ކިވީ އަކީ ވަރަށް މީރު މޭވާ އެކެވެ. ކިވީ އެންމެ ގިނައިން ހެދޭ އެއް ގައުމަކީ ސީނުކަރަ އެވެ. ކިވީ އާންމުކޮށް ހުންނަނީ ކުކުޅު ބިސް ބައްޓަމަށެވެ. ދިގުމިނުގައި 8-5 ސމ އަދި ވަށަމިނުގައި 5.5-4.5 ސމ ވަރުހުރެއެވެ. މަޑު މުށިކުލައިގެ ތޮށިގަނޑެއް ލިބިފައިވާ ކިވީގެ ބޭރުގައި ނުރަ ނުވަތަ ކެހެރިކޮށް ހުރެއެވެ. އެތެރޭގެ މޭވާގެ ގޮތުގައި ކާ ބައި ހުންނަނީ މަޑު ފެހި ކުލަ އަކަށެވެ.