ކުރޮއޭޝިއާ
ކްރޮއޭޝިޔާއަކީ މެދުތެރޭ އަދި އިރު ދެކުނު ޔޫރަޕަށް ނިސްބަތްވާ ޤައުމެކެވެ.
Republic of Croatia Republika Hrvatska | |
---|---|
ގައުމީ ސަލާމް: Lijepa naša domovino Our beautiful homeland | |
ވެރިރަށް and largest city | Zagreb |
ރަސްމީ ބަސްތައް | Croatian1 |
ޑިމޮނިމް | Croat, Croatian |
ސަރުކާރު | Parliamentary republic |
Kolinda Grabar-Kitarović | |
Jadranka Kosor | |
Luka Bebić | |
Establishment | |
7852 | |
879 | |
• Kingdom | 925 |
• Union with Hungary | 1102 |
• Joined Habsburg Empire | 1 January 1527 |
• Independence from Austria–Hungary | 29 October 1918 |
• Joined Yugoslavia3 | 29 November 1943 |
• Decision on independence | 25 June 1991 |
• Declaration of independence | 08 October 1991 |
ސަރަޙައްދު | |
• Total | 56,594 km2 (21,851 sq mi) (126th) |
• Water (%) | 1.09 |
އާބާދީ | |
• 2009 estimate | 4,489,409[1] (122nd) |
• 2001 census | 4,437,460[2] |
• Density | 81/km2 (209.8/sq mi) (115th) |
ޖީޑީޕީ (ޕީޕީޕީ) | 2008 estimate |
• ޖުމްލަ | $82.407 billion[3] |
• ބޮލަކަށް ޖެހެނީ | $18,575[3] |
ޖީޑީޕީ (nominal) | 2008 estimate |
• ޖުމްލަ | $69.357 billion[3] |
• ބޮލަކަށް ޖެހެނީ | $15,633[3] |
ޖިނީ (2008) | 29 low |
އެޗްޑީއައި (2007) | 0.871[4] Error: Invalid HDI value (45th) |
ފައިސާ | Kuna (HRK) |
ޓައިމް ޒޯން | ޔޫޓީސީ+1 (CET) |
• ސަމާ (ޑީއެސްޓީ) | ޔޫޓީސީ+2 (CEST) |
ޑްރައިވިންގ ސައިޑް | right |
ކޯލް ކޯޑް | 385 |
އައިއެސްއޯ 3166 ކޯޑް | HR |
އިންޓަރނެޓް ޓީއެލްޑީ | .hr |
|
އަވަސް ކަޅިއަކުން ބަލައިލުމެއް
އުނިއިތުރު ގެންނަވާކްރޮއޭޝިޔާގެ ރަސްމީ ބަހަކީ ކްރޮއޭޝިޔަން ބަހެވެ. އިނގިރޭސި ބަހުން މި ޤައުމުގެ މީހުންނަށް ކިޔަނީ ކްރޯ^ްސް ނުވަތަ ކްރޮއޭޝިޔަންސްއެވެ. ޤައުމުގެ އެންމެ ބޮޑު ޝަހަރަކީ ޒަގްރެބްއެވެ. މި ޤައުމުގެ ވެރިރަށަކީ ވެސް މިއީއެވެ. މިއީ ބަރުލަމާނީ ޖުމްހޫރިއްޔާއެކެވެ. ޤައުމުގެ އާބާދީއަކީ 4 މިލިއަނެވެ. އެހެންކަމާއެކު، މިއީ ދުނިޔޭގައި 120 ވަނައަށް އެންމެ އާބާދީ ބޮޑު ޤައުމެވެ. ބިމުގެ ބޮޑުމިނަކީ 56594 އަކަކިލޯމީޓަރެވެ. ދުއްވާއެއްޗެހި ދުއްވަނީ ކަނާތްފަރާތުންނެވެ. އިންޓަނެޓް ކޯޑަކީ hr. އެވެ. ކޯލިން ކޯޑަކީ +385 އެވެ. ފައިސާގެ ގޮތުން ބޭނުންކުރަނީ ޔޫރޯއެވެ.
