ކުނަހަނގާލި(ސައިންޓިފިކް ނަން: stereospermum suaveolens) އަކީ ބޭހަށް ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތެކެވެ. ކުނަހަނގާލީގެ ފަތް ހުންނާނީ ހުސްނުހީނާ ގަހުގެ ފަތާ ވައްތަރުކޮށް އެކަމަކު ރޫޖެހިފައެވެ. ގަސްގަނޑުގެ ފަލަމިން ތިން އިންޗި ވަރުވާނެއެވެ. ގަހުގެ އުސްމިން ހުންނާނީ ގާތްގަޑަކަށް 6 ފޫޓު ވަރަށެވެ. މިގަހުގެ އޮށްތައް ހުންނާނީ ބޮނޑި ބޮނޑިޔަށެވެ. މިއަށް ނިތުބަޑި މިހެން ވެސް ކިޔައެވެ. އެއީ ނިތުގައި ޖައްސައިގެން ފެޅޭއިރު އަޑު ގޮވާތީއެވެ. އަދި ވަލުކުރަދިވެސް މިގަހަށް ކިޔައެވެ.