ކުންނާރު ގަހަކީ ރާއްޖޭގައި ވަރަށް އާއްމު ގަހެކެވެ. ގާތްގަނޑަކަށް 5 މީޓަރާއި 7 މީޓަރާއި ދެމެދުގެ އުސްމިނެއްގައި ހެދޭ ހާވިޔާކޮށް ފެތުރިފައި ހުންނަ ފަތް ކުދި އަދި ކަށި ހުންނަ ގަހެކެވެ.

މިގަހުގެ ފަތަކީ ގާތްގަނޑަކަށް 1 އިންޗި ނުވަތަ ދޮޅު އިންޗި ހައި ދިގުމިނުގެ މެދަށް ފަލަ ތަނޑުކޮޅަށް ހިމަ، އަދި ފަތުގެ ނިމޭ ކޮޅު ވަށްކޮށް ހުންނަ ފަތެކެވެ. ގަހުގެ ތޮށިގަނޑު ހުންނަނި ދިގަށް ޅިޔަ އެޅިފައި ހުންނަ ގޮތަށް ފެޅިފައި ރާޅުކޮށެވެ. ގަހުގެ ލަކުޑިއަކީ ކީލި ހިމުން ތަތް ލަކުޑިއެކެވެ. ރާޒުވަ ކުޅިބައި ފަދަ ތަކެތި ލިޔުމަށް މި ލަކުޑި ބޭނުން ކުރެއެވެ.

ކުންނާރު މަލަކީ މަޑުފެހި ކުލައެއްގައި ފަސް ފިޔަޔަށް ހުންނަ ކުދި މަލެކެވެ. މި މާ ނުކުންނަނި ފަތުބުޑުންނެވެ. މި މަލުން އުފެދޭ މޭވާ ނުވަތަ ކުންނާރަކީ ފެހިކުލައިގައި ހުންނަ، ވިޓަމިންސީ ގިނަ މޭވާއެކެވެ. މި މޭވާ ފައްކާވީމާ ހުންނަނި ދޮން ކުލައިގައެވެ. ފާވީމާ ހުންނަނީ ރަތް ކުލައިގައެވެ. ކުންނާރުގެ ތެރޭގައި ހުތް ކުންނާރާއި، ފޮނި ކުންނާރު ހުރެއެވެ. ސަިޒުގެ ގޮތުން ލާގުޅަ ވަރުގެ ކުންނާރާއި ލުބޯ ވަރުގެ ކުންނާރު ހުރެއެވެ.

ބޭނުން އުނިއިތުރު ގެންނަވާ

ކުންނާރާއި ކުންނާރު އޮށާއި ކުންނާރު ފަތަކީ ދިވެހި ބޭހުގައި ބޭނުންކުރާ ތަކެއްޗެވެ. މައްޔިތަކު ހިނަވާ އިރު ކުންނާރު ފަތް ފުނޑާފައި އެފަތް ގިރުވާފައި ހުންނަ ފެން ބޭނުންކުރުމަކީ ކުންނާރު ފަތުން ކުރާ ހާއްސަ ބޭނުމެކެވެ.

ގަސް އިންދާ ހެއްދުން އުނިއިތުރު ގެންނަވާ

ކުންނާރު ގަސް ގިނަ ކުރެވޭނީ އޮށް މުޑުވައްކޮށްގެންނެވެ. ނުވަތަ ވެލި ބަނދެ މުލައިވައިގެންނެވެ.

ގަސް ހެދޭ ސަރަހައްދު އުނިއިތުރު ގެންނަވާ

މިއީ ހައްތުއިސްތިވާ ސަރަހައްދުގައި ގިނައިން ހެދޭ ގަހެކެވެ. ދިވެހިރާއްޖޭގެ ހުރިހައި ސަރަހައްދެއްގައިވެސް ކުންނާރު ގަސް ގިނައިން ހެދެއެވެ.