ނަން
އުނިއިތުރު ގެންނަވާއިނގިރޭސި ބަހުން މި ޤައުމުގެ ރަސްމީ ނަމަކީ ރިޕަބްލިކް އޮފް ކްރޮއޭޝިޔާއެވެ. ކްރޮއޭޝިޔަން ބަހުން މި ޤައުމަށް ކިޔަނީ ރިޕަބްލިކާ ހްރްވަ^ްސްކާއެވެ.
ޖުޣުރާފީ
އުނިއިތުރު ގެންނަވާކްރޮއޭޝިޔާގެ އުތުރުގައި އޮތީ ސްލޮވީނިޔާ އާއި ހަންގޭރީއެވެ. އިރުދެކުނުގައި އޮތީ ބޮސްނިޔާ އެންޑް ހެރްޒެގޮވީނާ އާއި ސާބިޔާއެވެ. އިރުމަތީގައި އޮތީ މޮންޓިނީގްރޯއެވެ.
ތާރީޚު
އުނިއިތުރު ގެންނަވާކްރޮއޭޝިޔާގެ ގޮތުގައި މިއަދު މި އޮތް ސަރަޙައްދަކީ ވަރަށް ވެސް ކުރީއްސުރެ މީހުން އާބާދުވެފައިވާ ތަނެކެވެ. ތާރީޚަށް ބަލާއިރުގައި ޕްރިންސިޕަލިޓީއެއްގެ ގޮތުގައި ޤާއިމުވެފައިވަނީ 785 ވަނަ އަހަރުގައެވެ. މިނިވަން ޕްރިންސިޕަލިޓީއެއްގެ ގޮތުގައި 879 މ. ގައެވެ. ރަސްކަމެއް ޤާއިމުވެފައި ވަނީ 925 ގައެވެ. ހަންގޭރީއާ އެކު އިއްތިޙާދުވެފައި ވަނީ 1102 ވަނަ އަހަރުގައެވެ. ހެބްސްބާރގް އެމްޕަޔަަރއާ ގުޅުނީ 1 ޖަނަވަރީ 1527 ގައެވެ. އޮސްޓްރިޔާ-ހަންގޭރީ އިއްތިޙާދުގެ ދަށުން މިނިވަންވީ 29 އޮކްޓޯބަރު 1918 ގައެވެ. ޔޫގޮސްލާވިޔާއާ ގުޅުނީ 29 ނޮވެންބަރު 1943 ގައެވެ. މިނިވަންވުމުގެ ނިންމުން ނިންމާފައިވަނީ 25 ޖޫން 1991 ގައެވެ. މިނިވަންކަން އިޢުލާނުކޮށްފައިވަނީ 08 އޮކްޓޯބަރު 1991 ގައެވެ.
