4°57′24″N 73°27′47″E / 4.956628°N 73.462924°E / 4.956628; 73.462924

ތަރާގަނޑު ކޮންނަން 1996 ގަ ފެށުމުން ހާމަ ކުރެވިފައިވާ ބިނާއެއް

ކުރުހިންނަތަރާގަނޑަކީ ކ.ކާށިދޫ، ދިވެހިރާއްޖޭގެއި އޮތް އާޘާރީ ބިމެކެވެ. މިބިމަކީ ރާއްޖެ އިސްލާމް ވުމުގެ ކުރިން ބުޑިސްޓުން އެކަހެރިވާން ބޭނުންކޮށްފައިވާ ބިމެކެވެ.މީލާދީން 7ވަނަ ޤަރުނާ 8 ވަނަ ޤަރުނާ ދޭތެރޭގެ ތާރީހަކަށް ނިސްބަތް ކުރެވިފައިވާ[1] މިބިން ކޮނުމުގެ މަސަތްކަތް ކުރިއަށް ގޮސްފައިވަނީ 1996 - 1998[2] ގެ ތެރޭގައެވެ. މިމަސަތްކަތުން 1880 އަކަމީޓަރުގެ[2] ބިން ކޮނެ، މުރަކަގަލުން ހަދާފައިވާ 64[2] ބިނާއެއް ހާމަ ކުރެވިފައިވެއެވެ. މިތަނުގައި ބޮޑަށް ރައްކައު ކުރެވިފައިވަނީ ކޮންމެ ބިނާއެއްގެވެސް ބުޑެވެ[2].

މޫސުމީ ގެއްލުންތައް

އުނިއިތުރު ގެންނަވާ

މިބިން ކޮނެ ނިމުމުން ހާމަކޮށް އޮތުމުގެ ސަބަބުން ތަނުގެ ހާލަތު ދަށް ވަމުން ދިޔައެވެ[3][4]. އެކަށީގެންވާ ފެންވަރަކަށް މިތަން ރައްކައުކުރުމަށް އެހީތެރި ވުމަށް 6 އޮކްޓޯބަރ 2008[4] ގައި ޔޫއެސް އެމްބެސިޑަރ ރޮބާޓް ބްލޭކް ވަނީ އެމެރިކާގެ މާލީ އެހީގެ ދަށުން 370،000 (28،950$)[1] ރުފިޔާ ދިވެހި ދައުލަތާ ހަވާލު ކޮށްދީފައެވެ. މިއީ އެމްބާސިޑަރސް ފަންޑް ފޯ ކަލްޗަރަލް ޕްރެސަވޭށަންގެ ދަށުން ފޯރުކޮށްދެވުނު އެހީއެކެވެ. މިގޮތުން، ތަރާގަނޑު ހިޔާކުރުމަށް ބޭނުންވާ ޑިޒައިންތައް ކުރަހުމުގެ މަސަތްކަތް ކުރަން ބޭނުންވާތީ އެކަމަށް އެދި 16 މެއި 2011 ގައި ގެޒެޓްގަ އިއުލާން ނަންބަރު 222-ARC/222/2011/3ގަ ޝާއިއު ކުރެވިފައިވެއެވެ[5].

ތަސްވީރު އަލްބަމް

އުނިއިތުރު ގެންނަވާ

އިތުރު މައުލޫމާތު

އުނިއިތުރު ގެންނަވާ
  1. 1.0 1.1 http://aiddata.org/project/show/38308367
  2. 2.0 2.1 2.2 2.3 http://www.saarcculture.org/index.php?option=com_content&view=article&id=205
  3. "Archive copy". Archived from the original on 1359416224. Retrieved 1355295042. {{cite web}}: Check date values in: |access-date= and |archive-date= (help); Unknown parameter |dead-url= ignored (|url-status= suggested) (help)CS1 maint: archived copy as title (link)
  4. 4.0 4.1 "Archive copy". Archived from the original on 1360911776. Retrieved 1355295042. {{cite web}}: Check date values in: |access-date= and |archive-date= (help); Unknown parameter |dead-url= ignored (|url-status= suggested) (help)CS1 maint: archived copy as title (link)
  5. http://gazette.gov.mv/new/files/321.pdf