެނެޑާގެ 77% މީހުންނަކީ ނަޞާރާއިންނެވެ. 16.2% މީހުން އެއްވެސް ދީނެއް ޤަބޫލެއް ނުކުރެއެވެ. މުސްލިމުންނަކީ 2% މީހުންނެވެ. ޔަހޫދީންނަކީ 1.1% މީހުންނެވެ. ބުދިޒަމްއާއި ހިންދޫންނަކީ ކޮންމެ ބަޔަކުމެ 1.0% މީހުންނެވެ. ސިކުންނަކީ 0.9% މީހުންނެވެ.
ސަގާފަތު
އުނިއިތުރު ގެންނަވާކެނެޑާގެ ސަގާފަތު ބައްޓަންވެފައިވަނީ އިނގިރޭސި، ފަރަންސޭސި އަދި ކެނެޑާގެ އަޞްލު ރަށްވެހީންގެ ސަގާފަތުގެ މައްޗަށް ބިނާވެގެންނެވެ.
އިޤްތިޞާދު
އުނިއިތުރު ގެންނަވާކެނެޑާއަކީ ދުނިޔޭގައި އިޤްތިޞާދީ ގޮތުން ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދަމުން އަންނަ ޤައުމެކެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 45085 ޑޮލަރެވެ.
- ↑ "Official Languages Act" (PDF). Revised Statutes of NWT, 1988. Department of Justice, Northwest Territories. Retrieved 2009-11-01.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help)CS1 maint: url-status (link) - ↑ "Ethnocultural Portrait of Canada Highlight Tables, 2006 Census". 2.statcan.ca. 2008-04-02. Archived from the original on 1374619216. Retrieved 2009-10-10.
{{cite web}}
: Check date values in:|archive-date=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ "Queen and Canada". The Royal Household. 2008. Retrieved 2009-10-19.
- ↑ "Canada's population clock". Statistics Canada.
{{cite web}}
: Unknown parameter|dead-url=
ignored (|url-status=
suggested) (help)CS1 maint: url-status (link) - ↑ "Ethnic origins, 2006 counts, for Canada, provinces and territories - 20% sample data". Statistics Canada. 4 January 2008. Archived from the original on 1360300373. Retrieved 2009-10-19.
{{cite web}}
: Check date values in:|archive-date=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ 6.0 6.1 6.2 6.3 "Canada". International Monetary Fund. Retrieved 2009-10-01.
- ↑ Cite error: Invalid
<ref>
tag; no text was provided for refs namedcia_factbook
- ↑ "Human Development Report 2009" (PDF). United Nations. 2009. p. 167. Retrieved 2009-10-19.