ޑެމޮގްރަފިކްސް
އުނިއިތުރު ގެންނަވާކްރޮއޭޝިޔާގެ އާބާދީގެ 89.6% އަކީ ކްރޮއަ^ް ނަސްލުގެ މީހުންނެވެ. މީގެ އިތުރުން 4.5% ސަރބުންނާއި 5.9% ބޮސްނިއާކް، ހަންގޭރީ، އިޓާލީން، ސްލޮވީނީން، ޖަރުމަނުން، ޗެކުން، ރޯމާނީންގެ މި ޤައުމުގައި ދިރިއުޅެމުން ގެންދެއެވެ. ކްރޮއޭޝިޔާގެ އާބާދީގެ 88% މީހުންނަކީ ރޯމަން ކެތަލިކް ކްރިސްޓިޔަނުންނެވެ. 4.4% މީހުންނަކީ އޮތޮޑޮކްސް ކްރިސްޓިޔަނުންނެވެ. މުސްލިމުންގެ އިންސައްތައަކީ 1.3% އެވެ. އެއްވެސް ދީނަކަށް ތަބާނުވާ 5.2% މީހުން ވެސް ކްރޮއޭޝިޔާގައި އުޅޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ސަގާފަތު
އުނިއިތުރު ގެންނަވާކްރޮއޭޝިޔާގެ ސަގާފަތަކީ ގާތްގަނޑަކަށް 14 ވަރަކަށް ޤަރުނުވެފައިވާ ސަގާފަތެކެވެ. ވަރަށް ބޮޑަށް މަދަނީ ތަރައްޤީ އާއި އާދަކާދައަށް ކުރިއެރުންތަކެއް ލިބިގެން ދިއުމުގެ ސަބަބުން ކްރޮއޭޝިޔާ ވެފައިވަނީ ވަރަށް މުއްސަނދި ސަގާފަތެއް އޮތް ޤައުމަކަށެވެ. ޔޫރަޕުގެ މުސްލިމުން ދިރިއުޅޭ ޤައުމުތަކަށް ބަލާލާއިރު ކްރޮއޭޝިޔާގެ މުސްލިމުންގެ ޢަދަދު ލައްކައަކަށް ނޭރި ކަމުގައި ވިޔަސް ކްރޮއޭޝިޔާއަކީ މުޅި ދުނިޔެއިން ވެސް ހޮވާލެވޭ ފަދަ އިސްލާމީ ސަގާފަތެއް އޮތް ޤައުމެކެވެ. ކްރޮއޭޝިޔާގެ މުސްލިމުންނަކީ ވަރަށް ދީންވެރި، އަދި އެހައިިމެ ދީލަތި ބައެކެވެ. ވަރަށް ހިތްތިރި، ބޮޑާވެރިކަމުގެ ސިފަ ނެތް، އިޚްލާޞްތެރި ބައެކެވެ.
އިޤްތިޞާދު
އުނިއިތުރު ގެންނަވާޕްރައިވެޓައިޒޭޝަން ފަދަ ރަނގަޅު އިޤްތިޞާދީ ސިޔާސަތުތަކެއް އެ ޤައުމުގައި މިހާރުވަނީ ހިންގަން ފަށާފައެވެ. އެ ޤައުމުގެ އިޤްތިޞާދަށް އެންމެ ބޮޑު ހީނަރުކަމެއް ލިބިގެން ދިޔައީ އެ ޤައުމުގައި 90ގެ އަހަރުތަކުގައި ހިނގަމުން ދިޔަ ހަނގުރާމައިގެ ސަބަބުންނެވެ. އެހެން ނަމަވެސް 1995 ވަނަ އަހަރު ހަނގުރާމަ ނިމުމަށް ފަހު ކްރޮއޭޝިޔާގެ ފަތުރުވެރިކަމާއި އަދި އެހެނިހެން ސިނާޢަތުތައް ވެސް ހަމަޔަކަށް އެޅުމުގެ ސަބަބުން އެ ޤައުމުގެ އިޤްތިޞާދަށް ވަނީ ކުރިއެރުންތަކެއް ލިބެން ފަށާފައެވެ. އެ ޤައުމުގެ ޖީ.ޑީ.ޕީ ޕަރކެޕިޓާ އަކީ 18575 ޑޮލަރެވެ.
- ↑ "Croatia". The World Factbook. CIA. Archived from the original on 1589540789. Retrieved 2009-10-13.
{{cite web}}
: Check date values in:|archive-date=
(help); Unknown parameter|dead-url=
ignored (|url-status=
suggested) (help) - ↑ Frucht, Richard C. (2005). Eastern Europe: An Introduction to the People, Lands, and Culture. p. 415. ABC-CLIO. ISBN 1-57607-800-0.
- ↑ 3.0 3.1 3.2 3.3 "Croatia". International Monetary Fund. Retrieved 2009-10-01.
- ↑ "Human Development Report 2009". United Nations. Accessed 13 October 2009.